ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ ސާޖަރީއެއް މިއަދު ހެނދުނު ކުރައްވާތީ އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ރަސްމީކޮށް ހަވާލު ކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފައިސަލް އަށް މަގާމުގެ ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އެމަނިކުފާނު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރާންވާނެ ކަމަށެވެ.

އަދި ރައީސް، އެ މަނިކުފާނުގެ މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެވަޑައިގަންނަވަން ޖެހެނީ ވެސް އެ މާއްދާގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހުއެވެ.

ގާނޫނުއަސާސީގެ 126 ވަނަ މާއްދާގައި ބުނަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާ ކޮންމެ ބޭފުޅަކު، އެ ބޭފުޅެއްގެ މަގާމުގެ ހުވާ ކުރައްވައި ހުވާގެ އިގުރާރުގައި ސޮއިކުރައްވަން ވާނެ ކަމަށެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑޮކްޓަރުންގެ ލަފަޔާ އެކު އެމަނިކުފާނު ސިންގަޕޫރުގައި ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. މި އެޕޮރޭޝަނާ ގުޅިގެން ރައީސްކަމުގެ މަސްއޫލިއްޔަތުތައް ފައިސަލްއާ ހަވާލުކުރައްވައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރަސްމީކޮށް އަންގަވާނެ ކަމަށް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވި ފުރަތަމަ ފަހަރެވެ. އަދި މިއީ މިއީ ނައިބް ރައީސް ފައިސަލް، ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ފުރަތަމަ ފަހަރެވެ.

ފައިސަލް ސިޔާސީ މައިދާނަށް ނުކުންނެވީ ރާއްޖޭގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް އެކުލަވާލި ހާއްސަ މަޖިލީހުގެ ފުވައްމުލަކުގެ މެމްބަރެއްގެ ގޮތުގައެވެ. އޭގެ ފަހުން، 2014 ވަނަ އަހަރު، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި ކާމިޔާބު ކުރެއްވިއެވެ.

ނައިބު ރައީސް ކަމުގެ ހުވާ ފައިސަލް ކުރެއްވީ ނޮވެމްބަރު 17، 2018 ގައެވެ. އެމަނިކުފާނު ރައީސް ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެ ސްލޮޓް އެ މަނިކުފާނަށް ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނެގި ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޟަކީލާ

    ބޮޑުވަޒީރު ހާދަ ރުޅި އައިސްފަ ހުރިވަށްތަރު އެބަޖަހަޔޭ. ޢަނެއްކާ ކިހިނެއްވާނެބާ

    54
    2
    • ލޮލް

      ޢެސޮރު ހިނދުކޮޅުގަ ކަންނޭގެ. ނޫނީ އަދި ހޭނުލެވެނީކަންނޭނގެ.

      15
  2. Anonymous

    ބޮޑުވަޒީރު ގޮތްހުސްވެފަ

    16
  3. Anonymous

    ދަމައިގަތް ވެރިކަން އިބުރާ އަތުން ގެއްލިއްޖެ

    14
  4. މީ މުންކޮ

    ދެންރަނގަޅު ތާ ދޯ ނުވެގެން އުޅުނުކަންތައް ތިޔަވީ ނައިބުކަމާ ރައީސް ކަމާތިޔަ ކުރެއްވީ

    9
    1
  5. Anonymous

    އެހެންވީމަ ފައިސަލް ނަސީމަށްވެސް ރައީސްކަން ކޮށްފައިވާ މީހަކަށް ލިބޭ އިނާޔަތްތައް ލިބޭނެތާ..

    11
  6. Anonymous

    ހިއެއްނުވޭ އެމްޑީޕީއަށް މިކަން ފަސޭހައިން ހަޖަމް ކުރެވޭނެ ހެނެއް. 2012 ގަ ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު ނައިބް ރައީސެއްގެ ގޮތުގަ ހުރި އެމްޑީޕީގެ މުހައްމަދު ވަހީދު ހަސަނިކު މަގާމުގެ ހުވާކުރުމުންވެސް ބާގީއެކޭ ގޮވާ ހަޅޭލަމުން މުޅި ގައުމު އަންދާލި ކަނޑުކޮސް ބައެއް އެމްޑީޕީއަކީ.

    11
    1
  7. މާލާ

    ހަހަ. ހިނި އަންނަނީ. އައްނި އެހުރީ ހިތްފަޅައިގެންދާވަރުވެފަ. ބަޑި ފެޅޭވަރުވެފަ. މީހަކު އެހާ ދަހިވެފަހުއްޓަ ދުވަހަކުވެސް ނުދެކެން. ހިހިހިހިހި😅😅😅😅

    16
  8. ޑިރާސާ

    މީހަކަށް ގައުމެއްގެ ވެރިކަން ކުޑަ ވަގުކޮޅަކަށް ލިބުންވަނީ ﷲގެ ހަޟްރަތުންނެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތަކަށް ފުދޭނެ. ރައީސްކަމުގެ ހުވާ ކުރަންޖެހިދާނެ ކަމަށް އެއްވެސް ވަރަކަށް އުއްމީދުވެސް ނުކުރާ މީހަކަށް ރައީސްގެ މަޤާމް ލިބުނީ ، ފައިސަލްއަށް ނައިބްރައީސްކަން ލިބުނީވެސް އެއްމީދުވެސް ނުކޮށް ހުއްޓައި ، މިހާގެ އިޙްލާސްތެރިކަމާއި ، ހިތްހެޔޮކަމާއި ، އަޙްލާގު ރަނގަޅު މީހުންނަށް ދުނިޔެ މަތީގައިވެސް ރަނގަޅު ގޮތް ގޮތް މެދުވެރިވާނެ.

    12
    3
  9. ހެހެހ

    އެއީ ފަތިހު ހޭލަންޖެހުނީމަ

    10
  10. ކާފަ

    ބުއްޅަބޭ ލޯ ބަލާބަލަ. ޙެހެހރހެހރހރ

    12
  11. Anonymous

    ބޮޑު ވަޒީރު ފެނުނަސް މޭނުބައިކޮއް ހޮޑުލަވާ.

    10
  12. ކަދުރު

    އަންނިގެ މޫނު. ޕްރައިޒްލެސް.

    12
  13. މަ

    ހާދަ ބޮޑާހާކާ ކުއްޖެއް އެބައިނޭ!

  14. ނަސީދު

    ފައިސަލް އަކީ ވަރައް އިހުލާސްތެރި މީހެއް