އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސާލިމް ވަނީ އެންމެ ތަހުގީގު މަރުހަލާއާއި، ޝަރީއަތުގެ އިބްތިދާއީ މަރުހަލާގައާއި ވާރިސުންގެ ބަސް ނެގުމުގެ މަރުހަލާގައި ވެސް ސާލިމް ކުށަށް އިއުތިރާފްވިއެވެ.

އެހެންވެ މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވަނީ އަވަސް ނިޔާގެ ދަށުން ސާލިމަށް ކުށުގެ އަބަދު ކަނޑައަޅުއްވައި ހުކުމް އިއްވައިފައެވެ.

މަހްމޫދުގެ ގާތިލަކީ ސާލިމް ކަން ކަނޑައެޅުމަށް ފަހު މީގެ ކުރިން ވަނީ މަހުމޫދުގެ ހަތް ވާރިސުންގެ ބަސް ނަގައިފައެވެ. އެއީ އޭނާގެ މަންމައާއި، އަނބިމީހާއާއި، 18 އަހަރު ފުރިފައިވާ ފަސް ދަރިންގެ ބަހެވެ.

މަހުމޫދުގެ ހަތް ވާރިސުން ވެސް އެދިފައިވަނީ ސާލިމްގެ މައްޗަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުމަށެވެ.

ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، ވާރިސުން އެދިފައިވާ ގޮތަށް އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާއި ޚިލާފު ނުވާނެ ގޮތުގެ މަތިން ސާލިމް މަރާލަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކުރައްވާ ކަމަށެވެ.

ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 14، 2021 ގައެވެ. އޭގެ ކުރީ ރެއިން ފެށިގެން މަހްމޫދުގެ ޚަބަރެއް ނުވެގެން އާއިލާއިން އުޅުމުން، ރަށު އެންމެން ނުކުމެ ހޯދަން އުޅުމުގެ ތެރެއިން މަހްމޫދުގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގޭގެ ފެން ވަޅެއް ތެރޭ އޮއްވައެވެ. އެ ގެ މިހާރު ހުންނަނީ ފަޅަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ސާލިމް އެއްބަސްވެފައިވަނީ އޭނާ މަހްމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައެވެ. މި ގޮތުން ތޫނު ވަޅިއަކުންނާއި ކޮޅު ތޫނު ކޮށްފައިވާ ތިން ދަގަނޑު ބުރިއަކުން މަހްމޫދުގެ މެޔާއި، ބޮލާއި، ކަރަށް ހަމަލާ ދީފައިވާ ކަމަށް ސާލިމް އެއްބަސްވެފައިވެއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ސާލިމްގެ މައްޗަށް އުފުލާފައިވެއެވެ. ދެވަނަ ދައުވާއަށް ވެސް ސާލިމް އިއުތިިރާފްވެފައިވާތީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ ކުށަށް އިއްވާފައިވެއެވެ.

ދަށު ކޯޓުން ސާލިމް މަރަން ހުކުމް އިއްވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެއެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރި ކަން ޔަގީން ކުރަން އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ޝަރީއަތް ގެންދަން ޖެހޭނެއެވެ.

ހައްގަކާއި ނުލައި މީހަކު މެރުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑު އެއް ފާފަ ކަމަށް ވާތީ މަރުވުމުގެ ކުރިއަށް، ކުރެވުނު ކުށަށް ތައުބާވެ ދުނިޔޭގައި ދެން ހޭދަކުރާ ދުވަސްތައް ހެޔޮ ގޮތުގައި އުޅުމަށް ގާޒީ ވަނީ ސާލިމަށް ނަސޭހަތްތެރި ވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އދ

    ހުކުމް ތަންފީޒް ކިރުން އަވަސްކުރޭ!!

    40
  2. ޢިޔާބު

    އަދިވެސް ބަންގާޅީން މިގައުމުން ބޭރުކުރާކަށް ނުވޭތަ. މި ގައުމުގެ މީހުން މަރާ ނުބައިވެގެންވާ ހުރިހާ ކަމެއް މި ބަންގާޅީންތައް އެބަ ކުރޭ. މުސްލިމް ބަންގާޅީއެކޭ މުސްލިމް ނޫން ބަންގާޅީއެކޭ ނަމުން ނޫނީ ތަފާތެއް ނެތް

    40
  3. މިތުރާ

    ކިހިނެތްބާ މަރާލަނީ؟ ޟަރުވަންދެން ޖަލުގަބަހައްޓަނީތޯ؟މަރަން ހުކުމް ކުރީމަ އާންމުން ނަށްގޮވާފަ އާއްމުން ނައްފެންނަ ގޮތަށް ތިކަން ކުރަން ފެނޭ، ބަންގާޅިން ރާއްޖޭ ގަ ބޮޑެތި ޖަރީމާތައް ހިންގަމުން ދަނީ، ،،،ދިވެއްސަކަށް 10 ބަންގާޅިން އުޅޭ ދައުލަތުން އެމީހުންގެ ހަރަދު ބަލަހައްޓާ،،ނަސީބެއް ގައުމު ނުހިފާކަން

    32
    1
  4. ޏނ

    ކިހާ ތާހިރު މަރަށް ހުކުމްކޮށްފައި ޤާޟީ ދިން ނަސޭޙަތް .........ޤާޟީއަށް ވެސް އެނގޭނެތާ....އެގޮތަށް އޭނަ ހުކުމް އިއްވިޔަސް ..މި ތަނަކީ މަރަށް މަރުހިފާނޭ ތަނެއްނޫންކަން

    30
    1
  5. Anonymous

    މަރަން ޙުކުމް ކޮށްފައިވާ އެމުޖުރިމުވެސް އެހެން މުޖުރިމުންވެސް ފަދައިން ފައިދާހުރި މީރުކާނާ ކާންދީފަ ހަށިގަނޑު އިތުރަށް ވަރުގަދަކުރަން އަރާމުގައި ދުވަސްކޮޅަކަށް ޖަލުގައި ބައިތިއްބާލާފަ ދޫކޮށްލާ!! ބޭރުގައުމެއްގެ މުޖުރިމެއްނަމަ އެގައުމަކާއި ހަވާލުކޮށްލާ، އެއީނޫންތޯ މިގައުމުގައި މަރުގެ ހުކުމް ތަންފީޒުކުރާގޮތަކީ،

    20
  6. Anonymous

    އަދި މަރަން ހުކުމް ކުރިޔަސް ނެތް ފައިދާއެއް. ތަންފީޒްކުރުން މުހިންމީ

    22
  7. އިސްމަ

    ބޮންދެއްވީމަ އީޒީ ދޯ ހުކުމް ކޮއްލަން، އެމީހުން ދޭނެ ރިސްވަތަކާ، ބޮޑުންނާ ގުޅުން ނެތީމަ !؟ އެކަމް ދިވެހި ކިތައް ގާތިލުން އުޅޭ ؟؟

    24
    1
  8. ރެފްރީ

    ބުރުގާ އައުޓް. ބަންގާޅިން އައުޓް. ޔާމިނު އައުޓް.

    8
    31
    • އަހުމަދު

      ދެން އޮރިޔާމާ ކަލެޔާ ކަލޭގެ ބައިގަނޑު މަޖީދީމަގުގައި ދުވަންވީނު...

      14
      3
  9. މަނީމަނީ

    ހުކުންކުރިޔަކަސް ތަންފީޒު ކުރަން ކެރޭބަޔަކު ނޫޅޭ ދޫނި މަރާމީހުން އުޅެނީ

    19
  10. މަޖީދާސ

    ނުކެރޭނެ މަރުގެ އަދަބުދޭކަށް.

    8
    1
  11. ހުސެން

    އިންޑިއާ ޔާ ހަވާލުކުރޭ ސިމްޕަލް