ށ. ފޭދޫގައި ހުރި ރީނދޫ ކުލައިގެ ފާރެއްގައި އިންޑިއާ އައުޓް ލިޔުނު ދެ ޒުވާނަކު ހައްޔަރު ކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރީނދު ކުލަ ލާފައިވާ އެ ފާރަކީ އެއީ އާންމު ތަނެއްގައި ހުރި ފާރެއް ކަމަށާއި އެފާރުގައި އިންޑިއާ އައުޓް ޖެހި ކަމަށް ބުނެ ހައްޔަރު ކުރި ދެ ޒުވާނުން ރޭ ހަތަރު ދަމު ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގައި ރަހީނުކޮށްފައި ބޭތިއްބުމަށްފަހު، މިއަދު ކޯޓަށް ގެންގޮސް އެމީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

އިދިކޮޅުން ބުނީ، އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި ސަރުކާރުގެ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ކުށްވެރި ކުރާ ކަމަށެވެ.

"އިމާރާތެއްގެ ފާރެއްގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ހިލާފު ނުވާ އެއްވެއް ލިޔުން ނުވަތަ އެފަދަ ޝުއޫރެއް ދުލާއި ގަލަމުން ފާޅު ކުރުމަކީ ދިވެހި ޖުމްހޫރުއްިޔާއާއި ގާނޫނުތަކއް ހުއްދާ ކުރާ ކަމެއް" އިދިކޮޅުން ބުނެފައިވެއެވެ.

އިދިކޮޅުން ބުނީ އެފަދަ ކަމެއް މަނާ ކުރާ އެއްވެސް ގާނޫނެއް ނެތް އިރު، އެފަދަ ޝުއޫރުތައް އާންމު ތަނެއްގައި ބަޔަކު ލިޔުން އެއީ މުޖުތަމައުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި ހައްޔަރުކޮށް މުއްދަތު ޖަހާ ހިލިހިލާ ޖަހައިގެން ގެންގުޅުން އެއީ އެއްވެސް ހާލެއްގައި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މިފަދަ ކަންކަން ކުރާ ޒުވާނުން ހައްޔަރުކޮށް މުއްދަތު ޖެހުމުން ދިވެހި ސަރުކާރު އިންޑިއާގެ އުނގދަށް ވެއްޓިފައިވާ މިންވަރު އެދަނީ އިތުރަށް ހާމަވެ ފަލީހަތްވަމުން ކަމަށާއި އިންޑިއާ ސަރުކާރުން ބޭނުންހާ ގޮތެއް ހަދާ އިންޑިއާގެ އަސްކަރިއްޔާއަށް މިފަސްގަނޑުން ޖާގަ ދީ، ގައުމުގެ އަގު ބޮޑެތި ހަޒާނާ އިންޑިއާއަށް ވިއްކާލައިގެން ތިބެ އެފަރާތްތަކާއި އިދިކޮޅަށް ބަސް ބުނާ ކޮންމެ މީހަކު ރަހީނުކޮށް އަނިޔާ ކުރެވިދާނެ ކަމަށް އެމްޑީޕީއަށާއި އެމްޑީޕީގެ ސަރުކާރަށް ހީވުމަކީ ކުށްހީއެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން ވަނީ ޢާންމު ތަނެއްގައި އިންޑިއާ އައުޓް ޖެހި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ދެ ޒުވާނުން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ހިޔުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ގޮވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަސދަ

    ހުރިހާ މީހުން އިންސްޓްގްރާމް އަދި ފބ ގައި އިންޑިއާ އައުުޓް ޖަހަންވީ.
    ބޑުބލއެއް.
    ޔުކުރޭން ރައްޔިތުން އުޅޭގޮތަށް ދިވެހިންވެސް އުޅެންޖެހިފައި މިއޮތީ.

  2. ގައުމުގެފަރުދަކު

    ބަލަ އިންޑިޔާއައުޓް ނާގާބިލުސަރުކާރު ވޯޓުންވަކަންކުރި ހިށީ ސަރީފައްއިނާމެއްގޮތުންސުޓެލްކޯދަވާލަން ހަވާލުރީ މިހާރުޔަގީންވެކަށަރުވީ ވެރިކަން ހޯދީ މި މުނާފިގުސަރީފުފައިސާގެދަހިވެތިކަމުގާ މިކަލޭގެހައްޔަރުކެރޜ

  3. ދިވެހި ދިދަ

    އިދިކޮޅު ކޯލީޝަނުންތަ މީހުން ހައްޔަރުވެސ ްކުރަނީ..އަނެއްކާ ރަހީނުކުރިވާހަކަ އެއޮތީ މިމައްސަލަ ނުބަލާތަ

  4. ލޮލް

    ތިޔަ ހުންނަނީ ދިއްލީން އަންނަ އޯޑަރު.