ރާއްޖެ އެތެރެ ކުރި ދޫނިތަކެއް ސަރުކާރުން ހިފަހައްޓާ މަރާލި މައްސަލައިގައި އެކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ރިޕޯޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފިޝަރީޒް މިނިސްޓްރީއަށް އަންގަވާފައިވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ރާއްޖެ އެތެރެ ކުރި ގިނަ އަދަދެއްގެ ދޫންޏެއް އެއީ އެތެރެ ކުރުން މަނާ ދޫނިތަކެއް ކަމަށް ބުނެ މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައެވެ. މިއީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޔުނިޓްއެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އެތެރެކުރި ގުރާ އާއިލާގެ އެކި ވައްތަރުގެ 120 ދޫނީގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓްގެ "ނިއާ ތްރެޓެންޑް" ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ 10 ދޫނި ވެސް ހިމެނެއެވެ.

މި ދޫނިތައް މަރާލާފައިވަނީ އައިސް ފޮށިތަކަށް ލައިގެންނެވެ. އެ ގޮތަށް ފިޝަރީޒް މިނިސްޓްރީން ނިންމީ ބަންޑާރަ ނައިބުގެ އޮފީހުން އެ ގޮތަށް ގާނޫނީ ލަފާ ދެއްވުމުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެކަމަކު އެ ކަން ދޮގުކޮށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ދޫނިތައް ދޫކޮށްލުމުގެ ލަފާ ވެސް ދެއްވި ކަމުގައެވެ.

މަރާލި ދޫނިތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގައި ނެތިދާނެ ކަމުގެ ބިރު ބޮޑު ލިސްޓުގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނޫނީ އެމެޒޯނާ ފެރިސޯނާގެ ދޫނިތަކެއް ހިމެނެ އެވެ. ނަމަވެސް މަރާލީ އޭގެ ތެރެއިން ކިތައް ދޫނި ކަމެއް އަދި ސާފެއް ނުވެއެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ދޫނި މަރާލި މައްސަލައިގެ ތަފްސީލު ރިޕޯޓެއް ހުށަހެޅުމަށް ރައީސް ސޯލިހު، ފިޝަރީޒް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ވިދާޅުވި ގޮތުގައި ދޫނިތައް މަރައިލި މައްސަލަ ހިނގައިދިޔަ ގޮތުގެ ރިޕޯޓް ރައީސްއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް ރިޕޯޓްގައި ހިމެނޭ ކަންކަން ހާމަކުރައްވާނީ އެ މައްސަލައާ ގުޅިގެން ވަކި އެއްޗެއް ރައީސް އޮފީހުން ފާހަގަކުރެއްވުމުން ކަމަށް މިނިސްޓްރިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސެންޗޯ

    މިއަދުތަ ދޫނި ގެންގުޅެގެން ބަލި ޖެހެންވީ ތިކަން ބަލާފައި ދޫނިމެރި ބަޔަކާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭނެ (ހައްގަކާނުލައި އެދޫނިތަކުގެ ފުރާނަވަނީ ވަރަށް އަނިޔާ ވެރިކޮށްނައްތާލައިފަ)

  2. Anonymous

    އެއްޗެކޭ ކިޔާފަ ދިގު ދައްމާނީ، އެއްކަމެވެސް ނުވާނެ ތިމީހުންނަކަށް
    ދުވަސްކޮޅަކުން ތި މައްސަލަ އޮންނާނީ ދެން އޮބޮފައި....ބޭކާރު ކަންތައް

  3. Anonymous

    ދޫނި މަރާ ދޮގުހަދާ ވަޒީރު އިސްތިއުފާ.

  4. މަނީމަނީ

    ތިކަންކުރި މީހުން ވަކިކުރަންޖެޖެހޭ

  5. ސަލް

    ތިއޮތީ ގަތުލު އާމެއް ހިންގާފަ.

  6. ފައުޒީ

    ދޫނިތަކުގެ ގަތުލްއާމް ހިންގި މީހުންނަކީ ކުރިމިނަލުން. އެއީ ކިތައް މައުސޫމު ނަފްސް.

  7. ވަރަށް ރީތި ދޯ

    ހިމާޔަތް ކޮށްފަވާ ދޫނިވެސް މެރީ އިތުރަށް ހިމާޔަތް ކުރަންދޯ، ޖާހިލުންތަ މިތާ ޒިންމާދާރު ވެރިންނަށް މި ތިބެނީ