ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދު ސީދާ ބަސް ދަތުރުތައް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، ހެނދުނު ހިދުމަތް ފެށީ ކޮންމެ ގަޑިއިރަކުން ބަސް ދަތުރެއް ފޭސް ދޭއް އިން ސީދާ މާލެއަށް ކުރާ ގޮތަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލެ އާ ދެމެދު ދަތުރުކުރާ ބަސްތަކުގެ ޓިކެޓުގެ އަގަކީ 15 ރުފިޔާ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ މާލޭގައި ވަޒީފާ އަދާކުރާ މީހުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެއަށް ބަސް ދަތުރުކުރަން ފަށާފައިނުވާތީ މީގެ ކުރިން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެމްޓީސީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލެ އާއި ދެމެދު ސީދާ ބަސް ދަތުރުތައް ފެށުމަކީ ދެވަނަ ފިޔަވަހީގައި މިހާރު ދިރިއުޅެމުންދާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ރޭގަނޑު 11:45 އަށެވެ. އެކަމަކު ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރުފަހު 1:45 އަށް ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް މެދުކަނޑާލާނެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން ޝެޑިއުލް ބަސްތަކުގެ މެދުގައި ކުރާ ދަތުރުތައް ކޮންމެ 15 މިނެޓަކުން ކުރާ ގޮތަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާޅި

    ހުޅުމާލޭ ދެވަނަ ފިޔަވަހި ކިޔާއިގެން އެތަނުގެ ހުރިހާ ހިދުމަތެއް އަގުބޮޑުކޮށް އަތްނުފޯރާ ފަށުގައި މިހުންނަނީ !

  2. ތުައްތަ

    މިހާރުވެސް މިއުޅެނީ އެތަން ހާނިމިގެން ހަމަ ނުޖެހިގެން އަނގަޔާ އަތާ ދިމާނުވެގެން އުޅޭ އިރުވެސް އަގުބޮޑު ކުރެވޭ ތޯމި އުޅެނީ ދޯ.ވވވވ ޝުކުރިއްޔާ

  3. ލލ

    ހުޅުމާލެ އާއި މާލެ އާއި ދެމެދު ރޭލު އަޅަންވީ އޭރުން ހަރަދު ކުޑަވާނެ ތިޔަ ބަސް ދަތުރަށްވުރެން ހަގުނަ، އެމްޓީސީ ގައި އެހިއްވަރު އެބަހުރިތޯ ؟