އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީން އެމްޕްލޯއިމަންޓް އެޖެންސީއާބެހޭ އައު ގަވާއިދު ނެރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އެެހެންކަމުން މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން ދޫކުރަމުން ދިޔަ އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ދޫކުރުމާއި އައު ކޮށްދިނުން މި މަހުގެ ނިޔަލަށް ވަގުތީ ގޮތުން މެދު ކަނޑާލާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި، މި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައި ވީނަމަވެސް، މުއްދަތު ހަމަވާ އެޖެންސީތަކުގެ ހުއްދައިގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރު ކޮށްދޭނެ ކަމަށެވެ.