ފުވައްމުލައް ސިޓީގެ ޗަކަ ބިމުގައި ވަރަށް ބޮޑަށް ރޯވެ އަނދަން ފަށައިފިއެވެ.

މަންޒަރު ދުށް ބައެއް މީހުން ކިޔައި ދިން ގޮތުގައި ޗަކަ ބިމުގައި ވަރަށް ބޮޑަށް ހުޅުގަނޑު އޮތީ ފެތުރިފައެވެ. ދާދި ފަހުން ވެސް އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.

އެމްއެންޑީއެފް އިން މިރޭ ބުނީ ފުވައްމުލަކު ނޭޗަ ޕާކް ތެރޭގައި ހުރި ވިނަތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ މއަުލޫމާތު ލިބިފައި ވަނީ މިރޭ އަށެއް ޖަހާކަން ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ފުވައްމުލައް ނޭޗަ ޕާކަކީ ބޮޑު ޗަކަ ބިމެއް އޮތް ސަރަހައްދެކެވެ. އެ ސަރަހައްދުގައި ގިނަ އިން ހެދިފައި އޮންނަނީ ވިނައެވެ. އެހެންވެ، ވަރަށް ފަސޭހަ އިން އަލިފާން ގަނޑު ފެތުރެން ދިމާވެއެވެ.