އެމްޑީޕީގެ ޗެއާޕާސަން ކަނޑައެޅުމުގެ އިންތިހާބު އެންމެ ދުވަހަކަށް ފަސް ކުރަން ވެސް ދެކޮޅު ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

އިންތިގެ ކެމްޕޭން ޓީމުން އެގޮތަށް ބުނީ އިންތިހާބު ރޯދަ މަސް ނޫން ދުވަސްވަރެއްގައި ބާއްވައި ދިނުމަށް އޭނާއާ ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ފަރާތުން އެދިފައިވާ ދަނޑިވަޅެއްގައެވެ.

ޗެއާޕާސަން ކަނޑައެޅުމުގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.

އިންތިގެ ކެމްޕޭން ޓީމުގެ ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބެއްގެ ތާރީހު ކަނޑައެޅުމަށްފަހު، އެ އިންތިހާބަށް އިއުލާންކޮށް، ކެންޑިޑޭޓުން ކުރިމަތިލައި އަދި ކެމްޕޭން ފަށައިގަތުމަށްފަހު، އިންތިހާބުގެ ތާރީހަށް ބަދަލު ގެނެސް ގަޑުބަޑު ކުރުމަކީ އިންތިހާބުގެ ސައްހަ ކަމާމެދު ޝައްކާއި ވަހުމް އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރިން ހިންގާފައިވާ އަދި އެކަމުގެ މައްޗަށް އެމްޑީޕީން ހަރުކޮށް ދެކޮޅު ހަދާފައިވާ ކަމެއް ކަމަށެވެ.

"އިންތިހާބަށް އެމްޑީޕީގެ އާއްމު މެމްބަރުން ތިބީ ޖޯޝާއި ފޯރީގައި ނިކުމެއެވެ. ކެމްޕެއިން ޓީމުތައް އެކުލެވި ދަނީ ރުކުރެވެމުންނެވެ. ކެމްޕެއިން ބައްދަލުވުންތަކާއި ޖަލްސާތައް ދަނީ ބާއްވަމުންނެވެ. އަދި ޖަގަހަތައް ހުޅުވުމުގެ މަސައްކަތް ދަނީ ބާރަށް ހިނގަމުންނެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

އިންތި އަށް ތާއީދުކުރާ ފަރާތްތަކަށް ވަޒީފާ އާއި، ފައިސާ އާއި ނާޖާއިޒު ނުފޫޒުތަކާއި ބާރު ފޯރުވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ކެމްޕޭން ޓީމުން ނެރުނު ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމް.ޑީ.ޕީ ވޯޓަރބޯއި

    ކަޮރަޕްޓް ނުވިޔަސް ، ރޯދަ މަހެއްގައި ވާދަވެރި ވޯޓެއް ބާއްވައި ދެފާރާތަށް ތާއިދު ކުރާ މީހުން ރޯދަޔަށް ތިބެ އނގރނ ގޮވައި މާރާމާރީ ހިންގާ ހިސާބަށް ދިޔުމުގެ ފުރުސަތުއޮތް ކަމެއްގައި އެގޮތަށް ވާން ތާއިދު ކުރުމަކީ ކޮރަޕްޓް ވުމަށް ވުރެ މާ ނުބައިކަމެއް...

  2. ސުމާ ކަލް

    އިންތި ބޭނުން ނުވިޔަސް އަހަރެނެންނަށް ހެޔޮ.. ކަލޭ އަށްޑޫއަށް ނަޔަސްވެސް ހެޔޮ. ކަލޭތީ ސަރުކާރާ އާންމު ރައްޔިތުން ޖެއްސުމުގެ އިސް މޭސްތިރިއެއް.

  3. އަނަސް

    ފައްޔާޒް އައް ދޭނެ ވޯޓެއް ހަރާމް، 2030 ގަ ވޯޓްލިޔަސް

    1
    1
  4. އިބްރޭ

    ފައްޔާޒް ބްރޯ ހެދިފަ ހުއްނަން އޮތީ މަދު ދުވަސް ކޮޅެއް.