ރަޝިއާ އިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ އެކު، އެ ގައުމުގެ ރައީސް ލަޑިމިއަ ޕުޓިންއަށް ތާއީދުކުރާ މަހުޖަނުންނާ ދެކޮޅަށް އެކި ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅައި މުދާތައް ހިފަހައްޓަމުންދާތީ ރާއްޖެ އައި ރަޝިއާގެ ޔޮޓްތަކުގެ އަދަދު ފަހަކަށް އަރާފައިވާ ކަމަށް ހުޅަނގުގެ މީޑީއާތަކުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރަޝިއާ އިން ގެންދަނީ ޔޫކްރެއިނަށް އަރައި އެއްގަމު މަގުންނާއި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި ޔޫކްރެއިނުން 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި މިސައިލް ހަމަލާތަކުގައި ގިނަ އަދަދެއްގެ ތަންތަން ވަނީ ސުންނާފަތިވެފައެވެ.

"މެރިން ޓްރެފިކް" ވެބްސައިޓްތަކުން ލިބެން ހުރި މައުލޫމާތުތަކާ ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުގައި ރަޝިއާގެ ބިލިއަނަރު އޮލޭގް ޑެރިޕަސްކާގެ ލަގްޒަރީ ޔޮޓް ކްލިއޯ އޮތީ ރާއްޖޭގައެވެ. އެލުމިނިއަމް ވިޔަފާރިކުރާ އެ މަހުޖަނާ ދެކޮޅަށް އެމެރިކާ އިން 2018 ވަނަ އަހަރު ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

އޮލޭގް ޑެރިޕަސްކާގެ ލަގްޒަރީ

މި އުޅަނދު މިހާރު އޮތް ސީދާ ލޮކޭޝަން މެރިން ޓްރެފިކްގެ މައުލޫމާތުތައް ހާމަކުރާ ވެބްސައިޓްތަކުން މިހާރު ވަނީ އުނިކޮށްފައެވެ. މި ޔޮޓްތައް ރާއްޖެ އަންނަނީ ސްރީލަންކާ މަގުން ކަމަށްވެއެވެ.

ކްލިއޯގެ އިތުރުން ސްޓީލްގެ ވިޔަފާރިކުރާ އެލެގްޒެންޑާ އަބްރަމޯވްގެ ސުޕަޔޮޓް ޓައިޓެން ވެސް އޮތީ ރާއްޖޭގައެވެ. މި ޔޮޓް ރާއްޖެ އައިސްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެލެގްޒެންޑާ އަބްރަމޯވް
އެލެގްޒެންޑާ އަބްރަމޯވްގެ ސުޕަޔޮޓް ޓައިޓެން

އަދި ރަޝިއާ ބިލިއަނަރުންގެ އިތުރު ތިން ޔޮޓެއް ވެސް އޮތީ ރާއްޖޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއް ޔޮޓަކީ 288 ފޫޓު ދިގު، އަދި ރަޝިއާގެ އެންމެ މުއްސަނދި މީހާ ލަޑިމިއަ ޕޮޓަނިންގެ ނިރްވާނާއެވެ.

ރަޝިއާގެ އެންމެ މުއްސަނދި މީހާ ލަޑިމިއަ ޕޮޓަނިންގެ ނިރްވާނާ

ޕުޓިންއަށް ތާއީދުކުރާ ރަޝިއާގެ މަހުޖަނުންގެ އެތައް ބިލިއަން ޑޮލަރަކާއި އެ މީހުންގެ މުދާތައް އެމެރިކާ އާއި ޔޫރަޕުން ވަނީ ހިފަހައްޓަން ފަށައިފައެވެ.

ރާއްޖެ އަށް ބިލިއަނަރުންގެ ޔޮޓްތައް އަންނަ ސަބަބަކީ ރާއްޖެ އާއި އެމެރިކާ އިން މުދާ ހިފެހެއްޓުމާ ގުޅޭ ގޮތުން އެއްބަސްވުމެއް ނެތުމެވެ. ބިލިއަނަރުންގެ މުދާ ހިފަހައްޓަން އެމެރިކާ އިން ނިންމި ނަމަވެސް ރާއްޖޭގައި ހުރި ރަޝިއާ ބިލިއަނަރުންގެ މުދާތައް ހިފެހެއްޓޭނެ ގާނޫނީ ހައިސިއްޔަތެއް ރާއްޖެއަކަށް ނޯންނާނެއެވެ.

ލަޑިމިއަ ޕޮޓަނިން

މިއީ ރަޝިއާގެ މަހުޖަނުން އެ މީހުންގެ މުދާ ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެކެވެ.

މިކަމާ ބެހޭ ގޮތުން ރާއްޖޭ ސަރުކާރުގެ ބަހެއް ނުލިބޭ ކަމަށް ހުޅަނގުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޖަރުމަނުން ވަނީ ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ އަލިޝަ އުސްމަނޯވްގެ 512 ފޫޓުގެ އަދި 600 މިލިއަން ޑޮލަރުގެ ޔޮޓް ޑިލްބާ ހަމްބާގް ބަނދަރުން ހިފަހައްޓައިފައެވެ. އެ މަހުޖަނަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަތި ކުރުމުގެ ފިޔަވަޅު އަޅާ މީހުންގެ ލިސްޓުގައި ހިމެނޭ މަހުޖަނެކެވެ.

ރަޝިއާ ބިލިއަނަރުންގެ ޔޮޓްތައް ރާއްޖެ އަށް އައިއިރު، ޔޫކްރޭނާއި ދެކޮޅަށް ރަޝިއާ އިން ފެށި ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުން ރާއްޖެ އަށް އަންނަ ފަތުރުވެރިން އައުން ވަނީ އެއްކޮށް ހުއްޓިފައެވެ.

ޔޫކުރޭންގެ އިރުމަތީގައި، ރަޝިއާއާ އިންވެގެން އޮތް ޔޫކްރޭނާ ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދު ކަމުގައިވާ ލުހާންސްކް އަދި ޑޮނެސްކްގެ މިނިވަންކަން ރަޝިއާ އިން ގަބޫލުކޮށް ޔޫކްރެއިނަށް ރަޝިއާގެ އަސްކަރީ ސިފައިން ފޮނުވުމާއެކު، އެ ސަރަހައްދުގެ މަސްރަހު ވަނީ ހޫނުވެފައެވެ.

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމައެއް ފެށިފައިވާ އިރު، މި ހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޔޫކްރެއިނަށެވެ. ޔޫކްރެއިންގެ އެކި ތަންތަނަށް ރޮކެޓް ހަމަލަ އާއި ކްރޫޒް މަސައިލްތައް ފުލުފުލުގައި ރަޝިއާ އިން ދަނީ ފޮނުވާލަމުންނެވެ. އަދި އެ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މި ހަނގުރާމައިގައި ރަޝިއާ ސިފައިންނަށް ވެސް ގެއްލުން ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފައުޒީ

    ރާއްޖެއަށް އައި ބޯޓުރައް ދެން މިތާގަ ނުތިބޭނެ. ރާއްޖެ ރަޝިޔާ އާއި ދެކޮޅައް ޔޫއެން ވޯޓު ލާފައޮތީމަ ރަޝިޔާއިންވެސް މާކައް ގިނަދުވަހެއް ނެތި ރާއްޖެ އެކަހެރިކޮއްލާން ސެންްޝަން އަޅަލާނެ. އޭރުން މިތަނައް އަންނަން އޮތް ލާރިވެސް ގެއްލުނީ. ދެންވެސް ޔޫކުރޭނޭ ކިޔާގެން އަނގަ ނތިބޭތޯބަލާ.

    13
    1
  2. ބުރޯ

    މުސްލިމުމް މަރާއިރު ކަލޭމެން ކޮބައިތަ ޔަހޫދީން މުސްލިމުން މަރާއިރު ރާއްޖެ ނޫސްތައް ކޮންތާ ކުބާވީ

    28
    1
  3. އަލީ

    މަޑުކޮށްބަލަ. ޖަވާބެއް ދެވޭނީ އިންޑިޔާ ކައިރިން އަހާލާފަ އޭގެފަހުންނޭ.

    26
    2
  4. ހަންނަ

    ރަޝިއާ އަކީ ދިވެހި ރާއްޖޭގެ ރިސޯޓު ތަކުގަ އެއްމެ ގިނައިން ސުޕެންޑް ކުރާމީހުން. ރާއްޖެ އަށް އެއްމެ ގިނައިން ގެސްޓުން އަންނަ އެއްގައުމު، ރަޝިއާ މަހުޖަނުންގެ ވާހަކަ އާއި އެމީހުންގެ ޔޮޓުތަށް ރާއްޖެ އަންނަނީކީ އަލަކަށެއްނޫން. މިހާރު ތިކުރާ ކަންތަކުން ގައުމަށާއި ރައްޔިތުންނަ ވާނީ ގެއްލުންކަން ހަދާންކޮށްދެން. އެމެރިކާ އަދި ޔޫރަޕް ގައުމުތަކުން އިރާގް، ލީބިޔާ، އަފްޣާނިސްތާ، ސީރިއާ، ޔެމަން، އަދި ޕަލެސްތީން ގެ ކުށެއްނެތް އެތަށްބަޔަކު މަރަމުން ބިންތަށް ފޭރެމުން ދާއިރު ކޮބާ ކަލޭމެން؟ އެވާހަކަ ދައްކަބަލަ.

    16
  5. ޒަބީބު

    ނޫސްވެރިކަމުގެ މިނިވަންކަން އޮންނަންޖެހޭ. އެހެނަސް ނޫސްވެރިކަމުގެ މިނިވަންކަން ޤައުމީ މަސްލަހަތުގެ ރަތްރޮގު ހުރަސް ކޮށްގެން ނުވާނެ.

    ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަޤްބޫލް އެއް މަންޒިލް ކަމުގައި ވީހިނދު ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ އިތުރުން އެމީހުންގެ ޒާތީ މައުލޫމާތާއި "ވެއަރއެބައުޓްސް"ގެ ކޮންފިޑެންޝިއަލިޓީ ކަށަވަރު ކުރުމަކީ ދިވެހިރާއްޖޭގެ ކަމާއިބެހޭ އިދާރާތަކުގެ އިތުރުން ދިވެހި ކޮންމެ ފަރުދެއްގެ ވެސް ޒިއްމާއަކަށް ވާންޖެހޭނެ. ޚާއްސްކޮށް މީޑިއާއިން މާބޮޑަށް ޒިއްމާ ވާންޖެހޭނެ. އެހެން ނޫނީނިއްޔާ މަންޒިލަށް އޮންނަ ކޮންސިއުމަރ ކޮންފިޑެން ގެއްލޭނެ.

    ޔޫކްރެއިންގެ މައްސަލަ ފަދަ ހައްސާސް ޖިއޯ ޕޮލިޓިކަލް މައްސަލައެއް ކުރިމަތިވެފައި އޮތް ނާޒުކު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރާ މިފަދަ ފަތުރުވެރިންގެ މައުލޫމާތު އެމީހުން "އެކްސްޕޯސް ކުރާ" ބީދައިން ރާއްޖޭގެ ނޫހެއްގައި ޝާއިއު ކުރުމަކީ ޒިއްމާދާރު ނޫސްވެރިކަމެއް ކަމަށްކަށް ޤަބޫލެއް ނުކުރެވޭ. ވީމާ މިޚަބަރު މީ އެހާ ޒިއްމާދާރު ގޮތެއްގައި ޝާއިޢު ކުރެވުނު ޚަބަރެއް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. މިޚަބަރުގެ ސަބަބުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖޭގެ މައްޗަށް އޮންނަ ކޮންސިއުމަރ ކޮންފިޑެންސް އަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ. މިޚަބަރުގައި އެކްސްޕޯސް ކުރެވިގެން މިދިޔަ ހައި ނެޓްވާރތް ހޮލިޑޭ މޭކަރުން ފަދައިން މިފަދަ ހައި ނެޓްވާރތް އެހެނިހެން ހޮލިޑޭ މޭކަރުން ވެސް ދެވަނަ ވިސްނުމަކަށް ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް.

    ވަގުތަށް މިކޮމެންޓް ޖަހާލަން ކެރޭނެތޯ؟

    12
  6. މުޙައްމަދު

    ޔޮޓްތައް ބޭރުކުރޭ.

    3
    15
  7. މޮހޮރު

    މިނޫސް ތަކަށް މިވާހަކަ ދެއްކޭއިރު މުސްލިމުންނާދެކޮޅައް އެމެރިކާ އާއިހުޅަނޣުން ހިންގާ ޖަރީމާތަށް ނުލިޔެވޭތީ ހައިރާންވޭ

    16
    3
  8. ޖާބެ

    ކޮބާ މައްސަލަޔަކީ... ކިތައްޔަހޫދީން އެތެރެވޭބާ ރާއްޖެޔައް މިވެސް ޖަހާލަބަލަ