ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ޗިޕް ނުވަތަ ސެމީކޮންޑަކްޓަރު އެތެރެކުރުން ހުއްޓާލުމާއެކު ރަޝިއާއަށް އެތަކެތި އެތެރެ ކުރުމުގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރުމުގެ ފަހަތުގައި އޮތީ ޗައިނާގެ މަޝްހޫރު ކުންފުނި ވާވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވާވޭ ކުންފުނިން އުފައްދާ ޗިޕްތައް އެމެރިކާ އިން، ރާއްޖެ އަށް ގެނައުމަށްފަހު، އެތަކެތި ރާއްޖޭގައި ޓްރާންސިޓްކޮށް، ރަޝިއާއަށް ފޮނުވައެވެ. ރާއްޖެ އަކީ ރަޝިއާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާ ގައުމަކަށްވުމުން ރާއްޖޭގައި ހުރި ކުންފުނިތަކާއި ރަޝިއާގެ ދެމެދުގައި މުއާމަލާތް ކުރުމުގައި ދަތިކަމެއް ނެތެވެ.

ދުނިޔޭގެ އެންމެ ބޮޑު ފައިނޭޝިއަލް ނޫސް ނިކެއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖެ މެދުވެރިކޮށް ރަޝިއާއަށް ޗިޕް ބޭރު ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި ޗިޕްތައް ޓްރާންސިޓްކޮށް، އަނބުރާ ރަޝިއާއަށް ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް މަދުވުމެވެ. "ވަރަށް ކުންފުނިތައް މާލޭގައި ގާއިމުވެ ތިބޭ، މާލޭގައި ހުރި ކުންފުނިތަކާއި ވަރަށް ފަސޭހައިން މުއާމަލާތް ކުރެވޭ. އަދި އެންމެ ބޮޑު ފަސޭހައަކީ ވަރަށް މަދު ލިޔެކިޔުންތަކެއް ފުރިހަމަ ކޮށްލައިގެން މިކަން ކުރެވެން އޮތުން." ނިކެއިން ރިޕޯޓް ކޮށްފައި ވެއެވެ.

އިންޑިއާގެ ރިސާޗް ކުންފުންޏެއް ކަމަށްވާ އެކްސްޕޯޓް ޖީނިއަސްއިން ހޯދި ރަޝިއާގެ ކަސްޓަމްސް ކްލިއަރެންސް ތަފާސްހިސާބުތަކަކާ ހަވާލާދީ ނިކެއި އޭޝިއާއިން މިދިޔަ ހަފްތާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަޝިއާއިން ޔޫކްރެއިނަށް 2021 ވަނަ އަހަރު އަރައިގަތް ފަހުން ގާތްގަނޑަކަށް ހަތަރު ލައްކަ ސެމިކޮންޑަކްޓަރު ރާއްޖެ މަގުން ރަޝިއާއަށް ފޮނުވާފައިވެއެވެ. އެމެރިކާގައި އުފައްދާ މި ތަކެތީގެ އަގު 53.6 މިލިއަން ޑޮލަރަށް އަރައެވެ.

ރަޝިއާ އާއި ޔޫކްރޭނުން ފުރަތަމަ ހަނގުރާމަ ފެށުމާއިއެކު ރަޝިއާގެ ވަރަށް ގިނަ ބިލިއަނަރުންގެ ޔޮޓްތައް ވެސް ރާއްޖޭގައި ބަނދަރު ކުރިއެވެ. އެއީ އެހެން ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޔޮޓްތައް އެގައުމުތަކުން ހިފަހައްޓަފާނެ ކަމުގެ ބިރު ބޮޑުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުވަދު

    ވާވޭ ކުންފުނިން އުފައްދާ ޗިޕްތައް އެމެރިކާ އިން، ރާއްޖެ އަށް ގެނައުމަށްފަހު، އެތަކެތި ރާއްޖޭގައި ޓްރާންސިޓްކޮށް، ރަޝިއާއަށް ފޮނުވައެވެ.

  2. އިބޭ

    ކީއްވެހޭ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންވީ

  3. ނަޑަރޭ

    ވާވޭ ކުންފުނިން ޓްރާންސިޓްކޮށް ރަޝިޔާ އަންހެން ކުދިން މިކޮޅަށް ގެނެސް މި އުޅޭ ބަންގާޅީން މިތަނުން ޓްރާންސިޓްކޮށް ބޭރުކޮށްބަލ

    8
    1
  4. ރަން ރީނދޫ

    މިއީ ޗޯރު އިބްރާހިމް އަޑީގައި ހުރެ ،ހިންގި ޖަރީމާއެއް.

    5
    8
    • ކެނެރީ ޔެލޯ

      ކޮބާހޭ މައްސަލައަކީ ؟ އެމެރިކާ ބުނީމާ ވެކްސިން ޖަހައިގެން އެމެރިކާ ބުނީމާ ރަށިޔާއާ ވިޔަފާރި ނުކޮށް ، އަދިވެސް މިނިވަން ގައުމެކޯ.

  5. xiaomi

    ތީގެ ނެތެއްނު މައްސަލައެއް