ރާއްޖޭން އިތުރު 273 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ފައްސިވެފައިވާ މީހުންގެ ތެރެއިން މާލެއިން ފައްސިވެފައިވަނީ 26 މީހަކު ކަމަށެވެ. އަދި 225 މީހަކު އަތޮޅު ތެރޭގެ ރަށްތަކުން ފައްސިވެފައިވާއިރު، 14 މީހަކު ފައްސިވެފައިވަނީ ރިސޯޓު ތަކުންނެވެ.

މިއަދު ފައްސިވެފައިވާ މީހުންނަކީ ފާއިތުވި 24 ގަޑިއިރު ޓެސްޓް ކުރި 1،898 މީހުންގެ ތެރެއިން ފައްސިވެފައިވާ މީހުންނެވެ. އޭގެ ތެރެއިން 416 ސުންކަކީ އެއީ މާލެ ސަރަހައްދުން ނަގާފައިވާ ސުންކެވެ.

ރާއްޖޭން މިހާތަނަށް 173،337 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، 168،644 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 14،383 މީހަކު ބައްޔަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން ނުވަ މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ރާއްޖޭން މި ބަލީގައި 297 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު