ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިތުބާރު ކުރެވޭ ހުރިހާ ފަރާތްތަކަކަށް ވެސް ބައިވެރިވެވޭ އިންތިހާބަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަން ބަދަލު ކުރަން ޖެހޭކަމަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަނުން ނިންމި ނިންމުމައި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ އެނިންމުމާއި ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ ކަމަށެވެ.

"ރިސޯޓުތަކުގައި އިންތިހާބުތަކަށް ވޯޓުލާ ފަރާތްތައް އަބަދުވެސް ގިނަ. ރިސޯޓުތަކުގައި 70 އިންސައްތަ ވޯޓުލާ ފަރާތްތަކަކީ ޑިމޮކްރެޓިކް ޕާޓީތަކަށް ވޯޓުލާ މީހުން " ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކަމިޝަނުން ނިންމާފައިވާތީ، އިދިކޮޅު ފަރާތް ތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިލެކްޝަނުން ބުނެފައިވާ ގޮތުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 250 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.

ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓުތަކަކީ ކުރަމަތި އައިލެންޑް ރިސޯޓާއި، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި، ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާއާއި، ބަނޑޮސް މޯލްޑިވްސްއާއި، ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާއާއި، ކުރެއްދޫ އައިލެންޑް ރިސޯޓާއި، ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސްއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުލާ

    މީނަ މިއުޅެނީ ކޯއްޗެއް މިނިވަން ނުވެގެން. މީނަ އަކީ އިނގިރޭސީންގެ ބަތާކައިގެން ހުރިމީހެއް.މީނަ މިރާއްޖެއަށް ވާގޮތްބަލަނީ ކީއްވެ؟

  2. ÷ޕޕޕ

    ޢިންތިހާބު މިނިވަން ކުރުމަށް ކަލޭ ފުރަތަމަ ޖަލަށް ދާންވީ އޭރުން މިނިވަން ކަމާއި އެކުގައި ވޯޓް ލެވޭނީ

  3. ެިެިެިެެއިބްރާހިމްބެ

    ޤައުމު ހަލާކުކުރަން އަންނިނޫޅެ' މަޑުންހުރެވޭތޯބަލާ، ތިއީ ރައްޔަތުންވެރިކަން ހަވާލުކުރީމާ ނުވެގެން އިސްތިއުފާ ދިން މީހާ

  4. ގަންޖާބޯ

    އެންމެ ފުރަތަމަ މިނިވަން ކަންމަތީ މިޤައުމު

    ބާއްވަން ބޭނުމިއްޔާ ކަލޭ މަރަން އެބަޖެހޭ.

  5. ސައިނީ

    ތީހަމަ އިންޑިޔާ ސިފައިން އަންނަން ގޮވުން ކަހަލަ ވާހަކައެއް ދޯ!

  6. އަބްދުއްލާ

    އިލެކްސަނުން ކުރަންޖެހޭ ބަދަލެއްނެތް ކުށްވެރިޔަކު ދައްކާ ވާހަކަޔަކަށް މިގައުމުން އަމަލުނުކުރާނެ

  7. ޙަފްޞާ / މާލެ

    ފުއާދު ކިޔާމީހަކު އެލެކްޝަންސް ގައިހުރިއިރު އޭނަގެ އަނެހެނުންނާ އޭނަ ކަލޭމެންނާ ބައިވެރިވެ ތެޅިބޭލިއިރު ކަލޭމެން ކޮބައި؟ އޭރު އެތަން މިނިވަން ދޮތަ؟؟؟؟

  8. ދިވެއްސެއް

    ﷲ އަޅަމެންނަށް ކެތްތެރިކަމާއި ﷲ ދީނުގައި ސާބިތުވެ ހުރުމުގެ ތައުފީޤް ދެއްވާށިއެވެ. މުސްލިމެއްގެ ފަހު ނޭވަޔާ ޖެހެންދެން އަދި ގިޔާމަތާ ޖެހެންދެންވެސް ޝައިތޯނާގެ އުނދަގޫ އެކިގޮތްގޮތައް އެކި ސިފަސިފައިގައި ޖެހޭނެއެވެ. ހަމަކަށަވަރުން ﷲ ވޮޑިގެން ވަނީ ކެތްތެރިންނާއި އެކުގައެވެ.

  9. Anonymous

    ހަކުރުބުއިންވެސް ހުއްޓާލަންޖެހޭ. ތަންތާރޯކުރުން ވެސް ހުއްޓާލަންޖެހޭ. 24 ގަޑިއިރު ހަމައިގަ ނުހުންނަ ހުރުން ހުއްޓާލަންޖެހޭ.

  10. ފިކުރު

    މީނައަށްތަ ކަނކުރަންވީ ގޮތް އެނގެނީ. ޢަޅެ ފަހެ މީ މިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާތަ؟ ނޫނީ ޕީޖީތަ؟ މި މޮޔަމީހާ ބުނާހާ ގޮތެއް މި ރާއްޖޭގެ ވެރިން ހަދާކަށް ނުޖެޖޭނެ. ތި މަޝްވަރާ އީޔޫ އަށް ހުށައަޅާ. އޭރުން ގޮތެއް ވެދާނެ ކަމަށް ހީވޭ

  11. ޒައިން

    ދަލުބޭރުން ޖެހެނީ ކީއްވެ. ކަލޭ ބައިވެރިނުކުރާނެ މިގައުމުގައި ހިނގާ އެއްވެސް ކަމެއްގައި. ދެރަވޭދޯ. އިބޫ ހެދި ޕާޓީއަކަށް ކޮފިގަނެގެން މާބޮޑޭވެގެން އުޅެވުނު ދުވަސް މާޒީވެއްޖެ. ޖަޒީރާ ކަނދުފަތި.

  12. ގަތެެ

    އެއީތެދެއް. ނަސީދު ބުންޔަސް. ރިސޯޓުތަކުގަ މަހުޖަނުންގެ ދަށުވެފަ ތިބިމީހުން ވޯޓުލާނީ ޑިމޯކްރަސީ ކޮޅަށް. އިލެކްސަނުގައި ތިބި ބައެއް މެންބަރުންނަކީ ކުރީގެ ކޮމިސަނުގައި ތިބެ އެކޮމިސަނުގެ މެންބަރުގެ އަގު ވައްޓަން މަޖުލިހަށް ދިޔަމީހުން. ކޮމިސަނުގެ ރައީސަކީ ކުރީގެ ކޮމިސަން ފަނިކުރި އޭރުގެ ސެކެއްޓެރީ ޖެނެރަލް.

  13. ދައަންނި

    މިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުން ދާ ގައިދީންގެ ހަބަރުތަށް މި ނޫހުގަ ނުލިޔުނަސް މިނޫސް ހަމަ ހިނގާނެ. މޮޔައިންގެ ވާހަކަ ނުލިބަލަ ވަގުތު ޓީމް

  14. ކާފަބޭ

    އެންމެބޮޑު ޑިމޮކްރަސީ އިންޑިއާގެ ކިތައްވޯޓުފޮށި މިރާއްޖޭގަބަހައްޓާތޯ؟ މުޅިދުނިޔޭގަވޯޓުފޮށިބަހައްޓަން ހިގާޚަރަދާމެދު ވިސްނާލަމާތޯ؟

  15. ޑިމޮކްރަޓިސްޓް

    ކިހާބޮޑު މުސީބާތެއްތަމީއަޅެ! ކަލޭއެހަށް އައިސް ކަލޭގެ ޖަލުހުކުމް ތަންފީޒުކުރަން ޖަލަށް ވަދެބަލަ ނުބައިމީހާޔާ!

  16. ާވަތުބަތާނަ

    އެންމެ ފުރަތަމަ ބަދަލު ކުރަންވީ ކަލޭގެ ތި ޖާހިލު ހިތެއްނު. ރާއްޖެ އަށް މި ހާރު އެނމެ މުހިނމު އެއްކަމަކީ ކަލޭގެ ހިތް ބަދަލު ކުރުން.