އެކިއެކި ހުއްޖަތްތައް ދައްކައިގެން އިންތިހާބުތައް ފަސް ކުރުމަކީ މުޑުދާރު އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސް ކުރުމާ މެދުގައި ގޮތެއް ނިންމަން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ޖަލްސާގައި އީވާ ވިދާޅުވީ އިންތިހާބު ލަސްކުރަން އެދުމަކީ ވަރަށް ޕީޕީއެމް ގޮތެއް ކަމަށެވެ. އެމްޑީޕީން އަބަދުވެސް ގޮވަމުން ދިޔައީ އިންތިހާބުތައް ގަޑިއަށް ބޭއްވުމަކީ ރައްޔިތުންގެ އިތުބާރު އެ އިންތިހާބާ ދޭތެރޭގައި އުފެދޭނެ ކަމެއްގެ ގޮތުގައި ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބު އޭޕްރީލް 16 ވަނަ ދުވަހު ބާއްވަން ތާއީދު ކުރައްވަނީ އެއީ ގައުމީ މަޖިލިހުން ފުރަތަމަ ކަނޑައެޅި ތާރީހަށްވާތީ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އެކަން ގައުމީ މަޖިލިހުގެ މެމްބަރުން އިއްތިފާގުވީ ކަނޑައެޅިގެން އެއީ ރޯދަ މަސް ކަން އެނގި ތިބެކަން އީވާ ފާހަގަ ކުރެއްވިއެވެ.

ގައުމީ މަޖިލިހުން އެގޮތަށް ފާސް ކުރި ނަމަވެސް ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވަނީ އެ ތާރީހަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު އިންތިހާބު ބާއްވަނީ މޭ 14 ގައެވެ.

އީވާ ވިދާޅުވީ އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަނީ ވާދަވެރި ކެންޑިޑޭޓަށް ތާއީދު ގެއްލުނީމަ ކަމަށެވެ. އީވާ އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށެވެ.

އީވާ ތާއީދު ކުރައްވައިގެން ހުންނެވީ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށެވެ.

އޭނާ ވިދާޅުވީ ރޯދަ މަހެއްގެ ދުވަހެއްގެ ރޭ އިންތިހާބެއްގެ ވޯޓުލުން ބޭއްވުމަކީ މާލެ އާއި ރަށްރަށުގައި ތިބި އެމްޑީޕީގެ އާންމު މެމްބަރުންނަށް އުނދަގޫ ވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑު މަސައްކަތް ކުރާ ކެމްޕެއިންގައި މީހުން ނެރެވޭނެ ކަން. އަދި އަޅުގަނޑަށް ވަރަށް ޔަގީން އަޅުގަނޑުމެންނަށް ކާމިޔާބު ވެސް ކުރެވޭނެ ކަން. ނަމަވެސް އަނެއް ފަރާތުން އިންތިހާބު ތިމާ އަށް ޔަގީން ވަންދެން ވޯޓުގެ ބުރު ފަހަރަކަށް ފަހު ފަހަރެއް ބަދަލު ކުރުމަކީ ޕާޓީގެ އިންތިހާބުތަކާ ދޭތެރޭގައި ޕާޓީގެ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް،" އީވާ ވިދާޅުވިއެވެ.

އީވާގެ ވާހަކަ ނިންމަވާލައްވަމުން ވަނީ ޕާޓީގެ އިންތިހާބުތަކާ ދޭތެރޭގައި ޕާޓީގެ ރައްޔިތުން އިތުބާރު ގެއްލޭ ފަދަ ކަންކަން ނުފެއްޓެވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އަހުމަދު

    ފާސްވީ ރޯދަމަސް ނިންމާ، އަދި ހަރޯދަވެސް ނިންމާފަ ވޯޓު ލާން. އެއީ ރަނގަޅު ގޮތް. ލާދީނީ އީވާ މެން ރޯދަމަހުގެ ހުރުމަތް ކަނޑާލަން އުޅުން އެއީ މުޑުދާރު އަމަލެއް

    40
  2. އުސްތާޒް

    މުޑުދާރު މީހުނަށް ކުރެވޭނެ ހާވެސް ކަމަކީ މުޑުދާރުކަންތައްތައް އެކަން ތި ކަމަނާވެސް ތިޔަކުރައްވަނީ

    34
  3. ޖަމީލުބެ

    އެމްޑީޕީ އެތެރެއިން ފެންނަމުންދާ ހަގީގަތެއް އެއީ ރައީސް ނަޝީދަކީ އެއްވެސް މީހެއްނޫން މިހަގީގަތް ކަމަނާވެސް ގަބޫލްކުރައްވާދެން

    35
    1
  4. ގާރީ

    މިހާރު އެގިއްޖެދޯ ވޯޓަކީ ނުފޫޒުފޯރުވޭނެ އެއްޗެއްކަން ދެންބަލަމާ

    21
  5. އައިޝަތު

    ހުއްޖަތެއް ދައްކައިގެން ހަވަރު ތިނަދޫގަ ހިއްކާފަ އެއޮތް 64 ހެކްޓަރު ބިމުން ގޯތި ނުދީ ބޭވުމަކީ ތިއަށް ވުރެވެސް މުޑުދާރު ކަމެކެވެ.

    33
  6. ނަމަ

    އީވާ ތިޔަ ޕާޓީގައި މުޑުދާރު ނޫން އަމަލެއް ކުރޭތަ

    30
  7. އީވާ

    ލާދީނީ އީވާ

  8. އަޙްމަދު

    ރޯދައިގެ ފަހުން ވޯޓްލާން ނިންމުމަކީ ރަނގަޅު ނިންމުމެއް! ފާޔާޒަށް މިކަމަށް މަސަކަށް ކޮށްދެއްވުމަކީ ރަނގާޅު ނިންމުމެއް! ތިވީގޮތުން ވޯޓްވެސް ދޭނަން! ތިކުރާ މަސައްކަތަށް ސާބާ! ބްރޯމެންގެ އަތްދަށުން އެމްޑީޕީ ސަލާމަތް ކުރަންތިކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް!!!

  9. Anonymous

    ކުދިންނޭ! ހަމަޔަށް ދެފަޅިވީ. ހެހެހެހެހެހެ..

  10. Anonymous

    ބޮޅެއް ސޮނިބެޔައް

  11. ކަތުރުކަށި

    މުޑުދާރު މިބަސް އީވާ ދޭތެރެއަކުން އެބަކިޔާ، ވާކަމެއް ހަރާމް..މިފަހަރު ބާރައީސް އަންނިބެއްޔާގެ ދޮހާ ތިއޮއްދަނީ.. ތާއީދެއް ނެތްކަން ވަރަށް ރަގަޅަށް އެގި ހާމަވާނެ.

  12. ނަސްފާ ކިނާރީ

    އީވާމެން މަޖިލިހަށް ދެން ހޮވިޔަދީގެން ނުވާނެ! މިހާ ރު ވާވަ ރު ވެއްޖެ!

  13. ޤާދިރު

    އުޅުނީ އާޒިމު ލައްވާ އެ ހަޑި ހާވާފަ މަޖިލީސް ހުއްޓުވާލަން އެއީ އަންނިގެ ރޭވުން އެކަން ކާމިޔާބު ނުވި. ލަދު ކުޑަ މުޑުދާރު އީވާ

  14. ޒީރޯ ޓޮލަރަންސް

    ވަރަށް ރަގަޅު ތެދު ވާހަކައެއް. ހުއްޖަތް ދައްކައިގެން އިންތިހާބުތަކާ ކުޅުމަކީ ހަޑިވެގެންވާ މުޑުދާރު އަމަލެއް. ޑިމޮކުރަސީ އާއި ބީރަށްޓެހި ކަމެއް. އެކަމަކު މިގައުމުގެ ހުރިހާކަމެއްވެސް ހިގަނީ އެގޮތަކަށް ނޫންތޯ؟ މިފަހަރު ކަމާނާއަށް ރަގަޅު ނުވީ. އެއީ ކަމަނާ ހިތްއެދޭގޮަތަށް ކަންތައް ނުނިމުނީމަ.

  15. ސަމީރު އަހްމަދު

    މުޅި ޕާޓީ ނިޒާމް އާއިލީ ނުފޫޒުން ހިސާރުކޮށް އެމްޑީޕީ ސުންނާފަތިވެއްޖެ، ނަމުން އޮންނަ ޑިމޮކުރަސީ ގައި އެމްޑީޕީ ރިފޯމްވާން އެބަޖެހޭ

  16. މަހޭޝް

    އީވާގެ މުޑުދާރު އަނގަ

  17. ކަނބާ

    މުޑުދާރުންނަށް ކުރެވޭނެ ތާހިރުމަކެއް ނޯންނާނެއެވެ. އަލަގަހުން ފަޅާނީވެސް އަލަނިރެވެ. ބުނި މީހާގެ ކިބައިގައި ތާހިރުކަމެއް އެބަހުރިހެއްޔެވެ؟ ތާހިރު އެއްޗެއްވެސް ނުގެންގުޅެއެވެ.

  18. ކަނބަލުން

    މިހާރު ކަނބަލުން ކިޔަންޖެހެނީ އަންނިއާއި މުހާތަބުކުރާއިރު އެކަނި،

  19. Anonymous

    މިމީހާގެ ދުލުކޮޅުގައި އޮންނަ ބަހަކީ " މުޑުދާރު " މިބަސް އެކަނި !🤣

  20. ލައިލާ

    ޑިމޮކްރަސީ ދަސްކުރޭ އީވާ

  21. އަބްދޫ

    ސޯސަލަ މިޑިޔާ އިން ދުށް ފޮޓޯތަކުންއެގޭ މުޑުދާރީ ކާކުކަން.

  22. މުންޑޭ

    އޮރިޔާމުން މީހުންގެ ތެރެއަށް ނިކުމެ އުޅުމަކީވެސް މުޑުދާރު އަމަލެއްކަން އެނގޭނީ ހެޔޮވިސްނޭ މީހުންނަށް ދޯ

  23. اکف

    ކަލޭ ކަހަލަ