އިންތިހާބެއް ލަސްކުރަން ހިފުމަކީ އިންތިހާބުން ބަލިވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި އެގޮތަށް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބު އަންނަ މޭ މަހުގެ 14 ވަނަ ދުވަހަށް ފަސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބެއް ލަސްކުރަން ހިފުމަކީ އެހާތަނަށް އިންތިހާބުން ބަލިވުން ކަމަށެވެ. އިތުރު އެއްވެސް އެއްޗެއް އޭނާ ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން، އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ފަރާތުން ހުށަހެޅި ހުށަހެޅުއްވުމުން، އެކަން ފާސްވީ 100 މެމްބަރުންގެ ވޯޓުންނެވެ. އިންތިހާބު ފަސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ 15 މެމްބަރުންނެވެ.

އިންތިހާބު ބާއްވަން ކުރިން ކަނޑައެޅި ތާރީހަކީ އަންނަ މަހުގެ 16 އެވެ. އެ ތާރީހު ރޯދަ މަހާ ދިމާވާތީ އިންތިހާބު ފަސް ކުރަން ފައްޔާޒް ހުށަހެޅުއްވިޔަސް، އެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެކަމާ ދެކޮޅެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އިންތި ވިދާޅުވީ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބު ލަސްވެއްޖެ ކަމަށް ގައުމީ މަޖިލިހުގެ މެމްބަރުން ވިދާޅުވި ނަމަވެސް އެ އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ ތާވަލްއާ އެއްގޮތަށް އިއުލާން ކުރެވިގެން ކަމަށެވެ.

އަދި އަސާސީ ގަވައިދު ދަސްކޮށްގެން އެ ވާހަކަ ދެއްކެވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލަން ބޭނުން، އަޅުގަނޑު އިންތިހާބު ލަސް ކުރުމަކަށް ނެތިން. އަޅުގަނޑަށް ތާއީދު ކުރާ މީހުން އިންތިހާބު ލަސް ކުރުމަކަށް ނެތިން. މިހާރު ވެސް އޮތް ތާރީހުގައި، ސުންގަޑީގައި އިންތިހާބު ބޭއްވުމަށް ގޮވާލަން،" އިންތި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    އިންތިހަބު ރޯދަމަހަށް ފަހު ބޭއްވުމަކީ ރަނގަޅު ގޮތް. ތާއީދު އޮތް ބަޔަކު ހޮވޭނެ ފަހުން ވެސް. ވޯޓު އޮޅުވާލައިގެން ފިލަން އުޅޭބަޔަކު އަވަސްއަރުވަން އުޅޭނީ

  2. ހަސަން

    ކުރުސީގެ ސައިޒު 15 ވަރައްސާފް

  3. ސައީދު

    އިންތިހާބެއް ދުވަހަކު ނުބޭއްވިޔަސް އަހަރުމެންނަށް އޯކޭ އަހަރުމެންނަށް އޯކޭ ނުވެގެން މިއުޅެނީ ގދ.ތިނަދޫގައި ބޯހިޔާވަހިކަން ނެތް ޒުވާނުންނަށް އެރަށުގައި ހިއްކާފަ އޮތް 63 ހެކްޓަރު ބިމުން ގޯތި ދަުނުކޮއްގެން

    6
    1
  4. Anonymous

    އިންތިއައްލިބޭ ވޯޓުން ކުރުސީގެ ސައިޒު އެގޭނެ

  5. ފަލަކު

    އިތުރަށް ބޭޒާރުވުމުގެ ކުރިން އަނބުރާ ނަން ނަންގަވާ