އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން އެމްޑީޕީ އޮތުމުން، ބަދަލުވެ ގައުމު ހިންގާ ޕާޓީއެއްގެ ގޮތުގައި އަދިވެސް ހަރަކާތްތެރި ނުވެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ފައްޔާޒު މ.މުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވީ، އެމްޑީޕީ ދެން ވާންވީ ވެސް ގައުމުގެ ކަންކަން ރާވައި އެކަންކަން ހިންގާ ޕާޓީއަކަށް ކަމަށެވެ.

"އަދިވެސް އަޅުގަނޑުމެން ތެރޭ ބައެއް ބޭފުޅުން އެއިން ބަދަލު ނުވެގެން މި އުޅެނީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަގުމަތީ ހަރަކާތުގައި އެހާ ގިނަ ދުވަހު އުޅުނީމާ ކަމަށް ވެސް ވެދާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ގައުމުގެ ބޮޑެތި ކަންކަމުގެ ތެރެއަށް ވަދެ، ގައުމު ހިންގުމުގައި އުޅޭ ޕާޓީއަކަށް ބަދަލު ނުކުރެވޭނަމަ ރާއްޖޭގެ އެންމެ އިސްކޮށް އޮންނަ ޕާޓީއެއްގެ ގޮތުގައި ދެމިނޯވެވޭނެ ކަމަށެވެ. "ކޮންމެ ދުވަހަކު ޕާޓީގެ ހަރުގެތައް ހުޅުވިފައި ހުންނަން ޖެހޭ، އަޅުގަނޑުމެން ވެރިކަމުގައި ތިއްބަސް، ނެތަސް، އިންތިޚާބެއް ބޯމަތި ވިޔަސް، ނުވިޔަސް،" ފައްޔާޒު ވިދާޅުވިއެވެ.

ރަށްރަށުގައި އެ ޕާޓީގެ ހަރުގެތައް ހިންގަން ފަށައި، އެ ރަށެއްގެ އިޖުތިމާއީ ކަންކަމުގެ ތެރެއަށް ވަދެ އެ ކަންކަން ހައްލު ވާން ސަރުކާރަށް މަދަދުވެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒުގެ އިތުރުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ.

ފައްޔާޒުއަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެންޑިޑޭޓެވެ. އިންތިއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުރުސިދާ

    ރޯދަ ނިމިގެން ވާނެ ކަމަށް މި ބަލަނީ.

  2. އަހުމަދު

    ބޮޑު ސޯބު އެނބުރޭ ގޮތަށޭ ކުޑަ ސޯބު އެނބުރޭނީ. ނަޝީދަކީ ކަމެއް ކުރަން ނުކެރޭ ހުސް އަނގަ ތަޅާ މީހެއް

  3. އަހުމަދު

    މިގައުމުގަ އިދުކޮޅު ޕާޓީއެއް ނެތް، އިދިކޮޅޭކިޔާމީހުންވެސް އުޅެނީ ކޮންމެވެސް އެއްޗެއް އައުޓުނުވެގެން، ކޮރަޕްޝަނާ ވައްކަން ބަލާނެ ބަޔަކުނެތް އެކަން ބަލަން ކޮންމެވެސް ބަޔަކު ތިބެން ޖެހޭ.

    2
    6
  4. ސަލީމް

    އެމްޑީޕީއަކީ ހަގީގަތުގައި ދުވަހަކުވެސް ގައުމު ހިންގިބަޔެއްނޫން. އެމީހުން ގައުމު ހިންގުމާއި ހަވާލުވި. އެކަމަކު އެޔައްފަހު މުޅިންވެސް ޖަރީމާހިންގުމާއި ގޭސްގަނޑު އެނބުރުމާއި ރައްޔިތުންނައް ދުއްތުރާ ޖެއްސުމާއި އިންޑިޔާއަށް ގައުމި ވިއްކުން ހިންގީ. އެމްޑީޕީގެ އެންމެ ބޮޑު އެޗީވްމަންޓަކީ ޖީއެމްއާރައް މައިއެޔާޕޯޓުދީ ގައުމުގެ ދޮރޯޝީގެ ތަޅުދަނޑި އިންޑިޔާއާއި ހަވާލުކުރުން. މިފަހަރު އެމީހުން ކުރިކަމަކީ ރާއްޖޭގެ ދިފާއީ ބާރު އިންޑިޔާއަށް ހިބަކޮއްދިނުމާއި އެކު އިންޑިޔާ ރައްޔިތުންނައް އޮތް އެކުސްކުލޫސިވް ވަޒީފާގެ މާކެޓަކަށް ރާއްޖެ ބަދަލުކޮއްލުން. އެއީ ބަނގުލަދޭޝްމީހުންވެސް ގެނައުން ހުއްޓުވާފަ ބާއްވާފަ އިންޑިޔާމީހުން މިތަނައް ފުނިފުންޏައް ޖެހުން. މިހާރު ރިސޯޓުތަކުގައިވެސް ހުސް އިންޑިޔާމީހުން މާލޭ ރެސްޓޯރަންޓުތަކުގެ ވޭޓަރުންނައްވެސް ހުސް އިންޑިޔާމީހުން. ދެން އެހެންގޮސް ރާއްޖޭގެ މަލީކަންކަމުގަ ލަފާދޭށޭ ކިޔާފަވެސް އިންޑިޔާބަޔަކައް ކޮންސަލްޓަންޓުކަންދީފަ އިންޑިޔާވިޔަފާރިވެރިންނައް ގައުމު ލޫޓުވާނެ މަގުފަހިކޮއްދީ އެމީހުންނައް ގާނޫނީ ރައްކާތެރިކަން ދިނުން. މިރާއްޖެ ނެތިގެންދާނީ އިންޑިޔާމީހުންގެ އަތްދަށުވެގެންކަމުގެ ބިރު މިހާރު ރައްޔިތުން އިހުސާސްކުރޭ.

  5. ރަށު މީހާ

    މިހާރު ދެން ނުވިޔަސް އޯކޭ، ވެރިކަން ނިމެން ކާރިވީމަ ސަރުކާރުގަ ތިބި މީހުންނަށް ރޭކާ މިލީ އަނެއްކާވެސް ޕާރޓީ ކުދިން ކާރިޔަށް ދާން ޖެހިއްޖެކަން، ވެރިކަން ލިބުނީމަ މަގާމުތަކަށް ލީ އިންތިހާބުނެ ނަޔީޖާ ގަބޫލުނުކޮށް މަގުމަތީގަ މުޒާހަރާ ކުރިކުދިންނާ، އެހެން ޕާރޓީތަކުގެ ކުދިން. އަދި ކުރިން ރައްރަށުގަ ޔާމީން ބަހައްޓާފަ ތިބި ކުދިންވެސް ތިބި ގޮތަށް ބޭތިއްބީ. ޕާރޓީ މީހަކު ބުނިބަހެއްގެ އަޑު ވެރިމީހާއަށް ނީވުނު. ދެން މިހާރު ޕާރޓީގެ އިސްސަފުގަ ތިބި މީހުން ނުކުރީޔޭ ކިޔާ އެމީހުން ބޮލުގަ އަޅުވާނެ ކަމެއް ނެތް. ސަރުކާރުން ބޭނުންނުވީ.

  6. ސައްދު

    ބޭރަށް ހިންގާ ޕާޓީ.