ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމަށް އެމެރިކާއިން 3.2 މިލިއަން ޑޮލަރު ދިނުމަށް ނިންމައިިފިއެވެ.

މި އެހީއަކީ އެމެރިކާ ސަރުކާރުގެ އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީން، ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމެންޓްގެ ދަށުން ދީފައިވާ އެހީއެކެވެ.

އެމެރިކާ އިން އިން ފަހުން ދޭން ނިންމި ތިން މިލިއަން ޑޮލަރާ އެކު ދެ ގައުމުގެ ދެމެދުގައި މާޗް 12، 2019 ގައި އެހީ ދިނުމަށް ސޮއި ކުރި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދޫކުރާ އެހީގެ ޖުމްލަ 25 މިލިއަން ޑޮލަރު ނުވަތަ 386.3 މިލިއަން ރުފިޔާ އަށް އިތުރުވެގެންދާނެއެވެ.

ރާއްޖެއަށް އެހީގެ ގޮތުގައި އިތުރަށް ދޭން ނިންމި 3.2 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ އެމެރިކާ އިން ދޭ އެހީގެ ކަންކަން ބަލަހައްޓާ ޔޫއެސްއެއިޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިޝަން ޑިރެކްޓަރު ރީޑް އެލްޒިމަން އެވެ.

ރީޑް ވިދާޅުވީ މިއެއްބަސްވުމުގެ ތެރެއިން ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާއާއި ރާއްޖޭން ސަމާލުކަންދޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ގެނުވާނެ ކަމަށެވެ.

މިއެހީގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމެންޓާއި ގާނޫނުގެ ބާރުވެރިކަން ހަރުދަނާ ކުރުމަށާއި ލާމަރުކަޒީ ނިޒާމަށް އެހީވުމަށާއި ތިމާވެށި ރައްކާތެރި ކުރުން ހިމެނެއެވެ.

ޔޫއެސްއޭއައިޑީން ދަނީ ތިމާވެށިގެ ވިލުންތެރިކަން އިތުރު ކުރުމަށާއި އިގުތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ރާވާ ހިންގުމަށާއި ބާރުވެރި އަދި ހިންގުންތެރި މަދަނީ ޖަމިއްޔާ ޖަމާއަތްތަކެއް ބިނާ ކުރުމަށް ދިވެހި ސަރުކަރާއި ގުޅިގެން ބުރަ މަސައްކަތެއް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ައޮފްބެ

    ދެންކާލާ!

  2. ސަޅި

    އެމެރިކާގެ ބަސް އަހައިގެން ރަޝިޔާއާ ދެކޮޅަށް އޭޝިޔާ ސަރަޙައްދުން ވޯޓު ދިނީ ހަމައެކަނި ދިވެހިރާއްޖެ..... އެހެންވީމާ ތިޔަދިން އެހީ ގޯހެއް ނޫން. ނަމަވެސް އެމެރިކާގެ ބާރުވެރިކަންދާކަށް މާގިނަ ދުވަހެއްނުވެ....

  3. ލާރި ދެންޏާ

    އެހީއެއް ދިނަސް ރާއްޖޭގެ ޓޫރިޒަމް އަށް ގެއްލުން ވާކަމެއް ނުކުރާނެ ކަމަށް އުއްމީދު ކުރަން.

  4. ބޮޑުބެ

    ތިޔައީ ރަސިޔާ ދެކޮޅަށް ވޯޓުދިނީތީ ދިން ހަދިޔާއަކަށްވާނީ. 3.2 މިލިޔަން އެމެރިކާ އަތުން ހޯދާފަ، ރަސިޔާ އިން 32 މިލިޔަން ގެއްލުން ހޯދީމަ ހުންނާނީ ރާކަނިމަސް ކެވިފަ.

    7
    1
  5. ބޮލުގައިރިއްސާ

    ޢެއީ މިގައުމު އަޅުވެތިކުރުމަށް އަޑިން އަޑިން ރޭވިގެން ކުރަމުން އައި އަދި ކުރަމުންދާ އަދި ކުރިޔައް އޮތްތަނުގައިވެސް އެމީހުން ކުރާނެކަމެއް.. ތިފައިސާގަ އަތްލުން ހެޔޮނުވާނެ.. ސުޕަމޭންހާ ބާރުގަދަނަމަ ތިމީހުންގެ ތިކަންތައް ހުއްޓުވީމްސް.. އޮތީ ހަމައެންމެ ބާރެއް.. އެއީ ހަރާމެއް ހަލާލެއްނުބަލާ ޙަބަރުފަތުރާ ވަސީލަތްތަކުގެ ކޮމެންޓް ސެކްޝަންގަ ކޮމެންޓްކުރުން...

    4
    1
  6. ހުސޭނުބެ

    ޝުކުރިއްޔާ އެމެރިކާ. ލާރިން ފައިދާއެއް ކުރާނީ ސައުދީން ޓިނުގުދަނެއް އެޅިޔަސް ފައިދާއެއް ނެތް

    3
    7
  7. ވަރުވާ

    ރަސިޔާ ދެކޮޅަށް ދިންވޯޓުގެ ބަދަލަށް ދިން ލާރިކޮށް ހީވަނީ ތިކަމުގެ އަސަރު އެތަށްމިލިޔަން ޑޮލަރުގެ ފޫނުބެއްދެވރުގެ ލޮޅުމެއް އަރާނެހެން ރަސިޔާއިން އެކަންބަލާނެ ހިވަނީ ވިޔަވަޅު އަޅާނެހެން ޕޫޓިންވަނީ ލިސްޓެއްހެދުމަށް އަންގާފަ ރާޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓް ވަރަށްވާހަކަ

  8. ނާހަމަތެދެއް

    ޔޫކުރޭނަށް ރައީސް ތާއިދު ކުރުމުން އެކަމުގެ ބަދަލެއްގެ ގޮތުން ސޯލިހްއަށް ދިން ހަދިޔާއެއް

  9. Okay

    ދެންކާލާ

  10. ރެފްރީ

    ކޮންމެވެސްކަހަލަ އެދެމެއްއޮވެގެންކަމަށްވާނީ . ފަހަރެއްގަ ރަޝިޔާޓޫރިސްޓުން ރާއްޖެއަށްއައުންހުއްޓުވަންތޯއްޗެ ؟

    6
    1
  11. ަަމުރައިދޫ އަންސޫކީ

    މިވަގުތު ތިއެހީފޯރުކޮއްދިނީކީއްވެބާ ކުރިންއެދުނީ ރަޝިއާދެކޮޅައްފިއަވަޅުއަޅަން އޭގެފަހަތުންއެހީ ޓުވަރިޒަމައް ތިއެހީގެއަސަރު ނުފޯރާގޮތައް ދަބަސްތަކަށްއަޅާ ވެރިންޖީބު ބޮޑުވިއަސް ނިކަމެތި ވަޒީފާއަދާކުރާއާއިލާތަކައްގެއްލުންވާނީ މިހާރުވެސް ޔުކުރެއިންގެ ވެރިންނައް އެހީހަދިޔާލިބެނީ ރައްޔިތުން ހާލުގަޖެހި މަގުމަތިވީ އެމެރިކާގެ ބޭނުންތަކައް އެގައުމުގެވެރިން އަމަލުކުރިގޮތުން ނޭޓޯ ގައުމުތަކުގަ ދިރިއުޅޭ އެހެންގައުމުތަކުގެ މީހުންލާރި ހޯދިގޮތާ އިމާރާތްތައް އެވަރުއާމްދަނީ އެއްލިބުނު ގޮތުގެ ތަހުގީގު ކުރަމުންދާ ވަގުތެއްގަ އެފަދަބަޔަކު ސަރުކާރުތެރޭ އުޅޭނަމަ އެމީހުންބޭނުންވާކަމެއް ހާސިލުކުރުމުގެ ފުރުސަތުބޮޑީ ކޮއްމެގައުމެއްގަވަސް ނޫނީފިއަވަޅުއަޅާނެ ދެޗޮއިސްދެނީވެސް

  12. ޖުލައި

    ރަޝިއާ ކުއްވެރިކޮށްދޭ މަތިން ދޭ ރިޝްވަތު

  13. އަބްސީ

    ރާއްޖެ އަށްތަ ނޫނީ ބޮޑުވަގން ނަށްތަ؟ މިހާތަނަށް ތިހެން ދިން އެއްވެސް ފައިސާއެއް ރައްޔިތުންނަށް ކުރި ފައިދާއެއްނެތް، ވަކިބައެއްގެ ޖީބުގަވީ

  14. Anonymous

    ތިއީ ރަސިޔާ

  15. ހާސިލް

    ރަސިޔާއަށް ދަތިކުރުމުގެ ފިޔަވަޅުގަ ބައިވެރިވުމަށް ގަނެލީ

  16. މާސޭ

    އެއީ ރަސިޔާއާދެކޮޅަށްތާއީދުކުރާގޮތަށް