ދިވެހިންނަށް ވިސާއާ ނުލައި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ އަށް ދަތުރު ކުރެވޭ ގޮތަށް ދިވެހި ސަރުކާރާއި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ސަރުކާރާ ދެމެދު "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް" ގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭއަށް ދަތުރުކޮށް، އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ ކަމަށެވެ.

އަދި ހަމަ އެފަދައިން ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ރައްޔިތުނަށްވެސް ވިސާނެގުމެއް ނެތި 90 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިއަދު ބެއިޖިންގގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު ޢަޒީމާއެވެ. އަދި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއަށް އެ ޤައުމުން ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އިޒަބެލް މައިސާ ދަ ގްރާސާ ދޮމިންގޮސްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަފީރު އައިޝަތު އަޒީމާ ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ދެ ގައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ގައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ކަމަށް އުއްމީދު ކުރަައްވާކަމަށް ވިދާޅުވިއެވެ.

އަދި އެމްބެސަޑަރ ދޮމިންގޮސްވެސްވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރަދުދަނާކޮށް ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިގެންދާނެކަމަށް ވިދާޅުފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. 123

    ވަރަށްގިނަގައުމުތަކަށް ވިސާނިނަގާ ދަތުރުކުރެވޭގޮތްވުމަކީ މިސަރުކާރުން ކުރިމަސައްކަތުގެނަތީޖާ.. ސައޫދީއަށް ދަތުރުކުރެވޭގޮތްވުމަކީ ނިއުމަތެއްފަދަކަމެއް އެހެންނޫންތޯ ؟؛ ޔާމީނުގެވެރިކަމުގާ ގިނަގައުމުތާއޮތީ ގުޅުންގޯސްވެ ބިރުގަންނަހިސާބަށްގޮސް. އަވަށްޓެރި އިންޑިއާއަށްދާއިރު ކުޑަމިނުން ޓީވީތަކުން ރާއްޖޭގެޗެނަލެއްވެސްނުލިބޭ. ދިވެއްސަކަށް ސިމްކާޑެއްނަގަންޖެހިފައޮތީ އިންޑިއާ ރައްޔިތެއްގެެނަމުގަ. މިއީ އަމިއްލައިންކޮށްފައިހުރި ތަޖުރިބާ.. މީހަކުބުނިވާހަކައެއްނޫން އިގޭތޯ !!

    4
    22
  2. ޙުސައިން މޫނާބޭ

    ހަބޭސް މިގައުމު ގައުމު ހުނަ ހިސާބުވެސް ގިނަ ދިވެހިންނަށް ނޭންގޭނެ މިނަންވެސް މިގައުމުގެ %99 މީހުން އަޑުއެޙިވެސް މިއަދުކަންނޭގެ

    27
    3
    • ގުނބޯ

      އާން ކަލޭމެން ކަހަލަ ގިނަ މީހުންނަށް އިނގޭނީ އަފްއާނިސްތާން އަދި ޕާކިސްތާން....ހޮހަޅައިން ނުނިކުމެ ތިބޭ މީހުންނަކަށް ނޭނގޭނެ ދުނިޔޭގެ އެއްވެސް ކަމެއް

      1
      10
    • 123

      މަައުލޫމާތުނުހޯދޭތީއާއި މައުލޫމާތުގެކޮށިކަމުން

      2
      5
  3. ހުސޭނުބޭ

    ވަރަށް ގިނަ މީހުން ދާ ތަނެއްތަ! މަ މިދަނީ ފޮއްޓަށް އެއްޗެތި އަޅަން. ކޮން ފެރީއެކޯ ތި ތަނަށް ދަނީ!

    9
    1
  4. ޣޖ

    މީ ހޮޅިވާހަކަ ދައްކާބާކިޔަ

    3
    1
  5. 123 އަށް

    ތިހީކުރީ ވިސާ ނުލާ އިންޑިޔާއަށް އައިސް ސިމް ކާރޑް ލިބޭ ކަމަށް ތަ ހުރިހާ ސިޓީ އެއްގައި؟ މިތާ ފްރީ ވިސާއޭ ދިވެހިންނަށް ކިޔައިން އިސްތިހާރު ކުރީމާ އައިސް ގަނަ ތެޅެން ޖެހެނީ ސިމެއް ނުލިބިގެން. ގަމާރު ވިޔަސް ބޮޑުވަރު. އިންޑިޔާ އަކުން ނޫޅޭ މޯލްޑިވްސް ފަރސްޓް ވެގެނެއް.

    3
    2
  6. ނަމަނަ

    މީދިވެހިން ވަށްގިނައިން ބޭސްފަރުވާއަށް ދާންޖެހޭ ޤައުމެއް.

  7. ތުން ތުން

    ތިމީސްމީހުން ބަންގާޅީންހެން ގައުމުގެ ހުސްތަން ފުރަން ނޫޅޭނެބާ؟! ޜާއްޖެ އަކީ ހަމައެއްލަމަ އެއް އޮންނަތަނެއްނޫން، ، ބަކަރި ކޮށްޓަށް ވަންނަ ބަކަރިޔާ އިތުރުވާ އެއްޗިސް، މަދުވާ އެއްޗިސްވެސް އެގޭ ތަނެއްނޫން، ،ކޮށީގެ ވެެރިމީހާ އަށްވެސްނޭގަެ ،އަސްލު އަދަދު، ހެހެހެ

  8. މުއިއްޒުގެ ފަހަރު

    ސޯޔާ ސޯސް ޓޮމާޓޯ އެން ފިސް ފިސް އަށް ނުދެވިގެންނެއް ނޫޅެމޭ ރައްޔިތުންނެއް. ރައްޔިތުން މިއުޅެނީ މި ކޯލިޝަނާއި ހެދި އަނގަޔާ އަތާ ދިމާނުވެގެން. މިފަހަރު ހަމަ ބޭނުމީ ބަދަލެއް. މިފަހަރު ހަމަ އެއްބުރުން މުއިއްޒު

    7
    1
  9. ރަން ރީނދޫ

    މެގަ ޕްރޮޖެކްޓެއް

    10
    1
  10. ާއިބޫ

    ނުލިބިގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެ މި ވިސާ

    10
    1
  11. Anonymous

    ކަލޯގަޔާ... ހަމަ އަސްލު؟؟؟ މީގެކުރިން އެހާއުނދަގުލުން ދެވެނީ.. މިހާރުވަރަށްފައްސޭހަވެއްޖެ.

  12. އެނގިއްޖެ.

    ތީތިމީހުންނަށް ދަތުރުފަތުކުރަން ނުވަތ އެމްޑީޕީ އެކްޓިވިސްޓުންނަށް ފަހިވާގޮތަށް ވިސާ އޭ ހަދއިގެން ކުރާކަމެއް. ތީ ދިވެހިރައްޔިތުން އާއްމުކޮށް ދަތުރުކުރާ ޤައުމުތަކެއްނޫން.