ޑެންމާކުގައި ކީރިތި ޤުރުއާން އެންދުން، ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޑެންމާކުގައި ކީރިތި ގުރުއާން އެންދީ އެގައުމުގައި ހުންނަ އިރާގު އެންބަސީ ކައިރީގައެވެ.

ޑޭންމާކުގައި ހުންނަ އިރާގު އެންބަސީ ކައިރީގައި ގުރުއާން އަންދާފައިވާއިރު، ސްވިޑަންގައި ގުރުއާން އެންދި މައްސަލައިގައި ރުޅި ގަދަވެ އިރާގުގެ ބަޔަކު ވަނީ އެ ގައުމުގައި ހުންނަ ސްވިޑަންގެ އެމްބަސީގައި ރޯކޮށްލާފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޑެންމާކުގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައި ކީރިތި ގުރުއާނުގައި ރޯކޮށްލި ހާދިސާ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި، އެފަދަ އަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް ހިންގޭނެ އަމަލެއް ނޫން ކަމަށެވެ.

އިސްލާމް ދީނާއި މެދު ދީނީ ނަފްރަތު އުފެދޭ މިފަދަ ބިރުވެރި އަމަލުތައް ކުށްވެރިކޮށް، ތަފާތުކުރުންތަކާއި ދެކޮޅަށް އެންމެން އެކުގައި ތެދުވެ، ސުލްހަވެރިކަމާއެކު އެކުގައި އުޅުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަދި މިކަން އެންމެން ގުޅިގެން ހައްލުކޮށް، އިސްލާމްދީނާ މެދު ދީނީ ނަފްރަތު އުފެދޭ މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަލާސްޓް

    ޤާބިލް ދިވެހި ފުލުހުން މެދުވެރިކޮށް ތަހްގީގްކޮށް ޤުރުއާން އެންދިކަން ސާބިތުވީމަތޯ ތިޔަ ކުއްވެރި ކުރެއްވީ، މުޅި ދުނިޔެއިންވެސް އެންމެ ފަހަތުގަ އުޅޭ ޤައުމަކަށްދޭ އެވޯޑް މިހާރު މަދީ.