ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އާއި އޭނާގެ އާއިލާ މަރާލާނެ ކަމުގެ އިންޒާރު މީހަކު ދީފިއެވެ.

އަލްހާންގެ "ކިންގްސް ފޮރެކްސް" އިން ހިންގި ސްކީމްގެ މައްސަލަ ފުލުހުން ބަލަން ފެށިކަން އިއުލާން ކުރިތާ އިރުކޮޅެއް ފަހުން އަލްހާން ވިދާޅުވީ ފުލުހުންގެ ބަޔާނާއި ގުޅިގެން އޭނާ އާއި އޭނާގެ އާއިލާ މަރާލާނެ ކަމުގެ އިންޒާރު ދޭން ފަށައިފި ކަމަށެވެ.

އަލްހާން ވަނީ މަރުގެ އިންޒާރުދީ މީހަކު ޓެލެގްރާމް އިން ކޮށްފައިވާ މެސެޖެއްގެ ސްކްރީން ޝޮޓްތަކެއް ވެސް އާއްމު ކޮށްފައެވެ.

ފުލުހުންގެ ވެބްސައިޓްގެ ލިންކެއް ފޮނުވުމަށް ފަހު އަލްހާނަށް އިންޒާރުދިން މީހާ ބުނީ "އަހަރެމެން އޮންނާނީ ދެމިލިއަން ރުފިޔާ ދީފައި." ކަމަށެވެ. އޭނާ އިތުރަށް ބުނީ "ނުލިބިއްޖެއްޔާ ކަރު ކަނޑާލާނަން." ކަމަށެވެ.

ޖޯންގެ ނަން ޖަހާފައިވާ އެކައުންޓުން ދިން އިންޒާރުގެ މެސެޖާއި ގުޅިގެން އަލްހާން ކުރި މެސެޖްގައި ވަނީ އިންވެސްޓް ކޮށްފައިވާ މީހުންގެ ލިސްޓްގައި އޭނާގެ ނަން ނެތް ކަމަށެވެ. އަދި އޭނޭގެ ފުރިހަމަ ނަމަކީ ކޮބައިތޯ އަލްހާން އަހާފައި ވެއެވެ. އެސުވާލަށް އޭނާ ޖަވާބު ދީފައެއް ނުވެއެވެ.

އަލްހާން ވިދާޅުވީ މަރުގެ އިންޒާރު ދިން މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީހުންގެ އަތުން ފައިސާ ނަގައިގެން ހިންގަމުން ގެންދާ ސްކީމާއި ގުޅޭ މައްސަލައެއް ބަލަމުންދާކަން ފުލުހުން މިރޭ ވަނީ ކަށަވަރު ކޮށްދީފައެވެ. ވަކި ކުންފުންޏެއްގެ ނަން ހާމަނުކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ތަހްގީގެއް ފަށައިފި ކަމަށެވެ.

އަލްހާންގެ ކުންފުނިން ހިންގަމުން ގެންދާ ސްކީމްގެ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އެއްވެސް ޖިނާއީ ކުށެއް ކޮށްފައި ނޯންނާނެ ކަމަށް އަލްހާން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މިނިވަންކަމުގެ ދިފާއުގައި ދިވެހީން

    މަގުމަތީގައި އުޅުނު ގުންޑާތަކެއް ގެރިމޯދީއާއި ގުޅިގެން މިރާއްޖޭގެ ވެރިކަން ފޭރިގަތްފަހުން ރާއްޖޭގެ ރައްޔިތުންމިވަނީ ބޮޑު ގިލަންވެރިކަމެއްގައި މިގިލަންވެރިކަމުން ސަލާމަވުމަށްޓަކައި އެންމެހާރައްޔަތުން އެކުވެރިކަމާއެކު އަތުގުޅާލުމަށް ތިއެންމެހާ ގައުމުދެކެލޯބިވާރައްޔިތުނަށް ވަރަށް އާދޭހާއެކުގޮވާލަން

    38
    1
  2. ހިތާމަ

    ޢާއިލާއެއްނަށްތާލުމާހަމައަށް ދިވެހިރާއްޖޭގެ ކަންކަންދިޔައީތޯ ކޮބާތޯ މިރާއްޖޭގެ ޤާނޫނީ ވެރިކަމެއް ކޮށްދޭން ވަޢުދުވެގެން ވެރިކަމާއިހަވާލުވި ބޮޑު ބިޔަ ކޯލިޝަން

    33
    1
  3. ޢަޙުމަދު

    ފައިސާނެގި މީހުނަށް ފައިސާކޮޅު ދޭންޖެހޭ ވަގުތު ކައިރިވާހެން ހީވާތީ ކޮންމެވެސް ބަހަނާއެއް މަތިކުރަނީބާ.؟

    28
    13
  4. Anonymous

    ފާތުމަތު ނަށާ ދިން އިންޒާރެއް. އަވަހަށް ތަންފީޒުކުރެގަ ދެން އެޔާގެ މައްޗަށް

  5. Anonymous

    ޜައްޔިތުން ހަނާވަނީ

    15
    1
  6. Anonymous

    ޜައްޔިތުން ހަނާވަނީ ..
    ޜައްޔިތުން ހަނާވަނީ .

    13
  7. ޖަވާދު

    މަތި ޖަހަން ހަދާލި ވާހަކަ އެއް ދޯ؟

    13
    2
  8. ޓްރޭޑަރ

    ޓްރޭޑް ކުރުމަކީ ކޮބާކަން ނޭންގޭ މީހުން މިތާ ކޮމެންޓް ނުކޮށްބަ. އަލްހާނަކީ މޮޅު ޓްރޭޑަރ އެއް.

    17
    13
  9. ނިޒާމު

    ކޮންކަރެއްކެނޑޭނީ އެއީ އެއްބަޔަކައްކުރެވޭ ކަމެއްތަ ނިކަންކުޅެލަބަލަ ތިޔަމާކަންތައް ބޮޑުވަނީ ކޮންކަރެއް މޯގެތެރެއައް މިވަންނަނީ...

    10
  10. ކެނޑިޔަސް ނުހުޓުވޭނެ

    ގަވައިދާ ހިލާފަށް ރާއްޖެ އެތެރެވެގެން ބޮޑެތި ޖަރީމާ ބިދޭސީން ހިންގާއިރު ނުހުއްޓުވޭ ބިދޭސީން އިންވެސްޓްކޮށްގެން ކަންމަތީ ފިހާރަތައް ދިވެހިން ނަންމަތީ ހިންގާ އެތައް ފައިސާއެއް ގައުމުން ބޭރުކުރާއިރު އެކަން ނުހުއްޓުވޭ. ދިވެއްސަކު ފައިދާވާ ކަމެއް ކުރަން ފަށީމަ ފެންނަނީ ސަރުކާރު ބަރޯސާވާ މަހުޖަނުން ހަމަ ނިދި ނުލިބެނީދޯ އިތުރު މީހާކު މުއްސަނދިވެ އެ މަހުޖަނުން ކައިރި ސަލާންޖަހަން ދިޔުން ހުއްޓިދާނެތީ.

    29
    1
    • ޢަބްދުއްލަޠީފު

      ބޮއްޅަބޭގެ ސިޔާސީ ވާދަވެރިޔާ ވީމަ އަލްޙާނައް ދިމާވެގެން އުޅޭ ބަލާވެރިކަމެއްތީ. ފޮރެކްސް ޓްރޭޑިންގ އަކީ އޮންލައިން ހިއްސާ ބާޒާރު. އެތާގަ އިންވެސްޓް ކޮއްގެން ފައިދާ ނެރެވޭނީ ބައިނަރީ މެތްސް އެގޭ ކަމުގެ މާހިރުންނައް. ތަންދޮރު ނޭގޭ ޖާހިލުންނަކައް ކްރިޕްޓޯ ކަރަންސީ އާ ފޮރެކްސް ޓްރޭޑިންއާ މިހިރަ މިހިރަ ޒަމާނީ ވިޔަފާރި އެއް ނޭގޭނެ. ކޮންތަހުގީގެއް ހިންގޭނީ؟ ދޮންވެލި ވިއްކައިގެން ހޯދާ ޑޮލަރު އަހަރުމެންނައް ކަޅުބާޒާރު ރޭޓއް ވިއްކަނީ ކީއްވެކަން ތަހުގީގު ކުރަންވީނު. އަލްހާނު ފަހަތުން ނެއްޓެން ނޭގިގެން ތިޖޫރީ ބޭންކު ތެޅިފޮޅެނީ ކޮންސަބަބަކާހުރެބާ؟

  11. Anonymous

    ކަލެޔަކީ މަކަރުވެރި ހިޔަޅެއް

  12. އޭނަ

    ފާތުމަތު ނަށާ އަށާ ރައީސް ނަށީދަށް ސަލާން

  13. ބަރު ގުއި

    ތިއުޅެނީ ކޭލާރިގަޑުގެ ވާހަކަ އޮއްބާލަންބާ؟

  14. ޕޮގުބާ

    ކާކު ތިކަމާ ވިސްނަނީ