ނިޔާވެފައި އޮތް އަންހެނަކު މާލެ އަތޮޅު ގާފަރު ގެސްޓްހައުސްއަކުން ފެނިއްޖެއެވެ.

އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށަށް ދިޔަ ދިވެހި އަންހެނަކު ގެސްޓްހައުސްއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އޭނާގެ ކަރަށް ވަޅިއަކުން ދިން ޒަހަމެއް ފެންނަން ހުރި ކަމަށާއި ނަމަވެސް އެއީ އޭނާ އަމިއްލައަށް ދިން ޒަހަމެއްކަން ނުވަތަ އެހެން މީހަކު ދިން ޒަހަމެއް ކަން ކަށަވަރު ނުވާކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ފުލުހުން ވިދާޅުވީ ގާފަރު ގެސްޓްހައުސްއެއްގައި އަންހެނަކު ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އިތުރު މައުލޫމާތު ލިބެމުންދާ މިންވަރަކުން ހާމަކުރާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައި އޮއްވާ ފެނުނު އަންހެނަކީ 28 އަހަރުގެ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ގާފަރަށް ދިޔައީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް ވެސް ގާފަރުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ. ނަމަވެސް މިކަން ރަސްމީ ފަރާތަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢާދަނުބެ

    ޙާދަ ވަޅިޔާ ދޯޅަ ދުވަސް ކޮޅެކޭދޯ ރައީތުން ކޮށާ ކުދި ކުރިޔަސް މި ގައުމުގަ ވެރިޔަކަށް އަދި ސިޔާސީ ބޭފުޅަކަށް އެމަންޒަރު ނުފެނަނާނެ ކުށްވެރިންނަށް މިގައުމުގަ ހައްގު އަދަބެތްނެތް

    89
    3
  2. ކޮއްޔާ

    ނަންވާނީ އެކަމަކު ކުރީގެ.ވެރިކަން // ،،،

    43
    2
    • ލޮލްލޮލް

      ކުރީގެ ވެރިން ތިބެގެން ހާވާ ހަޑި އަދިވެސް..

      1
      7
  3. ޖިންނި

    ޕޮލިހުން " ސީން " ގަ ތާށިވެފަ ސާބަަސް

    41
  4. ސަދީއު

    * إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
    * اَللَّهُمَّ اغْفِرْ لَهَا وَارْحَمْهَا
    * اَللَّهُمَّ ثَبِّتْهَا عِنْدَ السُّؤَالِ فِي الْقَبْرِ وَيَوْمِ الْقِيَامَةِ
    * آمِينْ
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!
    އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمین ياربّ العالمين

    9
    1
  5. ޖީމުޙާ

    ކޮންސީނެއް؟ ކުޑަސީނުތަ، ބޮޑުސީނުތަ؟ ނޫނީ ސީނުކަރަތަ؟

    2
    1
  6. ދާހިލީ

    ވެރިޔަކަށް ކާކު ހުރެގެންބާ ވައްކަންކުރުމާ މީހުންމެރުމާ މަސްތުވުމާ މަގުފޭރުން ހުއްޓޭނީ ؟