މާލެ ސަރަހައްދުގައި މި ސަރުކާރުން ކުރިއަށް ގެންދާ ފްލެޓްތަކުގެ މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރާ ތާރީޚަކީ 2024 އަދި 2025 ވަނަ އަހަރު ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ހުޅުމާލޭގައި ފަށާފައިވާ 5000 ހައުސިން ޔުނިޓްއާއި ފަށަން ރާވާފައިވާ 2000 ހައުސިން ޔުނިޓްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ޚިއްސާ ކޮށްދެއްވުމަށް އެދިވަޑައިގެން ސުވާލު ހުށަހަޅުއްވައިފައެވެ.

އެ ސުވާލަށް ލިޔުމުން މިނިސްޓަރު އަސްލަމް ފޮނުއްވި ޖަވާބުގައިވާ ގޮތުން އެޕޯލޯ ހޯލްޑިންސްއަށް 1،042 ހައުސިން ޔުނިޓް، ޖޭއެމްސީ ޕްރޮޖެކްޓް އިންޑިއާއަށް 2000 ހައުސިން ޔުނިޓް، އަދި އެންބީސީސީ އިންޑިއާއަށް 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލު ކޮށްފައިވެއެވެ.

އޭގެ ތެރެއިން ޖޭއެމްސީ ޕްރޮޖެކްޓް އިންޑިއާއަށް ހަވާލުކޮށްފައިވާ ހައުސިން ޔުނިޓްތައް އެޅުމަށް ސައިޓް ދައްކާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ސައިޓަށް މޯބަލައިޒް ވެފައިވާއިރު މުޅި މި މަޝްރޫއު ނިމޭނެ ކަމަށް ބެލެވެނީ ޖެނުއަރީ 2025 ގައެވެ.

އެމްސީސީ އިންޑިއާއަށް ހަވާލުވެފައިވާ 2000 ހައުސިން ޔުނިޓްގެ މަސައްކަތަށް ސައިޓް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. އެ މުޅި މަޝްރޫއު ނިންމޭނެ ކަމަށް ހައުސިން މިނިސްޓްރީން ލަފާ ކުރަނީ ޖުލައި 2024 ގައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 5،000 ގޯތީގެ މަސައްކަތުގެ ތަފްސީލް ވެސް މިނިސްޓަރު އަސްލަމް ފޮނުއްވި ޖަވާބުގައި ވަނީ ހިމަނައިފައެވެ.

އެ ގޮތުން ހުޅުމާލޭން ދޫކުރަން ނިންމާފައިވާ 1000 ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައި ޗާޓު ވަނީ އެކުލަވާލާފައެވެ. ގޯތި ދޭނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް އަދި ނުނިމެއެވެ. އެ މަސައްކަތް ނިމުމުން ގޯއްޗަށް ކުރިމަތިލާން ހުޅުވާލާނެއެވެ. މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި އަހަރުގެ ޖޫން މަހަށެވެ.

ގުޅީފަޅުން ދޫކުރަން ނިންމާފައިވާ 2،000 ގޯތީގެ ބޭނުމަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި، އެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ލޯން އެގްރިމެންޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ހިނގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގިރާވަރު ފަޅުން 2،000 ގޯތި ދޫކުރުމަށް ޓަކައި ބިން ހިއްކުމަށް ކުރަން ޖެހޭ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ކަމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށް ހިނގަމުންދާ ކަމަށް މިނިސްޓަރު ފޮނުވި ޖަވާބުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޢަލީ

    މީ ސުލޯ ބައެއް، ތިޔަވަރަކުން ވެރިކަމެއް ނުކުރެވޭނެ! ތިޔަކަން ހުއްޓާލާފަ ދަޑިބުރިންތެޅީޔާ މާތޯހިރުވާނެ

    59
    • އަލިފުތު

      މިމީހުނަށް ހީވަނީ ރައްޔިތުން މީ ގަމާރުންކަމަށް މަށަކީ ފުލެޓްތަަށް އަޅާ ކުންފުންޏެއްގެ ސުޕަވައިޒަރެއް ތީކީ ހައުސިން މަސްރޫއަކީ ސޯސަލް ހައުސިން އެއްނޫން ތިތަންތަނަކީ ކުންފުނިތަކުން އަގުބޮޑުކޮށް ހަދާ ވިއްކާ ފުލެޓްތަކެއް އެންމެ އަގުހެޔޮ ފުލެޓްތަކުގެ މަހުކުލި 17000ރ އަދި ކޮންމެ މަހަކު +1500ރ މެއިންޓަނސް އަށް ދައްކަންޖެހޭ ގޮތަށް ހަދާ ތަންތަން ނިކަމެތި ރައްޔިތަކަށް ތިތަނުން ލިބޭނެ ފުލެޓެއް ނޯންނާނެ އިންތިހާބެއް ބޯބަތިވާ އިރަށް ރައްޔިތުން މޮޔަހަށްދަން ޑުރާމާ ކުޅެލަނީ ހިޔާ ފުލެޓް ގޮތަށް ރައްޔިތުން ނަށް ދޫކުރާނެ ތަންތަނެއްނޫން ބޮޑު އަގުދީފަ ގަންނަން ޖެހެހޭނީ މީވަރަށް ވާހަކަ ރައްޔިތުން ގުބޯހައްދަނީ ހޭވެރިކަން ވާންވީނުން

      35
      3
  2. ހުސެން

    ކަލޭމެންނަކަށް ނުވާނެ! 2023 ހަދާންނަށްތާލާ! އަހަރެމެން ވޯޓުދޭނީ ދައުރު ނިމުމުގެ ކުރިން ވައުދު ފުއްދާދެވޭ ބަޔަކަށް! ރައްޔިތުންގެ އުއްމީދުތައް ވަރަށް މަތީގަ އުޅެނީ، ތިހާ ސުލޯވެގެން މިޒަމާނަކަށް ފިޓެއްނުވޭ!ބޯހިޔާވަހިކަށް އިތުރަށް އިންތިޒާރު ކުރެވޭކަށްނެތް! ކަލޭމެނަށް ރައްޔިތުންނަށް ކޮށްދެވޭނެކަމެއްނެތް! ދެން އަޅާނުލާ، އެބަޔަކަށް ވާވަރުގެ ކަންކަމާ އުޅުނިއްޔާ މާ ރަނގަޅުވާނެ

    64
  3. ބަބު

    ކޮބާ ބިންގާ. މިމީހުންގެ ޕްލޭނައަކީ ވެރިކަން ނިމިހެންދަައިރު މިމީހުންގެ ގާތް ތިމާގެ މީހުންނަށާ ރައްޓެހިންނަށް ނުވާވަރުގެ ބޮޑެތި ޕްރޮޖެކްޓްތަށް ހަވާލުކޮށް ފަސް އަހަރު ނިމިގެން ދާއިރު އެމަސައްކަތް ނުކޮށް ވެރިކަން ބަދަލު ވުމުން ކޯޓުން ބޮޑު ބަދަލެއް ހޯދުން. މިއީ ރާވައިގެން ރައްޔިތުންގެ ލާރިން ވައްކަން ކުރަން ހިނގާ ބޮޑު އޮޅުވާލުމެއް.

    31
  4. ރެޓޭ

    2030 އަށްވެސް ނުނިމޭނެ!

    29
  5. ކަސްލަންޓެ

    އެޕޯލޯއަށް ދީފަވަނީ އެމީހުން އަމިއްލަޔަށް ބޮޑު އަގުގަ މުއްސަދިންނަށް ވިއްކާގޮތަށް އެޔަކީ ސަރުކާރުގެ ހައުސިން ޕްރޮޖެކްޓެއްނޫން. ދޮގުހެދުމާ އޮޅުވާލުންވެސް ތިހުރީ ހައްދުން ނައްޓާފަ

    32
  6. 777

    ހުސްވަގުން

    28
  7. ބިޒް

    ނުވާނެ

    26
  8. ެަހުމްދު

    އަސްލަމުމެން ކަހަލަ ބޮޑެތިގުންޑާއިނައްވާ ކަންތައްތައް ހުރޭތަ! ކަލޯ ދެންވަޑާއިންގަންނަވާ ފަރެސްމާތޮޑާއައް، އެރަށުގެ އަޅާ އެއަރޕޯޓް ވީތަނެއްވެސް ނޭގޭދޯ،ހަހަހަހަ.

    27
    2
  9. އާނާ

    ދައުރު ނިމިގެންދާއިރުވެސް އޮއްޓަރުހުރި ހަމަ އެއްމެކަމެއްވެސް ނުކުރެވުނު.

    30
  10. Anonymous

    އަސްލަމު ކަލޭހީނުކުރާތި ކަލޭހާ އެހެންމީހުން ގަމާރުވާނެ ކަމައް ކަލެއާހިންނަވަރު އިބުރާޔާދެމީހުންނައް އެޅޭނީ ކުކުޅުބައިންދާގޭ

    27
    1
  11. ޙަބަރުދަރު

    ވެރިކަމުން ފައިބާ ހަމަ މިހާރު. ކަލޭމެނަށް އެއްކަމެއްވެސް ނުވާނެ.

  12. މާމީ

    އަސްލަމް ކަލޭ ރައްޔިތުން ބޯނުހައްދަނީ އިންޑިއާ އައްވިއްކާލިތަން ތަނުގަފުލެޓުހަދާފަކަ އެމީހުން ދޭނީ ބޮޑުއަގުގަ ކުއްޔައް ކަލޭމެން ވާންޗޯވެފަ ތިބެގެން ތިމަންނަމެން ފުލެޓު އެބައަޅަމޭ ބުނީމަ ގަބޫލު ކުރާނީ ރީނދޫ ހުންޖެހިފަ ތިބިބަޔަކު.

  13. Anonymous

    މިހާރު ބިން ހިއްކަން ނުޖެހޭނެ ކަނޑުން ގޯތިދެނީ

    10
    • ޝަމީލް

      ކަންޑުގަ ގޯތި ދެވޭ ގާނޫނެއް ރާއްޖެއަކު ނެތް. އުޅެނީ ކަނދުފަތިތަކެއް ބޮލުގަ އަޅުވަން. ކުރަހާހައި ޚިޔާލީ ޕުރޮޖެކްޓުތަކަކީ އަދި މުޅިން ފީސިބަލް އެއްޗެއްސެއްނޫން. މި ސަރުކާރަކީ ޕުލޭނިންގެ އަލިފު ބާ ވެސް ދަންނަ އަދި ޕުލޭނިންގެ ޕުރިންސިޕަލްސް އަދި ސުޓުރެޓެޖީ ދަންނަ ބަޔެއްނޫން. ފީސިބިލިޓީ ހަދަންވެސް އަދި އެ އިވެލުއޭޓު ކުރަންވެސް ދަންނަ ބަޔެއްނޫން. އަބަދުވެސް 2 ތިން މީހަކު ސިޔާސީ ބޭކާރު ވާހަކައެއްގައި ކޮފީ މޭޒުމަތީ ހަމަ ތިބެލާފަ ޕުރޮޖެކްޓު ރާވާލައިގެން ނޫހައްދޭން ނިންމަނީ. ހަގީގަތަކީ އެއްވެސް ހަރުދަނާގަވާރނަންސެއް ކޮމްޕީޓެންސީއެއް ނެތް ހުސް ބޯތަކެއްކަން މިއުޅެނީ ވެރިކަމުގައި. ހުރިހާކަމެއްވެސް އަނގައިންނާއި މީޑިޔާއިން ޕުރޮމޯޓުކޮއް ފެކު ދަޅަތަކުގެ ފަހަތުގައި ތިބެގެން ވެރިކަމުގަ ތިބެވޭތޯ މި ބަލަނީ. ވެރިކަމުގެ އަޖަލަ ގާތްވަމުން އަންނަވަރަކަށް މިދަނީ ރައްޔިތުން މި ސަރުކާރުގެ ޕާރފޯމަންސާއި މެދު ފުންކޮށް ވިސްނަމުން އަދި ޔާމީން ސަރުކާރުގެ ދައުރާއި އަޅުވަކިޔަމުން. ވަރައް ބޮޑައް ފެއިލް ވާތަން ހާމަވަނީ. ހިޔާ ފުލެޓްތަކަށް ގެނައި ޑިލޭއާއި އެ މަޝްރޫ ހަލާކުކޮއްލަން ރައްޔިތުންގެ ހައްުގައި އިޚްލާސްތެރިވާން ޖެހޭބަޔަކު އަމަލު ކުރީ ވަރަށް ވިޔާނުދާކޮށް. މިކަން އަަހަރެމެން ހަނދާން ނައްތާނުލާނަން. އަދި ހިޔާ ފުލެޓާއި ދޭތެރޭ ސަރުކާރުގެ ބަޔެއް މިނިސްޓަރުންނާއި ޕާޓީ މީހުން ފާޅުގައި ރައްޔިތުންނައް މަލާމާތާއި ޖެއްސުމުގެ ރާގައް ދެއްކި ވާހަކަތަކެއްވެސް ހަނދާނެއް ނައްތާނުލާނަން.

  14. ޝަަ

    ކޮބާ ބިންގާ. މިމީހުންގެ ޕްލޭނައަކީ ވެރިކަން ނިމިހެންދަައިރު މިމީހުންގެ ގާތް ތިމާގެ މީހުންނަށާ ރައްޓެހިންނަށް ނުވާވަރުގެ ބޮޑެތި ޕްރޮޖެކްޓްތަށް ހަވާލުކޮށް ފަސް އަހަރު ނިމިގެން ދާއިރު އެމަސައްކަތް ނުކޮށް ވެރިކަން ބަދަލު ވުމުން ކޯޓުން ބޮޑު ބަދަލެއް ހޯދުން. މިއީ ރާވައިގެން ރައްޔިތުންގެ ލާރިން ވައްކަން ކުރަން ހިނގާ ބޮޑު އޮޅުވާލުމެއް.

  15. ބަބޫ

    އަމިއްލަ ރަށުގަ އަޅާމުންދާ އެއާޕޯޓު ނިންމާލެވޭތޯބަލާބަލަ. އެކަމަށްވެސް ދޮގު. ތިވަރު މީހަކަށް އިތުބާރުކުރާނެ ބަޔަކު ނެތް. އަމިއްލަ ރަށަށް ދޯކާދޭ މީހަކު ދެން ގައުމަކަށް ކޮންކަމެއްތަ ކޮށްދެވޭނީ