އެމްޑީޕީ ހަރާބުކުރަން އެ ޕާޓީގެ އާންމު މެންބަރުން ފުރުސަތު ނުދެއްވާނެ ކަމަށާއި މިއީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ކުޑަކޮށް ވެސް ބެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވާ ޓުވީޓާގައި އަލީ ޒާހިރުގެ ރަސްމީ ވެރިފައިޑް އެކައުންޓުން ދެއްވި ރައްދެއްގައި ވަރަށް ހުތުރު ބަހުން މުއާމަލާތް ކުރެއްވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.

މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑިރެކްޓާގެ މަގާމުގައި ހުންނެވި ޝަމްއޫން ޖަލީލް (ލޫކަސް) މިއަދު ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ރައްދުދެއްވިއެވެ. އަދި ނުވެގެން އުޅެނީ ކޮންކަމެއްތޯ އާއި ވަޒީރުކަމުގައި ފައްޔާޒު ހުންނެވީ އެމްޑީޕީގެ ލީޑާޝިޕުން މަސައްކަތްތަކެއްކޮށްގެން އިންތިޚާބުތަކެއް ކާމިޔާބުކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވާ މިއަދު ހެނދުނު އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓުގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ވެރިކަމަށް އައީ ރައީސް ނަޝީދު އެކަނި ކުރެއްވި މަސައްކަތުން ނޫން ކަމަށެވެ.

"ކަލޯ ހިތުން ޔޫކޭގައި ގޮނޑި ދުއްވަން އިން މީހަކު ކުރި މަސައްކަތުން އެކަނި ކަމަށްތަ އެމްޑީޕީ މިއަދު މިހިސާބަށް އައީ؟" އެ ޓުވީޓުގައި ލިޔެފައިވެއެވެ.

އޭގައި ލިޔެފައި އޮތީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ކެތްގަދަ ކަމަށެވެ.

މިކަމާ ގުޅިގެން "ވަގުތު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ އެ ޓުވީޓު އޭނާގެ ރަސްމީ ވެރިފައިޑް އައިޑީ ކުރެއްވިކަން އޭނާއަށް ވެސް އެނގިވަޑައިގަތީ މާ ފަހުން ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

"އެ މައްސަލަ މިހާރު އަޅުގަނޑު ފުލުހުންނާ ވެސް ވާހަކަދައްކައިގެން، އަޅުގަނޑުގެ ޕާސްވޯޑުވެސް ބަދަލުކޮށްފައިވާނީ. އަދި އެ ނޫން ޓުވީޓުތަކެއް ވެސް ކޮށްފައިވާ ކަމަށް ވަނީ. ހަމަ ކޮށްފައި ޑިލީޓު ކޮށްފައި" އަލީ ޒާހިރު ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި އަލީ ޒާހިރާ ކުޑަވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

"އެމްޑީޕީ މެންބަރުންގެ ބުރަ މަސައްކަތުން ގެނައި ސަރުކާރުގެ ތިޔަވަރު މަގާމެއްގައި އިންނެވުނެއް ކަމަކު، މި ޕާޓީ ހަރާބުކުރާކަށް މިޕާޓީ މެމްބަރުން ފުރުސަތެއް ނުދޭނެ. ފަހަތަށް ޖެހިވަޑައިން މިޕާޓީއަށް މިކަން ދޫކޮށްލައްވާ." އީވާ ވިދާޅުވިއެވެ.

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ގުޅިގެން އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އަދި ރައީސް ނަޝީދަށް ވަފާތެރި ފަރާތްތަކާއި ދެމެދުގައި ވަނީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުސޭނުބޭ

    ތެދެއް އެއީ. އެމްޑީޕީއަކީ އެކޮއި އާއިލާގެ ތަރިކަ މުދަލެއް.

    59
    3
    • ޒައިކް

      މި އީވާ މި ވަރަށް ފެންމައްޗަށް އަރައިގެން އުޅޭ ޖައްބާރެއް… ހުދު މުހުތާރުކަން ހުންނަ ވަރަކީ ގަލޮޅު އުތުރު ގޮނޑިވެސް ބައްކޮށްގެން މީނާގެ ތަރިކަ މުދަލަކަށް ހަދައިގެން އުޅެނީ، ކޮބާ ދާއިރާގެ ޒުވާނުންގެ ހައްޤު

      8
      1
  2. އަޙްމަދު

    ޤާނޫނު އަސާސީއަށް ފައިން އެރިގޮތަށް އެމްޑީފީއަށް ވެސް ފައިން އަރައިގެން އުޅެނީ! މިފަހަރު ފައިދަށުނެ އެމްޑީޕީ ދެމިގަންނާނެ! ނިކަން ބަލަން ތިބެމާ...

    28
  3. ހުވަދޫ އަލިބެއްޔާ

    އީވާ، އަންނި، އިންތި، ޙަސަން ލަތީފް މި މީހުން އެމް.ޑީ.ޕީ ތެރެއިން ދުރަށް ލާންވީ.. ބޭކާރު ބޮލުން ތަކެއް..

    51
    2
  4. އައިނާ

    ހިކިހިތްވަރު އެރުވި ޒަމާން އެއީ މާޒީ. އެމްޑީޕީ ތެދުވީ އާއިލީ ވެރިކަމާ ދެކޮޅަށް. ނަޝީދު ކަންކުރީ އެމްޑީޕީގެ ގަބޫލުކުރުންތަކާ ދިމާ އިދިކޮޅަށް. އާއިލީ ވެރިކަމާއި ޚުދުމުޚުތާރު ވެރިކަން އިއާދަކުރަން. ފެއިލްވީމާ ފަހަތައް ޖެހެން އެހެން މީހުނަށް ނުގޮވާ. ކަލެއަކަށް އަދި ނަޝީދަކަށް ވެސް ރައްޔިތުންގެ ތާއީދެއް ނެތް. ހަޖަމް ކޮށްލާ!

    48
    1
  5. Anonymous

    އިރާދަކުރެއްވިއްޔާ ތި އެމްޑީޕީ ހަލާކުވެގެންދާނީ، ތި އީވާ ކުރާ ކަންތަކުން. ތިއީ އެއްވެސް ހެޔޮ ވިސްނުމެއް ހުރި ބަޔެއް ނޫން. ލާދީނީ ވެގެން ގޮސް ތިމީހުން ތިތިބީ ހައްދުފަހަނަޅާފައި.

    51
    1
  6. ހަސަން

    ކެނެރީގޭ ތަރިކަ މުދާގަނޑެއްތަ އެމްޑީޕީ އަކީ؟

    48
    1
  7. ދަރަނި ދަންތުރަ

    ކެނެރީ އާއިލާ ބޭރުކޮންގެން ތިޔަޕާޓީ ރަނގަޅުވާނީ ނަސީދަކީ ދިވެހިންގެ ހަލާކު

    56
    2
  8. ރީތި މޫސަ

    އެމްޑީޕީ މުށުތެރެއަށް ލައިގެން ދެނެއްނޫޅެވޭނެ މިހާރު ތިދަނީ ވަރަށްގާތުން އެކަންފެންނަމުން ކިތަންމެރުޅިއަޔަސް ކަންއޮތީ މިގޮތައް

  9. ޚަލީލު

    އަންހެނުން ޢައުރަ ނިވާކުރުމާ ގުޅޭ ވާހަކައެއް ޑރ. އިޔާޒް ބުނީމާ، ތިޔަ އީވާ ބުނީ، އެއީ މުޑުދާރު ވާހަކައެއް ކަމަށް.

  10. އެންމެ ފަހުން އެނގުނީ

    އެއީ އ. ޒާހިރުު އާއި ގުޅުމެއް ނެތްކަން.

  11. ބިންގޯ

    ތިޔަދައްކަނީ މުޑުދާރުވާހަކަ

  12. ނާދިރާ

    ޕާޓީ އެތެރޭގެ އިންތިހާބެއްވިއްޔާ ޕާޓީ ތެރޭގަ ތަޅާފޮޅާ މާރާމާރީ ހިންގާ ހިތުހުރި އެއްޗެއް ގޮވާނީ. މާލެއާ ރަށްރަށު މަގުތަކުގަޔާ ރައްޔިތުން މަޖްލިސް ހިސޯރުކޮށްގެން އެތަން މޑޕ ގެ ލާދީނީ ޝައިތާނީ ޖަގަހަޔަކަށް ހަދަންޏާ ރައްޔިތުން ވެސް އެކަމާ ހަމަ ބެހެންވާނެ. އަލިއްޕެ އެ ބުނީ ބުންންވީ ގޮތަށް ވުރެވެސް މާރީތިކޮށް.

  13. ބާބޫ

    އެމް.ޑީ.ޕީ އަކީ އީވާ އަމާބަފާ ގެ ތަރިކަ މުދަލެއްނޫން، އަދި ކިއެއްތަ، ކެރަފާ އަބޫނަޝީދުއްލަހަބު ގެ އަމިއްލަ މުދާގަނޑެއްްނޫން. މިފަހަރު ޕާޓީ ފިރުކާލައި އިބޫ ޞޯލިހަށް ވެދުމަށް އަރުވާނަން.