އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ އައްޑޫގެ ޕޮލިސް އެކަޑަމީ ނުވަތަ "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓް (އެންސިޕޯލް)" އަންނަ އަންނަ އާދިއްތަ ދުވަހު ހުޅުވާ އިރު، އެ ތަން ހުޅުވުމުގެ ތައްޔާރީތައް ކުރިއަށްދާން ފަށައިފިއެވެ.

ޕޮލިސް އެކަޑަމީގައި ހިމެނޭ ބައެއް ތަންތަނުގެ ފޮޓޯތައް "ވަގުތަށް" ވަނީ ލިބިފައެވެ.

އައްޑޫ ޕޮލިސް އެކަޑަމީ.

އެތަނުން އެއް ފޮޓޯގައި ބައްދަލުވުންތައް ބޭއްވުމަށް "މީޓިން ރޫމެއް" ފެންނަ އިރު، އެއީ ގާތްގަނޑަކަށް 25 މީހުންގެ ޖާގައިގެ ތަނެކެވެ. އަނެއް ފޮޓޯގައި ކިޔަވައި ދިނުމަށް ހާއްސަކޮށްގެން ހަދާފައިވާ ކްލާހެއް ވެސް ފެންނަ އިރު، އެއީ 40 ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކްލާސް ރޫމެކެވެ.

އައްޑޫ ޕޮލިސް އެކަޑަމީ.

ތިން ވަނަ ފޮޓޯއަކަށް ފެންނަނީ ކޮންފަރެންސް ހޯލެއް ފާޑުގެ ތަނެކެވެ. އެ ތަނުގައި 300 އާ ގާތް ކުރާ ނުވަތަ އެއަށް ވުރެ ގިނަ އަދަދެއްގެ މީހުންނަށް ތިބެވޭނެ ކަމަށް ބެލެވެއެވެ.

އައްޑޫ ޕޮލިސް އެކަޑަމީ.

މީގެއިތުރުން އެ ތަނުގެ އެހެނިހެން އިމާރާތްތަކުގެ ބޭރުން ނަގާފައިވާ ފޮޓޯތައް ވެސް ވަނީ ލިބިފައެވެ.

އައްޑޫ ޕޮލިސް އެކަޑަމީ.

ޕޮލިސް އެކަޑަމީގައި ގާއިމުކޮށްފައިވާ ތަންތަނުގެ ތެރޭގައި ފުލުހުންނާއި ގާނޫނު ތަންފީޒު ކުރާ އެކި އިދާރާތަކުގެ އޮފިޝަލުން ތަމްރީން ކުރާނެ ކްލާސް ރޫމްތަކާއި އޮޑިޓޯރިއަމްތަކާއި ފެކަލްޓީތައް ހުރެއެވެ.

އައްޑޫ ޕޮލިސް އެކަޑަމީ.

އަދި ކެޑޭޓުން އުޅެވޭ ގޮތަށް ރެޒިޑެންޝަލް ކޮޓަރިތަކާއި، ފުލުހުންގެ އިސް އޮފިސަރުންނާއި ލެކްޗަރާއިން ތިބެވޭނެ ރެޒިޑެންޝަލް އެޕާޓްމަންޓްތައް ގާއިމުކޮށްފައިވެއެވެ. ފުޓުބޯޅަ އާއި ބާސްކެޓް ބޯޅަ އާއި ޓެނިސްގެ އިތުރުން ސްވިމިން ޓްރެކެއް ވެސް ހިމެނެއެވެ.

އައްޑޫ ޕޮލިސް އެކަޑަމީ.

މީގެއިތުރުން ބަޑީގެ ތަމްރީންތައް ދިނުމަށް ހާއްސަ ސަރަހައްދަކާއި ފިހާރަތަކާއި ސައި ހޮޓާތަކާއި ބޭންކިންގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ދެވޭނެ ވަސީލަތްތަކާއި އިމާރާތްތައް އަޅާފައިވެއެވެ.

އައްޑޫ ޕޮލިސް އެކަޑަމީ.

މިތަނުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.

ޕޮލިސް އެކަޑަމީއެއް އިމާރާތް ކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގައެވެ. އަދި ޕޮލިސް އެކަޑަމީއެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސެޕްޓެމްބަރު 26، 2012 ގައެވެ.

އައްޑޫ ޕޮލިސް އެކަޑަމީ.

އެންމެ ފުރަތަމަ ދިވެހި ސަރުކާރުން އެދިފައިވާ ގޮތަށް އެ މަރުކަޒު އަޅަން ނިންމީ ޅ. ދިއްފުށިމާދޫގައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

އައްޑޫ ޕޮލިސް އެކަޑަމީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިން ފަހަރެއްގެ މަތިން އެ މަރުކަޒު އަޅާނެ ތަން ބަދަލު ކުރިއެވެ. ޖުލައި 2013 ގައި ޅ. ދިއްފުށިމާދޫގެ ބަދަލުގައި އެ އަތޮޅު މާބިންހުރާގައި އެ އެކަޑަމީ އެޅުމަށް މަޝްވަރާ ކުރެވުނެވެ. ދ. ވާނީގައި އެޅުމަށް ވެސް އޭރުގެ ސަރުކާރުގައި މަޝްވަރާ ކުރެވުނެވެ. އެންމެ ފަހުން އައްޑޫގައި އަޅާ ގޮތަށް އެއްބަސްވުމަކަށް އައިސްފައިވަނީ ފެބްރުއަރީ 2014 ގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ނަންނުގަތި

    ދުވަސްކޮޅަކުން ތި ހުރިހާ އެއްޗެއް މާލެގެންދާނެ...

    42
    2
  2. ސަލާމް

    އިންޑިއާ ސިފައިންގެ ޖަގަހަ ތައްޔާރުވެ ނިމުނީ

    41
    3
    • ޒިއަޖް

      ކިތައް ސިފައިން ތިބިބާ އެތާނގަ؟؟

      7
      1
  3. ޭއަހުމަދު

    .ފުރަތަމަ ތަސްވީރުންވެސް އެފެންނަނީ އިންޑިޔާގެ ދިދާގެ ކުލަތައް

    29
    2
    • Anonymous

      ވަރެއްވެފަ ތިހިރީ. އާރޖެންޓީނާގެ ދިދައެއްނޫންތަ! ބޯހަލާކު

      4
      7
  4. ޛުލްފިޤާރު

    ބޮލަށް ދަބަރު ފައިބަން ފެށީމާ ހޭއަރާނީ. ދިވެހިސަރުކާރުން ތިން މަސް ފަހުން އިއުލާނުކުރާނެ ދަބަރު ކަހައި ސާފުކޮށް ދަވާދު ލާދޭނެ ބަޔަކު ހޯދުމަށް. އެއަށްފަހު ދަވާދާއި ފިހިގަނޑު ހިފައިގެން ސައްވީސް ގަޑިއިރު ދަވާދުލައި ލައި ތިބޭތަން ފެންނާނެ އެސަރަހައްދުން ދުއްވާފައި ދާ މީހުންނަށް ތަޖޫ ސައްވީސް ގަޑިއިރު ބިސްގަނޑު އަޅާލަ އަޅާލަހުރިގޮތަށް.

    16
  5. ލުޓޭރުންގެ ސަރުކާރު

    ތިކަމާ އުފާ ކުރާނެ ދިވެއްސެ ނުހުންނާނެ ގައު މުދެ ކެ ލޯބިވާ...ވަގުތު މީހުން އުފާކުރިޔަސް ތިއީ ދިވެހިންގެ ހިތަށްހަރާލި ހަންޖަރެއް..އިންޑިޔާގެ ރާޖުސަބާ ވެސް ވަރަށް ރީތިވާނެ އެކަ މާ އުފާކުރަންވީތަ އަހަރެ މެން ދިވެހިން..

    30
    5
  6. އަޙްމަދު

    ކުރިން ހުރިތަންވެސް އަންދާލީ މީހުން ހޯދާ ފިޔަވާޅު އަޅަން ގޮވާލަން!!!

    23
    1
  7. ހުވަދޫ އަލިބެއްޔާ

    މުޅިތަން ކޮންޓްރޯލް ކުރަނީ އިންޑިއާ ސިފައިން.. ނަމުން އައްޑޫ ޕޮލިސް.. ތާހިރެއްނު..

    29
  8. ދަރަނި ދަންތުރަ

    ތިޔަފަދަ އިމާރާތަކަށްވުރެ މިނިވަންކަން އަހަރެމެއްނަން މާމުހިއްމު ، މިސަރުކާރުން އިންޑިޔާ ޔާއެކު ކުރާކޮންމެ ކަމަކީ އަޑިނޭންގޭ އެތައްސިއްރުތަކެއް ފޮރުވާފައިވާ ކަންކަން އެއްބަސްވުންތަށް ހާމަނުކުރެވޭ ބުރިޖު އެއްބަސްވުންވެސް އެއީ ސިއްރެއް ....

    30
    3
  9. ޢެލެކްސް

    ދިވެހި ރަަްޔިތުންގެ ހަލާކު ހިތެއްގައިމެެްނުވާނެ

    27
    1
  10. ނީމް

    އައްޗީ ހީވަނީ އިންޑިޔާ ފަޅު ގެއެށް ހެން

    26
    4
  11. Anonymous

    ތިތަން ވައްތަރީ އިންޑިޔާގެ ގެރި ގެންގުޅޭ ފާމަކާ..މިމީހުން ހަދާކޮންމެތަނެތް ބާދަގަނޑުން...ތާހިރު ތަނެއް މިވީ ހިސާބަށް ހެދިފައެއް ނެތް.

    20
    2
  12. ރާއްޖެ

    ޢިންޑިއާގެ މިލިޓަރީ ބޭސް.

    15
  13. Anonymous

    ބަޔަކަށް ހާދަ އަސަރެއް ކޮށްފިޔޭ. ލޮލް

    5
    7
    • ލުޓޭރުންގެ ސަރުކާރު

      ކަލެއަށް އަސަރެނުކުރާނެތާ ތިއީ ދިވެހިގައު މު ވިއްކާފަވެސް ކަލޭގެ ޖީބަށް ސްޕާރީޕެކެޓެ ލައިދީފިއްޔާ އޯކޭ މީހެއްވިއްޔާ..އަހަރެ މެންނަ ވަރަށް އަސަރުކުރޭ ގެރިމޯދީ އިންޑިޔާ އަސްކަރީން އަހަރެ މެންގެ ގައު މުގެ މިނިވަންކަން ނަގާލާފަ މިތަނަށް ވެރިވެތިބީ މަ..

  14. ޙަަަހަ

    ޢިންޑިއާގެ މުސްކުޅި ޤަދީމީ ގޮތްގަނޑު ފެންނަނީ ، ޒަމާނުގެ ތަރައްޤީގެ ސަޅި ޑިޒައިންތަކެއް ނުފެނޭ ، ވަރަށް ދުވަސްވީ ތަނަކާ ވައްތަރީ

    8
    1
  15. ޑިރާސާ

    ދިވެހި ފުލުހުންނަށް ލިބެނީ ކުޑަ ތަންކޮޅެއް ބޭނުން ކުރަން.. ބާކީ ބައި އިންޑިޔާ ސިފައިން އައްޑޫ އިން ކުއްޔަށް ހިފާފައި ތިބި ގެތަކުގައި ތިބި ސިފައިންގެ އެކަމޮޑޭޝަން އާއި އިންޑިޔާ އެންބަސީގެ އައްޑޫ އޮފީސް.. އެދިމާލުން މޫދުން ފަޅު ފުންކޮށް އިންޑިޔާ މިލިޓަރީ ކަނޑުއުޅަނދު ބަނދަރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން އޮތީ ނިންމާފައި.. މިތަންވާނީ ރާއްޖޭގެ ދެކުނުގެ އިންޑިޔާގެ މިޓިލިޓަރީ ބޭސް އަށް. އުތުރުގައި ހދ. ޙަނިމާދޫ ގައި އެއަރޕޯރޓާއި އެކު އުތުރުގެ ބޭސް ގާއިމު ކުރާނެ. ރާއްޖޭގެ މެދުން އުތުރު ތިލަ ފަޅު. މިއީ ހަމަ ހިޔާލީ ވާހަކަ..

    4
    1
  16. ގައުމު

    އިންޑިޔާގައި އެހާ ހާލުގައި އުޅޭ ނިކަމެތި ރައްޔިތުން ރަށްފުށު ހިސާބުތަކުގައި ދިރިއެބައުޅޭ. . އެފަދަ ސަރަހައްފުތައް ތަރައްގީ ނުކޮށް އިންޑިޔާގެ ނިކަމެތި ހާލުގައި އުޅޭ ރައްޔިތުންނަށް އެމީހުންގެ އަވަށްތައް ތަރައްގީ ކުރުމަށް މަސައްކަތް ނުކޮށް ކީއްވެ ރާއްޖޭގައި މިވަރުގެ ބޮޑު ތަނެއް ހިލޭ އެހީގައި އަޅައިދިނީ... ހަމަ އެއްވެސް ބޭނުމެއް ފަހަތުގައި ނެތިތޯ...؟ ދިވެހި ކޮންމެ ރައްޔިތަކު ހިތާހިތުން ކޮއްލަކޮއްލާ ތިބޭ ސުވާލެއް..

    4
    1
  17. على

    ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިން ފަހަރެއްގެ މަތިން އެ މަރުކަޒު އަޅާނެ ތަން ބަދަލު ކުރިއެވެ. ޖުލައި 2013 ގައި ޅ. ދިއްފުށިމާދޫގެ ބަދަލުގައި އެ އަތޮޅު މާބިންހުރާގައި އެ އެކަޑަމީ އެޅުމަށް މަޝްވަރާ ކުރެވުނެވެ. ދ. ވާނީގައި އެޅުމަށް ވެސް އޭރުގެ ސަރުކާރުގައި މަޝްވަރާ ކުރެވުނެވެ. އެންމެ ފަހުން އައްޑޫގައި އަޅާ ގޮތަށް އެއްބަސްވުމަކަށް އައިސްފައިވަނީ ފެބްރުއަރީ 2014 ގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ بي بي ام ކުދިންނަކައް މިވަރެއް ވެސް ނޭގުނު ދެން ކީކޭ ބުނާނީ

    4
    2
  18. ހާމިދު ޝާހިދު

    ފުލުހުންނަކަށް ތިވަރުގެ ބޮޑު އެކަޑަމީއެއް ބޭނުމެއް ނުވޭ. ތިތަން އައްޑޫ ކޮންވެންޝަން ސެންޓަރަށް ނުވިއްޔަ ރަނގަޅު. ދުވަސް ކޮޅަކުން ތިތަނުގައި ޓޫރިސްޓް ހޮޓަލެއް ހިންގާދޭނެ ބަޔަކު ހޯދަންތޯއެއްޗެއް ކައުންސިލުން އުޅޭނީ. ފުލުހުންގެ ޓްރޭނިންގއަށް ގިރިފުށި ކަހަލަ ރަށެއް ދިނީމާ ރަނގަޅުވާނެ. ތިތަން ބޮޑަށްވައްތަރީ، ގޮތް ނޭންގޭ ކަންތައްތަކެއް ހިންގާނެ މަރުކަޒަކަށް. ތިކަން ހަމައަކަށް އަޅުވާ. "އިންޑިއާއައުޓް" ބޮޑު ހަރަކާތެއް ފެށޭތީ ލައިނުގަނެގެން ފޮޓޯތައް ދައްކާލިނަމަވެސް، އަދި ސުރުހީގައި "ހިތްގައިމު" މިލްފްޒު ބޭނުން ކުރިނަމަވެސް އަސްލު ވައްތަރީ އިންޑީއާގެ ނިއުދިއްލީގެ ހިރަފުސް ގަނޑެއްހެން. އެތަނުގައި ހުރޭ މިކަހަލަ ގޮތަކަށް ހަދާފައި ހުންނަ ސޯޝަލް ހައުސިންގ ބިލްޑިންގްތައްވެސް. ވެދާނެ މިއީ އެއީންތަނެއްގެ ނަކަލެއްކަމަށްވެސް. "އިންޑިއާ އައުޓް" ގޮވުން ހުއްޓައެއް ނުލާނަން.

    6
    2
  19. ހަންނަ

    ތިކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލުގެ ވާހަކަ ނުދައްކަނީ ކީއްވެބާ. ތިކަމުން މިގައުމަށާއި ރައްޔިތުންނަށް ވާނީފައިދާ ކަމަށް ވަންޏާމު ރަނގަޅު. ވެރިކަމުގަ ނާކޯ ޕޮލިޓިޟަނުން، އަމިއްލަ އެދުމަށް ގައުމުގެ މިނިވަން ކަން ނަގާލަން ފަސްނުޖެހޭ ޚާއިނުން ތަކެއް، ވިސްނާ ފިކުރުކުރޭ!

  20. Anonymous

    ތި ތަން ވ ފުރިހަމަ! ރީތި! މީ ހަގީގަތަކީ! އަދި ތި ތަން އަޅަން ޔާމީން ސަރުކާރުން ވެސް ރޯލެއް ކުޅުނު ކަން އެގިއްޖެ! ސާބަސް ވަގުތު ނޫހަށް!

    2
    2
  21. ބާބުލްއަވާލީ ވަލް ކެމިސްޓީ

    އިންޑިޔާގެ ކިބަޅި ގެރިންދާ ވިސްނުމުގެ ކަޑަ ނުކިއްސަރު ، ފަޑުއްކަ ޑިޒައިންތައް ހުރީ.....ޗައިނާ ކަހަލަ، ޤަތަރު ކަހަލަ ތަނަކުން ތިޔަ މަސައްކަތްކޮއްލިނަމަ ވާވާ އޭ ބުނާ ވަރުވީސް...........

  22. ކުލަ

    އެއްވެސް ދޮގައްނުން. މަހިތަށް ތެތަން ވަރަށް ހަޑި

  23. ހަސަނުގެ ދަރި ލަތީފް

    މިލިޓްރީ ސްޓްރަކްޗަރ އެއްނޫނޭ ބުންޏަސް ތިޔަތަނަށް ހިނގާނީ އިންޑިއާ މީހުންގެބާރު ތިޔަތާ އުޅޭނީވެސް އިންޑިއާ ސިފައިންނާ އެމީހުން ޢާއިލާތައް. އެމީހުން ދިރިއުޅޭ ތަނަކަށް ތިޔަތަން ހަދާފަ ތިޔަ އޮތީ. ޢިންޑިއާގެ އަވަށެއް އައްޑު އަތޮޅު ގައި ތައްޔާރުވެ ނިމުނީ. ދިވެހިންނަށް ތިޔަތަނުން ތަމްރީނު ނުލިބޭނެއެކޭ ނޫން . އެކަމަކު ހަމަ އިންޑިއާގެބާރު ހިންގާނެ އިންޑިއާގެ މިލިޓްރީ ބޭސް އެއް.