އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީގެ ރަޖިސްޓްރީ އޮތީ ދިވެހިންގެ އަތުގައި ނޫންކަމަށާއި އެތަކުގެ ކޮންޓްރޯލް އަދިވެސް އޮތީ އިންޑިއާ ސަރުކާރުގެ އަތުގައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަތައް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދޮގުކުރައްވައިފިއެވެ.

ޔާމީން މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުދޫ-މީދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި ޔާމީން ވިދާޅުވީ އިންޑިއާ ސަރުކާރުގެ އިހްލާސްތެރިކަމެއް އޮތްނަމަ ޕޮލިސް އެކެޑެމީގެ ރަޖިސްޓްރީ ދިވެހިންނާއި ހަވާލުކުރަންވީ ކަމަށެވެ.

"މިވަރުގެ (އެކެޑެމީއެއް) ތަރަރައްގީ ކުރުމުގެ ބޭނުމަކީ (އިންޑިއާ އިން އައްޑޫގައި) ތިބުން. އަޅުގަނޑުމެންނާއި މިހާރުވެސް އެއިމާރާތް ހަވާލުކުރަންވީ. އިހްލާސްތެރިކަމެއް މިމަސައްކަތުގައި އިންޑިއާ ސަރުކާރުގެ އޮތް ކަމަށް ވަންޏާ އަދި ސޯލިހް ސަރުކާރުގައި މިއިހްލާސްތެރިކަން އޮތްކަމަށް ވަންޏާ އަޅުގަނޑުމެންނާއި އެބަޖެހޭ އެތަނުގެ ރަޖިސްޓްރީ ހަވާލު ކުރަން. ރަޖިސްޓްރީ ހަވާލުކޮށްފައި އަޅުގަނޑުމެން އެތަން ހުޅުވައި ދިނީމަ އެމީހުން އެތަނަށް ވަދެ އަޅުގަނޑުމެން ދައްކާ ބަޔަކު ޓްރޭން ކުރުވާނީ. ދާއިމީކޮށް ބަނޑަހަ ޖަހައިގެން ތިބެން ޖާގައެއް ނުދެވޭނެ." ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަތަކަށް ރައްދުދެއްވައި މިއުވާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕޮލިސް އެކަޑަމީއަކީ ދިވެހި ސަރުކާރުގެ ތަނެއް ކަމަށާއި، އެހެން ގައުމެއްގެ އެއްވެސް މިންވަރެއްގެ ކޮންޓްރޯލެއް އެތަނަށް ނޯންނާނެ ކަމަށެވެ.

"އެތަނުގައި ބަނޑަހަ ޖަހައިގެން ބޭރު ގައުމެއްގެ އެއްވެސް ބަޔަކު ނުތިބޭނެ" މިއުވާން ވިދާޅުވިއެވެ.

ޔާމީން އައްޑުއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ވެސް އެންމެ ބޮޑު އެއްއަމާޒަކަށް ހައްދަވާފައި ވަނީ "އިންޑިއާ އައުޓް" ކެމްޕޭން ކުރިއަށް ގެންދަން ޖެހޭ ސަބަބުތައް ބަޔާން ކޮށްދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ލުޠުފީ

    ކަނޑައެޅިގެން ދޮގެއް. އެތަނުގައި ބަނޑަހަޖަހައިގެން މިހާރުވެސް އިންޑިޔާ ސިފައިން އެބަތިބި.

    34
  2. އހ

    Dhen keeve thithan thanuge aslu ehbasvun nudheh kenee

    24
  3. ޖީނާ

    ރަޖިސްޓަރީ އޮތިއްޔާ ހާމަކުރުން މިވަގުތައް މުހިންމު ކަމުގައި ވެދާެނެއެވެ. އެއީ މިހާރު ސިޔާސީ ބޭނުމުގައި ސިޔާސީ މީހުން ދޮގުހަދާލެއް ގިނަކަމުން ތެދެއް ހެދިޔަސް ޤަބޫލުކުރަން ދަތިކަމަކަށްވާތީއެވެ.

    24
    1
  4. ހަސަނާ

    ކަލޭމެން ތިޔަގޮތައް އަބަދުވެސް ބުނޭ! ނަމަވެސް ހުރިހާ ކަމެއްދަނީ އިންށިޔާގެ އަތްދަށަށް! މިސްކިތައް ގުއިރޭ އިންޑިޔާ މީހުންވެސް އަވަހަށް ފޮނުވާލަނީ އިންޑިޔާއަށް! ހުރިހާ ޕޮރޮޖެޓޔއެއްވެސް ދެނީ އިންޑިޔާ މީހުންނަށް ! އެހެންގަމެއްގައި ނުވަތަ ދިވެހިންގެ ތެރޭގައި މަސައްކަތް ތެރިން ނެތީތޯ1 ދޮގުހަދާ މިއުވާން ހަޔާތްކުޑަ! ވާހަކަ ދައްކާއިރު ހީވަނީ އަގަހަވާދު ލައިފައިވާ މީހެއްހެން!

    34
  5. ޢ

    Ehenbaehge amuru nuhingaanama Agreement haama kohlabala

    15
  6. Anonymous

    އެތަނުގެ ރަޖިސްޓްރީގެ ކޮޕީއެއް ދިވެހި ރައްޔިތުންނާ ހިއްސާ ކޮށްލަދީބަލަ. ގައިމު ސަރުކާރަކީ ރައްޔިތުންގެ ތަނެއް އެހެންވީމާ ތިބުނިތަނަކީ ސަރުކާރުގެ ތަނެއްނަމަ އެތަންވާނީ ހަގީގަތުގައި ދިވެހި ރައްޔިތުންގެ މިލްކަކަށް.

    29
  7. Anonymous

    ހޫން! ހާދަކާ ދޮގުގެ ވަސްދުވައޭ.

    26
  8. Anonymous

    ކަލޭމެން ބުނެފިނަމަ އެވާނީ ހަމަ ކަނޑައެޅިގެން ދޮގަކަށް. ތިހުރިހާ ކަމެއް ހުންނާނީ ދިމާ އިދިކޮޅަށް.

    33
  9. އިސްޢާފް ސަލީމް

    ކަލެޔަކީ ޒަމާންތަކަކަށް ރ ޓީވީގައި ދޮގުހަދަން ޓްރެއިނިންދީ އެކަމަށް ޓްރެއިންވެފައިހުރި ދޮގުވެރިއެއް! ކަލޭވީ ކޮންމެތަނެއްގައި ދޮގުހެދުމާއި އޮޅުވައިލުން ނޫންކަމެއް ނުފެންނާނެ! ދޮގުހދާ އޮޅުވާލާއިރު ބިރުވެރިކަމެއްނެތްތާންގައި މޫނަށް ރުލެއްވެސް އަރުވާނުލާނެ! ކަލެޔަށް ތިޔަ ވަޒީފާ ދިނީވެސް އެ ބޭނުމުގައި! ވަރަށް ސަލާން

  10. ާާާޢަލީ

    މިއުވާނު ކަލޭ ދޮގުހަދަން މޮޅުކަމުން ސޯލިހު ކަލޭތިތަނަށް ލީވެސް...ކޮނޑުގަ ތިއްބަވާ މަލާއިކަތުން
    ލިޔުއްވާނެ ހަނދާން ވެސް ނުހުރެދޯ؟؟؟؟ޖާހިލުކަންދޯ؟؟؟

  11. ރާއްޖެތެރެ

    ދެގައުމުގެ މީހުންނައްވެސް ތިބެވޭގޮތައް ޕޮލިސް އެކަޑަމީ ހޮޅުވިދުވަހު ސޮއިކުރީ.

  12. ފަލަސްތީން

    ރޯމާ ދުވާލު މި ސަރުކާރު ދޮގު ހަދަނީ. އެތަނުގެ އެގްރިމަންޓުތައް ވަރައް ގޯސް

  13. ރައްުޔިތުން

    އިންޑިޔާ އަށް ވިކިފަ ތިބި ސަރުކާރެއް. ގައުމު ވިއްކުމުގެ ތުހުމަތުގަ ހައްޔަރުކޮށް ޖަލަށް ލާތަން ބަލާހިތްވޭ އެބަ.

  14. ށަވިޔަނި

    މިއުވާނަކީ ކެހިވެރި ރަތްލާޖެހި ރ ޓިވީން ދޮގުހެދުމަށް ޑިގުރީ ނަގައިގެން ހުރިމީހެއް