ރާއްޖޭގެ ހުރިހާ ފަރުތަކެއްގެ މައުލޫމާތު އާންމުކޮށް ލިބޭނެ ގޮތް އެމެރިކާގެ ބިލިއަނަރަކު ހަދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެމެރިކާގެ ބިލިއަނަރު ޓެޑް ވެއިޓްއާއެކު މަޖިލީހުގައި ބައްދަލުވުމެއް ބޭއްވެވި ކަމަށާއި ރާއްޖޭގެ ހުރިހާ ފަރެއްގެ ފޮޓޯ ނަގައި އާންމު މައުލޫމާތުގެ ގޮތުގައި މިހާރު ލިބެން ހުންނާނެ ކަމަށް ޓެޑް އެ ބައްދަލުވުމުގައި ފާހަގަކުރި ކަމަށެވެ.

ނަޝީދު ވިދާޅުވީ މީގެ ކުރިން އެހާ ފުޅާކޮށް ރާއްޖޭގެ ކަނޑުތަކާއި ފަޅުގެ ފޮޓޯ ނަގައި ޗާޓުކޮށްފައި ނެތް ކަމަށެވެ.

އިންޑިއަން އޯޝަން ރެޑްސީ ސާވޭ ނިމުނީ 1842ގައި ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ބޭނުން ކުރީ ކެޕްޓަން މޯސްބީ ވަޑައިގެން އިންޑިއަން އޯޝަން ސާވޭ ހައްދަވައި އެކުލަވާއި ބްރިޓިޝް އެޑްމިރިލްޓީގެ ޗާޓެއް ކަމަށެވެ.

"އެއަށް ފަހު އިންޑިއަން އެޑްމިރިލްޓީއިން އަނެއްކާވެސް ޗާޓު ކުރަހަން ފެށީ. މިހާރު މިވަނީ ޓެޑް ވެއިޓްގެ ބްލޫ ޕްރޮސްޕެރިޓީއިން މިހާރު މިވަނީ ރާއްޖޭގެ ހުރިހާ ފަރެއް ފޮޓޯ ނަގައި އާންމު މައުލުމާތުގެ ގޮތުގައި ލިބެން ހުންނާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ" ޕްރޮގްރާމް ސަރުކާރުން އިފްތިތާހުކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ޓެޑް ދަނީ އެ ޕްރޮމްރާމްގައި މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަހުތާން

    ކޮންތާކުންތިޔަ އެއްޗެއް ފެންނަން ހުންނާނީ. ހަމަދޮގުހަދައިގެން އުޅެންދަސްކޮށްފައިވާ ކައްޒާބެއް.

    28
    1
    • ނީކް

      ހުސް މޮޅު ވާހަކަ، ތިޔަ ލިބެން ހުރިއްޔާ ހުރިގޮތެއް ފެންނާނެ ތަނެއް ބުނެބަލަ.. ތިވެސް ބޮޑުންނަށް އެކަނި ދޯ ފެންނާނީ..