ފުލުހުން ވީޑިއޯއެއް އާއްމުކޮށް ވީޑިއޯ އިން ފެންނަ ތިން މީހަކު ދެނެގަންނަން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ.

ވީމާ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ހޮޓްލައިން ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

https://www.youtube.com/watch?v=zfAjALk9Im0

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަލީ

    3 މީހުންނަކީ އިންޑިއާ މީހުން

    8
    1
  2. އަހްމަދު

    ބަލަގަ މިހާރުއެމްޑީއެމް ހަމީދު ދިވެހިންގެއެނހީއައް އެދެންޖެހޭހިސާބައްދިޔައީތަ ކޮބާ އިންޑިއާސިފައިންނައް އެކަންނުވީތަ ކޮބައިތަމީހުންގެހިތުގައޮންނައެއްޗެހި ހޯދައިގަންނަ އިންޓެލިޖެންސުން އެމީހުންނައްވެސް ނުވީތަ