މާލޭގެ ފިހާރައަކުން ތިން ސެންޓުފުޅި ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. ހުޅުދުއްފާރަށް ނިސްބަތްވާ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ކްރިމިނަލް ކޯޓުގައި ވިދާޅުވީ ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ އެ މީހާ އަކީ ޝަރީއަތުގައި މަޖިލީހުގައި ކުރެވުނު ކުށަށް އިއުތިރާފްވެފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ފިހާރައަކުން ތިން ސެންޓު ފުޅި ވަގަށް ނެގި މައްސަލައެއްގައެވެ.

އަދި އޭނާއަކީ ވައްކަން ކުރުމުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާއަކީ ބަންދު ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ….

    މާލޭގެ ބިމުން ވައްކަން ކުރާއިރު ދިވެހިންގެ ބައިތުލްމާލުން ވައްކަންކުރާއިރު ހައްޔަރު ނުކުރަނީ ކީއްވެބާ…ބާރު އަރާ ހަމަ ނުކުރަނީބާ…؟

    7
    1
  2. ދިވެހި މުސްކުޅިން

    އެމީހާ ޖަލަށްލާފައި ޔާމީނު ދޫކޮށްލަންދޯ މޮޔަ އެންމެން މިގޮވަނީ