އުޅެނީ އެމްޑީޕީ ހިންގައިނުލެވިގެން ނޫން ކަމަށާއި ބޭނުމަކީ ޕާޓީގެ އަސާސްތައް މުގުރާލާ މުޅި ޕާޓީ ފުނޑުފުނޑުކޮށްލުން ކަމަށް ވިދާޅުވެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.

"ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިޔާން ވިދާޅުވީ އެމްޑީޕީގެ ގޮތުގައި އަސާސްތަކާއިއެކު ސާފުތާހިރު ޕާޓީއެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި 2023 ވަނަ އަހަރު ވާދަކުރައްވާނަމަ ކާމިޔާބު ވާނެކަމަށާއި ނަމަވެސް އެއްވެސް ކަހަލަ އިންތިޒާމް ތަކެއްނެތި ޕީޕީއެމްއާއި ޑީއާރުޕީފަދަ ކަރަޕްޝަންގެ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މިއަދު ތުހުމަތު ކުރެވޭ ކަމަށެވެ.

"މި ޕާޓީ މި ޕާޓީގެ ގޮތުގައި، އަސާސްތަކާއި އެކުގައި، ސާފުތާހިރު ޕާޓީއެއްގެ ގޮތުގައި 2023 އަށް މި ޕާޓީ ފައްކާވެގެން ގޮއްސިއްޔާ އަޅުގަނޑުމެންނަށް އެ އިންތިހާބު ކާމިޔާބުކުރެވޭނެ. އެހެންނަމަވެސް މިކަހަލަ އެއްވެސް އިންތިޒާމެއް ނެތި ހަމަ ޕީޕީއެމްއެކޭ ޑީއާރްޕީއެކޭ މިއޮތް ގޮތަށް ކޮރަޕްޝަންގެ ޕާޓީއެއްގެ ގޮތުގައި މި ޕާޓީ ތުހުމަތު ކުރެވެނީ" ކިތަންމެ ތަރައްގީއެއް ގެނައި ކަމުގައި ވީނަމަވެސް މަރުތަކުގެ މައްސަލައާއި ކޮރަޕްޝަން ނުބެލޭނަމަ 2023 ނުލިބޭނެކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރު އެންމެ ބޮޑަށް ވީ ވައުދުތައް ނުފުއްދާ ކަމުގައި ޝިޔާން ވިދާޅުވިއެވެ. އެމްޑީޕީއިން ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަރުތަކުގެ މަރުތަކުގެ މައްސަލައާއި އެމްއެމްޕީ އާރުސީގެ މައްސަލަފަދަ ބޮޑެތި މައްސަލަތައް ކޮޅެއްގައި ނުޖެހިގޮސް މުޅި ރާއްޖޭގައި ނަރުދަމާ ގާއިމްކޮށް މުޅި ރާއްޖޭގެ ކޮންމެ ރަށެއްގައި ހޮސްޕިޓަލް ގާއިމް ކޮށް މުޅި ރާއްޖޭގައި ފުޓްބޯޅަ ދަނޑު އެޅި ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ނާދިރު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސްތައް ކަމުގައި ހިމެނޭ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި ޕާޓީގެ ރައީސް އަކީ އަމިއްލަފުޅު ވިޔަފާރިއެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ޖާހަތު ބޮޑުކުރުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫންކަން ރާއްޖޭގެ އާންމު ރައްޔިތުން ގަބޫލު ކުރައްވާ ކަމުގައި ޝިޔާން ވިދާޅުވިއެވެ. އެކަން ހާމަވެގެންދަނީ ރަށްތަކަށް ކުރައްވާ ދަތުރުތަކުން ކަމަށް ޝިޔާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕާޓީގެ އަސާސްތައް ދެމެހެއްޓޭނީ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ގެނެސްގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީ ނުހިނގައިގެން ޕާޓީގެ ޖަގަހަތައް ނުހިނގައިގެން އެއްވެސް ރަށަކުން މައްސަލަ ނުޖައްސާ ކަމަށެވެ. އެމްޑީޕީ އަބަދުވެސް ހިންގަނީ ޕާޓީގެ އާންމު މެމްބަރުންގެ ޖީބުން ކަމަށާއި ވިޔަފާރި އުސޫލުން ޕާޓީ ހިންގަން ވެއްޖެ ނަމަ ޕާޓީއަށް ވެގެން ދިޔަގޮތް އެހެން ސިޔާސީ ޕާޓީ ތަކަށް ބަލައިލައިފިނަމަ ފެނިގެންދާނެ ކަމަށެވެ.

އެގޮތުން ވިޔަފާރިވެރިން ހިންގާ ޕާޓީތައް ހިނގާ އުސޫލަކީ ގޮނޑި ޖަހަން ޖެހޭ މީހާ ވެސް އެކަން ކުރަނީ ލާރިއަށް ކަމަށާއި ކައްކާ މީހާގެ ކެއްކުމަށްވެސް ލާރިދޭން ޖެހޭ ކަމަށާއި ދިދަ ޖަހާ މީހާއަށް ވެސް ލާރިދޭން ޖެހޭ ކަމަށެވެ. ޝިޔާން ވިދާޅުވީ އެގޮތަށް ސިޔާސީ ޕާޓީ ހިންގަން ވެއްޖެނަމަ ސިޔާސީ ޕާޓީ ނުހިނގާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެ

    އެމްޑީޕީގެ އަސާސް އަދި ސާފުތާހިރު ތި މާނަކުރަނީ ފިރުއައުނު ކައިރީ އޭނަގެ އަޅުން އުޅުންހެން އަނި ފައިބުޑައް ވެއްޓި އުމުރު ހޭދަކުރުމައްތަ.

  2. Anonymous

    ތީ ކަލޭމެން ބޯގަޅި މީހުންނަށް ހީވާ ގޮތް. އެންޑީޕީ ފުނޑައެއްނުލެވޭނެ. އެންޑީޕީ ފުނޑާދައިގެ ފޮއި ދަށަށް ނުލެވޭނެ. ފުނޑިގެންދާނީ ކަލޭމެން. ދެފުށް ކެހެރި މީހުން. ލާދީނީ މީހުން. ލާދީނީ މީހާ ފަހަތުން ދުވާ މީހުން. ރައީސް ޞާލިޙު ހުންނެވިހައި ދުވަހަކު އެންޑީޕީ ފުނޑައެއްނުލެވޭނެ.

  3. ޢަލީ

    ތުހުމަތެއް ނޫން ތީޔައީ ކޮރަޕްޓު ޕާޓީއެއް

    1
    1
  4. ހަގީގަތަކީ

    އަސްލު މީހަކު ފުނޑާލާކައް ނުޖެހޭ ވެރިކަން ދެއްވީމަ ކިބުރުވެރިވެ ބޮޑާވީ މާތް ﷲ ތިމަމެން އިމްތިހާނުކުރައްވަންް ވެރިކަން ހަވާލްކުރެއްވީމަ ރައްޔިތުން ނައް އަނިޔާވެރިވެ ދީނައް ފުރައްސާރަ ކޮއްމަލާމާތް ކޮއް ހިތުހުރި ގޮތަކައް އުޅެގަތީމަ އަމިއްލަޔައް ސައިޒްވީ މާތްﷲގެ ކުޅަދުން ވަންތަކަން އެބައިމީހުންގެ އަތުން އެބައިމީހުންހަލާކް އަމްދުހުރީ މާތް ﷲ އައް