ތިން ޝަރުތުތަކާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް މިނިވަންކޮށްފިއެވެ.

ސިޔާދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުރެވުނު ތަހްޤީގުގައި ހ.ނިޝާން ފްލާވަރ ގެ 3 ވަނަ ފަންގިފިލާ ބަލައި ފާސްކުރުމުގެ ތެރޭގައި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދު ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ކަޅުކުލައިގެ ބެކްޕެކުގެ ތެރެއިން ފެނުނު ލިޔުންތަކުގެ ތެރޭގައި، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ސިޔާދު ޤާސިމް 2017 ޖުލައި 20 ވަނަ ދުވަހު ސޮއި ކުރައްވާފައިވާ ސިޓީއަކުން، މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު 2 ފަރާތަކަށް 2.4 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަމާއި، އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދު މެލޭޝިޔާޔާއިން ގަންނަން މަސައްކަތް ކުރައްވާފައިވާ ބީޗް ވިލާތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑުން ދައްކާފައިވާކަމަށާއި، 1 ފެބުރުވަރީގެ އަމުރުގައި ވިލާ ޝިޕިންގެ ގެ މެޖޯރިޓީ ޝެއަރ ހޯލްޑަރ ކަމަށްވާ ސިޔާދު ޤާސިމްގެ ބައްޕަ ޤާސިމް އިބްރާހިމް ވަގުތުން މިނިވަން ކުރުމަށް ބުނެފައިވާތީ މި ފައިސާއަކީ ހުކުމުގެ މުޤާބިލުގައި ދިން ފައިސާކަމަށް ބެލެވޭތީ ކަމަށް ބުނެއެވެ.

މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ފަނޑިޔާރުންނަށް ފައިސާ ހަމަޖައްސަން ސިޔާދު ސޮއި ކުރި ކަމަށް ބުނާ ސިޓީ ދައުލަތަށް ލިބިފައިނުވާކަން ހާމަވެގެން ގޮސްފައެވެ. އެ ސިޓީ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ދައުލަތުން ވިދާޅުވެފައިވާއިރު އެ ސިޓީ ކޯޓަށް ހުށަހަޅަން ދައުލަތަށް މީގެކުރިން ވަނީ ފުރުސަތު ދީފައެވެ. ނަމަވެސް މިއަދުގެ އަޑުއެހުމާއި ހަމައަށް އައިރުވެސް ދައުލަތަށް އެ ސިޓީ ހުށަހެޅިފައެއް ނުވެއެވެ.

އެއާއެކު އެއާ އެކު ސިޔާދުގެ ވަކީލުން ވަނީ ސިޔާދު ބަންދުން ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ވަނީ ތިން ޝަރުތަކާއެކު ސިޔާދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ސިޔާދު ދޫކޮށްލުމަށް ކުރި ޝަރުތުތަކަކީ މާލެ ސަރަހައްދުން ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމުގެ އިތުރުން ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ޖަލުގައި ބެހެއްޓުމަށް މިދިޔަ މާޗު މަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވައްކަން ޔަގީން 2018

    ހެހެހެހެ އީޔޫ ހަމަ ގަދަ އޭ.....ހެހެހެ ދެން ލަލަލާ ޕީ ޕީ ޕީ...

  2. ސިޔާންޓޭ

    2018 ޔ އަށް ޔަގީން

  3. އެނގޭތަ

    ހުކުމެއް ނެތި ޖަލުގައި ތިބި އެންމެން ޖެހޭނީ މިނިވަން ކުރާށެވެ. އަދި އެންމެ ފަހުން ގޮސް، ސިޔާސީ މައްސަލަތަކުގައި ހުކުމް ކޮށްފައިވާ އެންމެން ވެސް ޖެހޭނީ ދޫކޮށްލާށެވެ. މިއީ ޤައުމެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަންނަން ރައީސް ޔާމީން ވެސް ބޭނުންފުޅުވާނެއެވެ. ދުނިޔެއިން، މިއީ ޤައުމެއް ކަމަށް ނުބަލާ ހިނދެއްގައި ރައީސެއްގެ ގޮތުގައި ޔާމީން ވެސް ބަލައެއް ނުގަންނާނެއެވެ. އެހެންވީމާ، އެއްވެސް އިރެއްގައި މި ޤައުމުގެ ރައީސްކަން ކުރަން އިތުރަށް ބޭނުންނަމަ މިއީ ޤައުމެއްގެ ގޮތުގައި ބާއްވަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ އެވެ.

  4. ނާދިރާ

    އަލްހަމްދުލިލާހި

  5. Anonymous

    ގާއްޓެ ޑީލް ހެދީ

  6. ސީދީ

    ގާއްޓެ ޑީލް ހެދީ

  7. ވީވިލް

    ސިޔާދު ބަންދުން ދޫކޮށްލައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މިއިން އެގިގެން މިދަނީ މަމެން ޕިންކީންގެ ޝެއާރ ތައް އެއިޓީން މޫން ސީންގް ރޭސް ސްޓޮކް އެކްސްޗޭންޖް ގައި ވިކިގެން ދާ ސްޕީޑް ފާސްޓް ކަމޭ މަމެން ޕިންކީން ހިފަހައްޓާނަމޭ ކުޑަ ވެސް ދުލެއް ނުދީ މަމެން މޮޅު ވަން ދެން މަމެން ނުދޭނަމޭ އިދިކޮޅު ކްރިޓިކްސް އަށް ކުޑަ ވެސް ދުލެއް ސްޕެޝަލީ ކެނެރީގެ ނަޝީދަށް ކުޑަ ވެސް ދުލެއް ނުދޭނަމޭ އޭނާ މަމެން ކުރިމަތީގައި ކުޑަ ކަކޫ ޖައްސުވާނަމޭ ސިޔާސީ ގޮތުން މިފަހަރު މިފަހަރު އެމްޑީޕީ އިބޫ އަށް މުޅި ރާއްޖޭގައި އަތް ފުނާ އަޅައިގެން 2000 ވޯޓް ވެސް ލިބިޔަ ނުދޭނަމޭ އެކޯ އިން އެރައުންޑް ދި އޯޑިއެންސް ސޭސް ވީ ޕިންކީންސް އާރ ޓާރނިންގް ޓެންސް އިންޓް ތައުޒަންސް އެން އޯލް އިން ވަން ވީ ވިލް ގްރޯ އިން ނަމްބަރސް އާއް އާއް އާއް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...