ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓެއްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވި ކަމަށް މައުލޫމާތު ލިބިފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޓަވަރ 2 ގެ 15 ވަނަ ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވެފައި ވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:50 ގައި ކަމަށް އެމްއެންޑީއެފް ވިދާޅުވެފައިވާއިރު، އެމްއެންޑީއެފް އިން އެ ތަނަށް ދިޔަ އިރު އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

ދޭތެރެ ދޭތެރެއިން ހިޔާ ފްލެޓް ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ހިނގާކަން ފާހަގަކޮށްލަން ޖެހެއެވެ.