މި އަހަރުގެ ރަމަޟާންމަހުގެ އެކަކުން 14 އަށް ދުބާއީގައި ކުރިއަށްދާ ދުބާއީ އިންޓަނޭޝަނަލް ހޯލީ ގުރްއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލުކުރަމުންދާ އަހްމަދު ނަބީހް މުބާރާތުގެ ދެވަނަ ބުރަށް ހޮވިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އައްޝައިހް އިލްޔާސް ޖަމާލް ވިދާޅުވި ގޮތުގައި ނަބީހްގެ އެ ކާމިޔާބީއަކީ ރާއްޖެ ފަހުރުވެރިވާ ފަދަ ބޮޑު ކާމިޔާ ބީއެކެވެ.

ނަބީހުއަކީ ކީރިތި ގުރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ގައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކުއްޖެކެވެ.

ނަބީހުއަކީ ހާއްސައެހީއަށް ބޭނުންވާ ކުއްޖެކެވެ. އަދި އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައިވެސް އުނދަގޫތައް ތަހައްމަލްކުރާ ކުއްޖެކެވެ. ނަމަވެސް ގުރުއާން ކިޔަވަން ބޭނުންވުމާއެކު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ، އަކުރުތައް މަހްރަޖުން ކިޔަވައެވެ.

ނަބީހްގެ މަންމަ މައުލޫމާތުދެއްވާ ގޮތުގައި ނަބީހްގެ އެކުވެރިޔަކީ ގުރުއާނެވެ. ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ގުރްއާނާއެކުގައެވެ.

ދުނިޔޭގެ މަޝްހޫރު ގާރީން ކިޔަވާގޮތަށް ގުރުއާން ކިޔެވުމާއި ރީތި ރާގުރާގަށް ބަންގި ގޮވުމަކީ ނަބީހް އެންމެ ކުރާހިތްވާ ކަންކަމަށާއި އޭނާގެ ހުވެފަނަކީ ރާއްޖޭގެ މިސްކިތެއްގައި އިމާމްވެ ތަރާވީހް ނަމާދު ކުރުން ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. اکف

    އަލްހަމުދުﷲ

    56
  2. ރިޒޫމީން

    އަލްހަމުދުﷲ

  3. ކޮއްޔާ

    މަރުހަބާ //

  4. ޒުވާނުން

    އަލްހަމުދުﷲ. ނަބީޙު އަށް ކާމިޔާބީ އަށް އެދެންް ، އިރާދަ ކުރެއްވިއްޔާ ނަބީޙްވާނީ ރާއްޖޭގެ މިސްކިތެއްގެ އިމާމަކަށް އަދި އެމިސްކިތާއި އެނޫން މިސްކިތްތަކުގައިވެސް ނަބީޙުގެ ޚިދުމަތް ލިބުން ވެގެންދާނީ ޒުވާނުންނަށް ފެންނާނެ ޢިބްރަތެއްގެ ގޮތުގައި، އިންޝާ ﷲ، ނަބީޙް އަށް މާތްﷲ ބަރަކާތްލައްވައި ކުރިއަށް ދިއުމުގެ ހެޔޮތައުފީޤު މިންވަރު ކުރައްވާށިއެވެ. އާމީން.

  5. ާހައްޖަ

    Alhamdulihlaah