ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މަންޓާ އެއާ ސީ ޕްލޭނެއް ހުޅުމާލެ މަތިން ދަތުރު ކުރަމުން ދަނިކޮށް ޑްރޯނެއް ކައިރިކޮށް ވީޑިއޯ ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކަން އެ މިނިސްޓްރީގެ ސަމާލު ކަމަށް އައުމާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ ޑްރޯން އެރުވީ ހުއްދަ ހޯދައިގެންތޯ ބަލައި ހުއްދަ ނެތި އެކަން ކުރިކަން ސާބިތުވެއްޖެ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެކަހަލަ މައްސަލަތަކުގައި ބޮޑެތި ޖޫރިމަނާތައް ކުރުމުގެ ބާރު މިނިސްޓްރީ އަށް ލިބިދެއެވެ.

މީސް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއިން ފެންނަނީ ޓީއެމްއޭ އަދި މަންޓާއެއާގެ ފްލައިޓެއް ހުޅުމާލެ މަތިން ދަނިކޮށް ވަރަށް ކައިރިން ވީޑިއޯ ކޮށްފައިވާ ތަނެވެ. އެ ވީޑިއޯ ނެގި މީހާ ވަނީ މިހާރު އިންސްޓަގްރާމުން ވީޑިއޯ ޑިލީޓްކޮށްލައިފައެވެ.

ހުއްދަ ނެތި ހުޅުމާލޭގެ މައްޗަށް ޑްރޯން އެރުވުމަކީ މަނާކޮށްފައި އޮންނަ ކަމެކެވެ. ބައެއް ގައުމުތަކުގައި ވައިގެ އުޅަނދުތައް ކައިރިން ޑްރޯން އެރުވުމަކީ ޓެރެރިޒަމްގެ އަމަލެއް ގޮތުގައި ވެސް ކަނޑައަޅާފައިވެއެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުން "ވަގުތަށް" މިއަދު ބުނީ އެގޮތަށް ޑްރޯން އެރުވުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގަން މެދުވެރިވެދާނެ ކަމެއް ކަމަށެވެ. އެހެންވެ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ކުރިން އެކަން ބަލައި ފިޔަވަޅު އެޅުން ބުއްދިވެރި ކަމަށް އެމީހުން ދެކެއެވެ.

"ފްލައިޓް ދުއްވަން އިންނަ ޕައިލެޓުންނަށް ޑްރޯން ނުފެނި ފްލައިޓްގެ އިންޖީނުގައި ޖެހުމުގެ ފުރުސަތު ބޮޑު. އެކަމުގެ ސަބަބުން ފްލައިޓް ވެއްޓުން ފަދަ ހާދިސާތައް ދިމާވެދާނެ" އެކަކު ބުންޏެވެ.

ރާއްޖޭގައި ޑްރޯން ވިއްކަމުން އަންނަ ޑީޖޭއައިގެ ރާއްޖޭގެ އެޖެންޓުގެ ވެރިޔާ އިބްރާހިމް ނިހާދު ވަނީ އެކަން އެގޮތަށް ހިނގާފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ނިހާދު ވިދާޅުވީ ރާއްޖޭގައި ދުވަހެއް ދުވަހަކަށް ޑްރޯން އަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެތަނުން މަހަކު ފަންސާހަކަށް ޑްރޯން ވިއްކާ އިރު، އަހަރެއްގެ މައްޗަށް 500 އަށް ވުރެ ގިނަ ޑްރޯން ވިކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން ޑްރޯން އެރުވުމާ ގުޅޭ ގާނޫނެއް ހަދަން ޖެހޭ ކަމަށެވެ. އެއީ ހުއްދަ ނުނަގާ ގަވައިދާ ހިލާފަށް މާލެ އާއި ހުޅުމާލޭގެ މަތީގައި ޑްރޯން ދުއްވާތީ ކަމަށް ވިދާޅުވި އޭނާ އެވެ.

"ޑްރޯން އެރުމަށް ގާނޫނެއް ހަދަން ޖެހޭ. ހުއްދަ ނުނަގާ ވަރަށް ގިނަ މީހުން ދުއްވާ. އެމީހުންނަށް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތް. މިއީ ބޮޑު ކަންބޮޑުވުމެން. ގަވައިދާ ހިލާފަށް ދުއްވާ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ، ބޮޑު އެކްސިޑެންޓެއް ދިމާވީމައެއް ނޫން ފިޔަވަޅެއް އަޅަން ތިބެންވީ." ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ ގަވައިދާ ހިލާފަށް ޑްރޯން އެރުވުން ކޮންޓްރޯލް ކުރުމަށް މުޖުތަމައު ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގައުމު

    ހަމަ ތިގޮތައް ހުޅުމާލެ މަތިން ބޯޓް ތަށް ވެސް އުދުހުން މަނާ ކުރަން ޖޭހޭ..އެވެސް ނުރައްކަތެރި ހާދިސާއެއް ހިނގާފާނެ ކަމެއް.

    71
    9
    • ހުސޭނުބޭ

      ހެހެހެ..... މަނާކޮށްފަ އޮތީ. ޓީއެމްއޭ އަށް އޮޅިގެން ދެގަޑި ބައިވެގެން އެ އުޅެނީ

      16
    • އަހުމަދު

      މިހާރުވެސް މަނާ ކަމެއް

      26
      2
      • އަލީބެ

        މަނާ އެކަމަކު އަދިވެސް އުދުހޭ

        14
  2. ޢަދުރޭ

    ޑްރޯންއަރުވަނީ އިވެންތައްބާއްވަން ޖައްވައްލައިޓް އަޅުވަނީ މިހުންނަނީ މަނާކަންތައްޔައް ނަމަވެސް އެޅޭފިޔަވަޅެއްނެއް ބޮޑުހާދިސާއެއް ދިމާވުމުގެކުރިން މިކަން ހުއްޓުވަންއެބަޖެހޭ

  3. ޑެނީ

    ނިޝާމާއެއް ނޫނޭ އެއީ އޭނައޭ އަމިއްލަޔަށް ބުނިއަސް ހޭބަލިވަނީ ތިޔަ މައްސަލަ ބޮޑުކޮށްގެން..

    • Anonymous

      ޢިފް އާފާތް ހޭވް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައ ނޭމް ދެޓްސް ހާރ

  4. ޖަމީލް

    އެކަމަކު މިދިޔަ އަހަރު ބުނި ހުޅުމާލެ މަތިން ދެނެއް އެއްވެސް ފްލައިޓް އެއް ދަތުރު ނުކުރާނެ ކަމަށް އެކަމަކު ތިއޮތީ ފެންނަން! ދަތުރު ކޮށްފައި އޮތްތަން

    14
    1
    • އަލި

      ކަލޯ ގަމާރުތަ.. ހުޅުމާލެ މަތިންތަ އެދަނީ

  5. Anonymous

    ޕްރައިވެޓް އުދުހުން މަނާކުރަންޖެހޭ.