ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ބަންގްލަދޭޝް މީހަކަށް ހަމަލާދީ މިއަދު މަރާލި މައްސަލައިގައި، ބަންގްލަދޭޝް މީހުން މުޒާހަރާއަށް ނުކުމެއްޖެއެވެ.

ޕާކިސްތާން މީހަކު ވަޅިން ދިން ހަމަލާއެއްގައި ބަންގްލަދޭޝްގެ ފިރިހެނަކު މަރުވުމާ ގުޅިގެން ބަންގްލަދޭޝްގެ ބަޔަކު ވަނީ އެ ހާދިސާ ހިނގި ސަރަހައްދު ކައިރިއަށް އެއްވެ، މަރާލި ޒުވާނާ އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައިފައެވެ. އަދި އެ ހަމަލާ ދިން މީހާ ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލިއެވެ.

ހާންޖީ ރެސްޓޯރަންޓު ތެރޭގައި ވަޅިން ހަމަލާ ދިނުމަށް ފަހު ޕާކިސްތާން މީހާ ވަނީ ފިލައިފައެވެ. އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އެމީހާ ފިލައިގެން އުޅޭތީ، އެމީހާ ހޯދުމުގައި އާންމުންގެ އެހީ އަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މުޒާހަރާގައި ބައިވެރިވި މީހުން، ހާންޖީ ރެސްޓޯރަންޓު ކައިރިއަށް އެއްވުމުން ފުލުހުން ވަނީ، އެމީހުން އެ ސަރަހައްދުން ފޮނުވާލައިފައެވެ. އެމީހުން އެ ތަނުން ފޮނުވާލުމުން ދެން އެއްވީ ހުޅުމާލޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަން ކައިރިއަށެވެ.

އެތަނަށް އެއްވިތާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ގޮސް، އެތަނުން ވެސް އެމީހުން ވަނީ ފޮނުވާލައިފައެވެ. މިހާރު ބަންގްލަދޭޝް ހައި ކޮމިޝަން ކައިރީގައި ފުލުހުންގެ ސެކިއުރިޓީ އޮތީ ވަރުގަދަކޮށްފައެވެ.

އެ ބަންގްލަދޭޝް މީހާއަށް ހަމަލާދީފައި ވަނީ އޭނާ މަސައްކަތް ކުރާ ތަނުގައި އުޅޭ ޕާކިސްތާން ކައްކާއެކެވެ.

އެ ރެސްޓޯރެންޓަކީ ޕާކިސްތާން ކެއުންތަކަށް ހާއްސަ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހާލުފޮޅި

    ރާއްޖޭގައި އުޅޭ ބަންގްލަދޭސް މީހުންވެސް އެއީ އިންސާނުން.. އެމީހުން އެއީ ނިކަމެތި ފަޤީރު ބަޔަކަށް ވީމަ ދިވެހިންވެސް ކަންތައް ކުރަނީ ވަރަށް ގޯސްކޮށް..

    63
    11
    • މޫސް

      މުޅިއަކުން ރަނގަޅަކަށްނޫން ތިބުނީކީ. އިންސާނުން އެއީ. ހަމަހަމަ ވާންޖެހޭނެ. އެކަމަކު މިގައުމުގައި ވަގަށް އެ އުޅެނީ.

      22
      2
  2. ޙަބޭ

    ޕާކިސްތާނާއި ގުޅުންހުރި ކަމެއް ވީމަ ބަންގާޅުންގެ މުޒާހަރާގެ އަޑީގައިވެސް އިންޑިޔާ ތިބުން ގާތް

    50
    13
  3. އިންޓަލް

    އިންވިސްޓިގޭޝަންކުރޭ އެއިރުން އިނގޭނީ؟ ބަގްލަދޭޝް ކޮންމެ ރައްޔިތަކީވެސް ރަގަނޅު ބައެއްކަމަށްދެކިގެންނުވާނެ..ވިޔާނުދާ ޖަނަވާރުން ވެސްއުޅޭ ތިމީހުންތެރޭގައި މާގަދަވެގެން

    45
    4
  4. ޔާމީނު

    ބަންގާޅީންގެ ބަލާވެރިކަމާހެދި ދިވެހިންނަށް ދިރިއުޅެން ދަތިވެއްޖެ. ބަނގުލަދޭސް މީހުން އެތައް ދިވެހިންނެއް މަރާފި. ދިވެހިންނެއް ނުކުރެ މުޒާހަރާއެއް އެމީހުންނާ ދެކޮޅަކަށް. ނުވިތާކަށް މިޔަދު އެނުުކުތީ މުޒާހަރާއަށް. އެމީހުންގެ އެންމެ މީހެއްގެ ދިފާއުގަ. ލަދެއް ހަޔާތެއްވެސް ނެތްބައެއް.

    41
    21
    • ޏ

      ދިވެހިން މެރި ބަނގުލަދޭޝް މީހުން މާގިނަ.. ދިވެހިންނަކަށް މިކަމުގާ ކިޔޭނެ އެއްޗެއް ނޯންނާނެ. ދިވެހިން ސީލީމަވެސް ދޮވެދެނީ އެމީހުން..

      20
      36
  5. ފައްލަންބޭ

    މުޒާހަރާ ކުރިޔަ ދީގެން ނުވާނެ، ހުއްޓުވަންޖެހޭނެ، ތިކަން އާދަޔަކަށް ހަދާފާނެ.

    55
    5
  6. ބޮޑޭ އަހައްމަދު

    ކަލޯމެން ކަލޯމެންގެ މީހުން މެރީނާ މުޒާހިރާ ނުކުރާއިރު ޕާކިސްތާން މީހަކު ކަލޭމެންގެ މީހަކު މެރީމާ މުޒާހަރާ ކުރާކަށް ނުޖެހޭ! މިރޯދަމަހު މާ އުނދަގޫ ނުކޮށް ރަށަށް ކަޑާލާށޭ! މިބުނީ އަޑުއިވިއްޖެތަ؟

    46
    9
  7. ރަބަރޭ

    ބަނގުލަދޭޝް މީހަކަސް ރާއްޖެތެރޭގެ މީހަކަސް މާލޭ މީހަކަސް އިންސާފު ހޯދާ ދޭންޖެހޭނެ ޕާކިސްތާނު މީހުންނަކީ އަދި މާނުރައްކާ ބަޔެއް

    26
    4
  8. ޙަޒާ

    ތިމީހުން ކޮންޓްރޯލްކުރަން އިންޑިއާ ޕޮލިހުންނާއި ނަރުހުން ނެރެންވީއެއްނުން ؟

    12
    2
  9. ދިވެހިން ގައުމު ހަލާކު ކޮއްލީ

    މި ގައުމުގަ ވިސާ ނެތި އެހާގިނަ މީހުން އުޅެނީ، ގައުމު ހިންގަން ހަވާލުވެގެން ތިބި މީހުންގެ ފީކަޅާ ކަމުން. ހަމަ އެސަބަބު މި ފެންނަނީ އަނެއްކޮޅައް! މި ގައުމުގެ އިންސާފު، އަދި އަމަން އަމާން ކަން ބެލުން ފޫގޮއްސަ މިއޮތީ ކަމައް ހަވާލުވެ ތިބި މީހުންގެ ކަމައް އެކަށޭނެ ފެންވަރު ނެތުމުން!

    11
    1
  10. ސަޓޯ

    ކަރުނަ ގޭސް އަޅާލާ... ޕީޕީއެމް ގެ ބަޔަކު އެކަނި އެއްވީމަކާއެއް ނޫން މިރުސް ދުން އަޅާނީކީ... އެމްސީ ހަމީދޫ....

    13
    2