ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލަން އެމްޑީޕީ މެމްބަރުން ބޭނުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގެ ފޯރި މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ.

ދެ ބޭފުޅުންގެ ތެރެއިން އިންތިއަކީ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިސް ވަޒީރެކެވެ. އިންތިހާބުގެ މި ދުވަސްވަރު އިންތިގެ ޓީމުން ގެންދަވަނީ ފައްޔާޒަށާއި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ.

ނިހާދު ރޭ ފަތިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ހަތް އަހަރު ވަންދެން އަނިޔާ އާއި ވޭނުގައި އުޅެފައި ޖާނާއި މާލުން ގުރުބާންވެގެން ގެނައި އެމްޑީޕީ ސަރުކާރު ވައްޓާލައި އަނިޔާއާ ކުރިމަތިލާން އެ ޕާޓީގެ މެމްބަރުން ބޭނުން ނުވާނެ ކަމަށެވެ.

ފައްޔާޒަށް ތާއީދު ކުރައްވާ ނިހާދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ސަރުކާރާއެކު ޕާޓީ ހިންގައި އުފާވެރިކަން ލިބިގަންނަންވީ ކަމަށެވެ.

"ސަރުކާރާއެކު ޕާޓީ ހިންގާލައިގެން އުފާވެރިކަން ލިބިގަންނަމާ،" ނިހާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޕޮގުބާ

    ސަރުކާރު އޮތީ ފެއިލްވެފަ އެއީ ވެއްޓްމަށްވުރެ ނުބަިކަމެއް

    7
    1
  2. ރަން ރީނދޫ

    މިއީ ވަރަށް ޖާހިލު މީހެއް. ބޭނުން ނުވިޔަސް ވެރިކަމުގައި އަބަދަކު ނުތިބެވޭނެ.

    3
    1
  3. ާއަލީ

    ޢެމްޑީޕީ މެމްބަރުން ބޭނުން ނުވިޔަސް ރައްޔިތުން ބޭނުން ވަނީ ވައްޓާލަން

    5
    2
  4. އަޙްމަދު

    ކަލޭމެން އަމިއްލައަށް ކަލޭމެންގެ ވެރިން ވައްޓާލާ!

    4
    2
  5. Anonymous

    އެމްޑީޕީ ގެ ވެރިކަން ވެއްޓިދާނެތީ މީނަ ހާދަ ބިރުގަނޭދޯ؟ރަނގަޅުގޮތުގައި ގެނެވުނު ސަރުކާރެއް ނޫންތިއަކީ.

    5
    2
  6. Anonymous

    އެމްޑީޕީ އުފެއްދީ ވަކި މީހަކު ވެރިކަމުގަ ހުންނަންހެން ހީވާކަހަލަ ގޮތަކަށް ނަސީދުއާ އަދި މަދު ބަޔަކު ގެ އަމަލުތަށް ހުންނަ ގޮތުން ހީވަނީ

  7. ބޮޑުބެ

    ޢަންނި ގެ އަމަލްތަށް ހުންނަގޮތުން ހީވަނީ އެމްޑީޕީ އަކީ އަންނި ވެރިކަން ކުރަން އަހަރުމެން އުފެއްދި ޕާޓީއެއްހެން

  8. ބޮޑުބެ

    ވަގުތުގަ ޖަހަނީ ވަކި ގޮތަކަށް ކުރާ ކޮމެންޓް