ޗާގޯސް ރާއްޖޭގެ ތަނަކަށް ވެއްޖެނަމަ ފައްޅި އަޅަން ޖެހޭނެ ކަމަށް ވިދާޅުވެ ޗާގޯސްއާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯޒް އޮފް ދަ ސީޒް (އިޓްލޮސް)ގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ "ދަ ޑިމޮކްރެޓްސް" ގެ އިސް ބޭފުޅުންނަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ނިހާދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗާގޯސް ރައްޔިތުންނަކީ މުސްލިމުންނެއް ނޫން ކަމަށެވެ. އެހެން ކަމުން ޗާގޯސް ރާއްޖެ ތަނަކަށް ވެއްޖެނަމަ ފައްޅި އަޅަން ހުއްދަ ދޭން ލާޒިމް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ގެ ހަރަކާތުގެ ބޭފުޅުން ގައުމު ހަލާކުކުރަން އުޅުއްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. "އަލަމްގިރި ފެކްޝަނުން ކުރާ މަސައްކަތަކީ ދީނީ މިނިވަންކަން ހޯދައިދިނުމުގެ އެތައް މިލިއަން ޑޮލަރެއްގެ މަސައްކަތެއް. ގައުމު ހަލާކުރުން ނޫޅުމަށް އާދޭސް ކުރަން." ނިހާދު ވިދާޅުވި އެެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ވަނީ "ފޯޅަވަހި ކޯލިޝަން" އެއް ހަދައިފަ އެވެ. ފޯޅަވަހި ކޯލިޝަންގައި ހިމެނެނީ ޕީޕީއެމް/ޕީއެންސީ، އެމްއެންޕީ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މހައްމަދު މުނައްވަރެވެ.

ކަނޑުގެ މައްސަލައިގައި ބޮޑު ޖަލްސާއެއް އެ ކޯލިޝަނުން މިރޭ ބާއްވާނެ އެވެ.

އެ ކޯލިޝަނުން ބުނާގޮތުގައި އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ވަނީ ގެއްލިފަ އެވެ. އެހެންވެ އެ ސަރަހައްދު އަލުން ހޯދަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަހްމަދު

    ބަލާ މޮޔަކަލޭގެ! މިއުޅެނީ ޗާގޯސް ނުލިބިގެންނެއްނުން!! ދިވެހި މަސްކަނޑު ވިއްކާލައިގެން އެކަމާ ކަންބޮޑުވެގެން މިއުޅެނީ! އެއީ ކަލޭމެންގެ ތަރިކަމުދާ ހިތުހުރިހޮތަކަށް ވިއްކާލީ! ވިއްކި ވާހަކަ ދެއްކީ ކަލޭމެންގެ ޕާޓީގެ މެމްބަރުން!

    45
    5
  2. Anonymous

    ނިހާދު ކަލޭ ބޯގޯސް ވާހަކަ ނުދައްކާ ކަލޭމެން ތިޔަތިބީ މަދު ފައިސާކޮޅަކަށް އިންޑިޔާއަށް ރާއްޖެ ވިއްކާލައިގެން ކަލޭމެންގެ ޖީބް މުއްސަދި ކޮށްގެން!

    16
    3
  3. ލޮލް

    ހަމަ ފައްޅި އަޅާއިރަށް އެތަން ހުޅުވަން އެންމެކުރީ ސަފުގައި ހުންނާނީ ނިހާދުކަމަށް މިބަލަނީ.

  4. Anonymous

    ބުރާންތިން ރަނގަޅު ވަނީ ހަނުހުރިއްޔާ. ކޮބާތޯ ޤައުމީ ލޯބި.
    އަމިއްލަ އެދުމުން ފޯވެފައި ތިބޭ މީހުންނަށް ޤައުމީ މިނިވަންކަމެއް ޤައުމީ ލޯތްބެއް ނޭނގެ.

  5. ރަން ރީނދޫ

    ނިހާދު ބަހައްޓާނީ ފާދިރީއަކަށް. ފައްޅި އެޅިޔަސް ނޭޅިޔަސް ޗާގޯސް އާއި މަލިކު ދިވެހިންނަށް ލިބެންޖެހޭ.

    17
    3
  6. ޢަހު

    ވެރިކަން ބަދަލުވެއްޖެ ނަމަ މިކަލޭގެ ޖަލަށް ލާން ޖެހޭނެ

    14
    3
  7. މަކަލޭލީ

    އަނހަ !! ބޯބުރާންތި ކޮންތާކު ތިއުޅެނީ؟؟ ހާދަ ސުރުހީއަކުން ނުފެނެއޭ. މަރުމޯލު އަނެއްކާވެސް ކޮންމެސް މޮޅު އެއްޗެއް ބުނެލީދޯ. !!

  8. ބޭރި

    ކަލޭ ތިޔައުޅެނީ ފައްޅި ނޭޅިގެން އަހަރެމެން މިމުޅެނީ ނުއަގުގަ މަސްކަނޑު ވިއްކައިގެން.

  9. އުގުރި

    މިކަހަލަ ނުބާވެގެއްވާ ހުރިހާ ވާހަކައެއް މިމީހުން ދައްކާނެ..

    13
    2
  10. ހަނި

    ކާލޭމެންނަ ދެވަނަ ދައުރެއް ލިބިޖެޔާ ގެރި މޯޑީގެ. އޯޑަރަށް ބުދު ފައްޅި ހަދާނެއެވެ

    13
    3
  11. އައްޔަ

    ޗާގޯސް އެއްނޫނޭ މިއުޅެނީ ބޭނުންވެގެނެއް! ކުރިން އޮތް މަސްކަނޑު ވިއްކާލައިގެން މި އުޅެނީ.

    14
    2
  12. އއ

    އެއްމެރަނގަޅުވާނީ ސާލިހުދޫކޮއްފަ ރައްޔިތުންގެ ފަޅިއައްއަރާ ސާލިހުއައް އެއްޗެހިކީމަ !! ތިކުރަނީ ބޭކާރު މަސައްކަތެއް ސާލިހު ދެން މިގައުމުގެ ވެރިކަމައްނާންނާނެ.!

    16
    3
  13. Anonymous

    ފައްޅި އަޅަންވެސް އުޅުނީ ތިލާދީނީ ބައިގަނޑު

    15
    3
  14. ނަން

    ހާދަ ޖާހިލު މީހުން އުޅެޔޭ ދޯ. އެހެން ދީންތަކުގެ މީހުންނަށް މި ރާއްޖޭގައި ވެސް އުޅެވެން ވާނެ ނު؟

    1
    4
  15. ދފދ

    ކަލޭމެނަށަ ރަނގަޅޭއްނު