އައްޑޫ ސިޓީގައި މިހާރު ހިންގަމުންދާ ބިޔަ މަޝްރޫއުތަކާއެކު ދެވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދޭން ލާޒިމް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ،

ނިހާދު އެގޮތަށް ވިދާޅުވީ އައްޑޫގެ ބިން ހިއްކާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ޓުވިޓާގައި ހިއްސާ ކުރައްވަމުން ނެވެ.

ނިހާދު ވިދާޅުވީ ގަބޫލުކުރަން ދަތި ވިޔަސް މުޅިން އެހެން އައްޑޫއަކަށް އައްޑޫ ބަދަލުކުރަން ފެށުނު މަސައްކަތް މިހާރު ނިމެމުން ދާން ފަށައިފައިވާ ކަމަށެވެ، އަދި އެ ބިޔަ މަޝްރޫއުތައް ނިންމައި ހަގީގީ ސިޓީއެއްގެ ކުލަ ޖެއްސެމުންދާ ކަމަށެވެ.

އެހެންކަމުން އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ. "ރައީސް އިބްރާހިމް މުުހައްމަދު ސޯލިހުއަށް ދެވަނަ ދައުރެއް ދިނުން އައްޑޫ ރައްޔިތުންނަށް ލާޒިމް. މަސައްކަތް ހުއްޓޭކަން ނޭދެން" ނިހާދު ވިދާޅުވި އެވެ.

އައްޑޫގައި މިހާރު ހިންގަމުންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ބިން ހިއްކުމުގެ މަޝްރޫއެވެ.

އައްޑޫފެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށީ މި މަހުގެ ކުރީކޮޅު އެވެ. މިމަޝްރޫއުގައި މަރަދޫއާއި މަރަދޫ-ފޭދޫގެ ބިން ހިއްކައި 76 ހެކްޓަރު ވަނީ އިތުރުކޮށްފަ އެވެ،

އޭގެ އިތުރުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ވެސް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އައްޑޫގެ ފަތުރުވެރިކަން ތަރައްގީ ކުރަން 6000 އެނދު އިތުރުކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

ސަރެެކާރުން ބުނާގޮތުން އައްޑޫގައި މިހާރު ހިންގަމުންދާ މަޝްރޫއުތަކަށް ކުރާ ހަރަދު އުޅެނީ ބިލިއަނުން މަތީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހަގީގަތް

    އައްޑޫ ރައްޔިތުންނަށް ލާޒިމެއް ނޫން

    27
  2. ކުރުކޮށް

    ނިހާދު ގޭގައި ގޮނޑިއެއް ބަހައްޓާފަ އިބްރާހީމް އޭގަ ވެޑުވާ

    25
  3. ހުސޭނުބޭ

    ފުރަތަމަ ކަލޭގެ ބޮލަށް ބޭސްކުރޭ! ތިހުރީ ބޯގޮވާފައި!

    27
  4. ޕޮގުބާ

    އައްޑޫ ރަށްޔިތުން އެކަނި ވޯޓް ލައިގެންތަ ރައީސް ހޮވަނީ ފަސްއަހަރުގެ ރައުރެއް ނިންމާލީމަ ހައްގުކަންބޮޑީ ޖަލު

  5. ހަސަނު

    މަބުނީ ކަލެޔަށްތަ އެނގެނީ..؟؟ އެމީހުންގެ ޙައްލަކަށް އަރައެއް ނުގަނެވޭނެ..ތިގޮނޑީގަ ތިއިނީވެސް އެންމެން ވޯޓުދީގެން ނޫނެއްނުދޯ؟؟ އެހެންވީމަ ހޮޅި ވާހަކަ ނުދައްކާ އެމީހުނަށްވެސް ދެއްވިޙަގެއް އެމީހުން ބޭނުންމިހަކަށް ވޯޓުލެވޭނެ..ކޮންމެ ވެރިޔަކުކަމެއް ކޮއްްދިނަސް ކޮއްދެނީ ރައްޔިތުންގެ ލާރިން...ފެންނަން ލާޒިމެއް ވާޖިބެއް ގޮވާކަށް...ތިމީހުނަށްވާޖިބު އިސްލާމްދީނާ ދެކޮޅުކޮންމެކަމކާ ދެކޮޅަށް ބަސްބުނަން ބުނެވޭތޯ؟؟؟ ލިބޭފައިދާބޮޑީދެއްތޯ؟؟؟

    22
  6. ސޯލޭ

    ސޯލިހު ވެރިކަމުން ބާލަން ދިވެހި ރައްޔިތުންނައް ވާޖިބު މިހާރު ކަޑަތަ ނިހާދޫ

    26
  7. މަކަލޭލީ

    އެކީއްވެ؟ ކަލޭގެ އަންބޮނޑި ބޮޑުކުރަން؟؟ އެނޫން އެއްވެސް ސަބަބެއް ނެތް.

    24
  8. ނޫނޭ ނުލަފާ

    ކަލޭ ލާޒިމުކޮށްގެން ހުރޭ!!!. އައްޑު ރައްޔިތުން ނޫޅެ ހބލ ވެގެން.

    25
  9. މާމީ

    ދެވަނަ ދައުރު ކީއްކުރަންތޯ މުޅިއުމުރު ގަސޯލިހައް ވެރިކަން އެކަމަކު ބޭފުޅާ ކަހަލަ މަރުމޯލަކައް އިތުރު ދައުރެއް ދޭކައް ލާހިކެއްނޫން

    19
  10. ްއަލީ

    އެއީ ކީއްވެ..
    ރާއްޖޭގެ މަސްކަނޑު ވިއްކާލީމާތަ ނޫނީ
    މާލެއިން ގޯތި ދެނީއޭ ކިޔާފަ، މާލޭގެ ތަނަވަސް ބުރިބުރި އަށް ހަދާފައިވާ މީހުންނަށް ބިންތައް ބަހާލީމަތަ
    ނޫނީ މާލޭގެ ރައްޔިތުނަށް ދޭންއޮތް ބިންކޮޅު އިންޑިޔާ މީހުނަނަށް ބަހާލީމަތަ..
    ނޮހޮވޭނެ، ނޮހޮވޭނެ

    24
  11. ވާނުވާ

    އާން މަށަށް ވެސް ފެނޭ. ކަލެޔަށްހުރި ދައުރު ނިމުނީ ކަމަށް ބަލާތި.

    18
  12. ނިހާދު

    ބަލަނިހާދު ތިކަން ކޮއްދޭން ބުނެގެން އައްޑޫ މީހުން ވޯޓުދިނީ ނުވިއެއް ނުން އަދިވެސް ނުވޭ ކަލެއައް ފެނޭތަ އެއަޅާ ބުރިޖު ހެހެހެ ނިހާދު ކަލޭ ގޭ މީހުނައް ލާޒިމު ކޮއްބަލަ ބީތާ ނުވެ ކަލެއައް ފެނޭތަ ގައުމު ވިއްކާ ހުސްކުރާ ތަން ހެހެހެ ނުފެންނާނެ

  13. ދިބާ

    ހާދަ އަމުރުކުރާމީހެކޭމީ ދޯ

  14. Anonymous

    ހިންނަވަރު ކޮސް ދެވަނަ ދައުރަކަށް ހޮވަން އައްޑޫ ރައްޔިތުންނަށް ވާޖިބުވެއްޖެއޭ ބުނަނަް ކަލޭ ފަސްޖެހުނީތީ އައްޑޫ މެޖޯރިޓީ ރައްޔިތުން ތިބީ ހައިރާންވެ ކޮސްވެފައެވެ. ކަލެއަކަށް

  15. ާދަލޭކް

    ސަބަބު ބުނެދީބަލަ އައްޑޫ ކަނޑު ކިލަނބު ކުރީމަ ތަ މިހާރު އައްޑު އިން މަސްވެރިންނަށް އެމެއްނުނެގޭ މަހެއް ނުބޭނޭ މުޅިންވެސް ކަނޑާ އަވަލައިންގެން އުޅޭ ވެރިއެއް ކަނޑު މަތިއެޅީ ތޯއްޗެ.

  16. Anonymous

    ވޯޓް ކައިރި ވީމާ އަމާ ކީތީ ފަރަށް ދާ ވައްތަރަށް މަޝްރޫއު ތަކެއް ހިންގާ ކަމަށް ދައްކަށް މީހުން ހައްލަން! ނުހެއްލޭނެ! ކީއްވެ 5 އހަރު ފުރުމުގެ ކުރިން ގަން އެއަރޕޯޓް ތަރައްގީ ނުކުރީ! ނެތެއްނުން އިހުލާސްތެރި ކަމެއް !

  17. ހަނދާންނައްތާލާ

    މިފަހަރު ދެވަނަ ދައުރެއް ދެންޏާ ދޭނީ އިންޑިޔާ މީހުން ދިވެހިންނެއް ނުދޭނެ އިރާދަކުރެއްވިއްޔާ

  18. ނަރުގިސް

    ތިކަމާ 100% އެއްބަސް!