ދީނުގެ ހުދޫދުން ނެއްޓި މިނިވަންވުމުގެ ފިކުރެއް ބައެއް މީހުންނަށް ކުރެވޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ރޭ ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގައި، "ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެތިބުމަށް މަގެއް" މި މައުޟޫއަށް ތަގްރީރު ކުރައްވަމުންނެވެ.

ދުނިޔޭގައި އިންސާނުން ލެއްވި ހިސާބުން ޝައިޠާނާ އިންސާނުން މަގުފުރެއްދުމަށް ވަޢުދުވެ، ޤިޔާމަތާ ހަމައަށް ވެސް އެ މަސައްކަތް ކުރާނެ ކަމަށް ބުނެ އެގޮތަށް އެކަން ކުރަމުން އަންނަކަން ފާހަގަ ކުރައްވާ އަލީ ޒާހިރު ވިދާޅުވީ ޝައިތާނާގެ އަވައިގާ ޖެހިގެން އުޅޭ ބައެއް މީހުން ވެސް އުޅޭ ކަމަށެވެ.

އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފިކުރަށް މެދުވެރިވާ ނޭދެވޭ ކަންތައްތަކަށް ބައްލަވާލައްވަމުން އޭނާ ވިދާޅުވީ އޭގެ ތެރޭގައި ފިކުރު ތަޣައްޔަރުކޮށްލާ ފަދަ ކަންކަން ހިމެނޭ ކަމަށާއި ދީނީ ހުދޫދުން ނެއްޓިގެން މިނިވަން ވުމުގެ ފިކުރު ބައެއް މީހުންނަށް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އައުރަ ނިވާވުމުގައި އިސްލާމީ ޝަރީއަތުގެ މިންގަނޑުގެ ތެރޭގައި ތިބުމުގެ މުހިއްމުކަމާއި ބެހޭ ގޮތުން ވެސް ޝެއިހް ވަނީ ވާހަކަ ދައްކަވާފައެވެ.

މި ފަހަކަށް އައިސް ގިނަ ބަޔަކު ވާހަކަދެއްކުމުގައި ވަރަށް ހަޑިހުތުރު ބަސް ބޭނުންކުރާކަން ފާހަގަކުރައްވާ ޒާހިރު ވިދާޅުވީ މިކަން މިގޮތަށް ނުކުރުމަށް ނަސޭޙަތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިއީ ޒަމާނީ އޮއިވަރުގައި ޖެހި ހިނގަމުން އަންނަ ކަމެއް ކަމަށާއި އެފަދަ ހަޑިހުތުރު ބަސް ބޭނުން ނުކޮށް ވެސް ވާހަކަ ދެއްކުމުގައި އިސްލާމްދީނުގެ އަޚްލާގަށް ބަލައިގެން ވާހަކަ ދެއްކިދާނެ ކަމަށެވެ.

ޒަމާނީ އޮއިވަރުގައި ޖެހި އިސްލާމީ އަހުލާގުތަކުން ނެއްޓިގެން ދެވޭކަން ފާހަގަ ކުރައްވާ އޭނާ ވަނީ އަބަދުވެސް އިސްލާމީ ރިވެތި ގޮތްތަކުގައި މަތީގައި ދެމި ތިބުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަބްދުﷲ ޝަރީފް

    ޝައިޚްގެ އަގުހުރި ވާހަކަފުޅަށް ޝުކުރިއްޔާ! ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ތިޔަ ބޭފުޅުން ތިކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށި! އަދި މީސްތަކުންނަށް އެކަމުގައި ހެޔޮވިސްނުން ދެއްވައި ނޭދެވޭ ނުބައި ޢަމަލުތަކުން މުސްލިމު އުއްމަތް ސަލާމަތް ކުރައްވާށި!

    10
  2. ލޮލި

    ދީނީ ހެދުން އަޅުވައިގެން ސިޔާސީ ފިކުރުތައް ނެރެގެން ބުނާހާ އެއްޗެއް ގަބޫލުކުރަންތިބި ބަޔަކަށް ވިއްކާތީ އެކަމާވެސް ޝޭހު ވާހަކަދައްކާލަދީބަލަ!

    8
    1
    • Anonymous

      އެއީ ޝޭހެކޭ ޝައިހެއް ނޫން. ތަފާތު ދެނެގަންނަން ޖެހޭ. ޝޭހުން ދައްކާ ވާހަކަ އަޑު ނޭހުން ބުއްދިވެރި

  3. ސާމާނުބެ

    ދުނިއޭގެ އާބާދީގެ 7.9 ބިލިއަން މީހުންގެ 90% އަކީ ތިބުނާ ސައިތާނާ ކޮންޓްރޯލް ކުރާ ބައި

  4. ވީ

    މިނިވަން ކަމަކީ އިސްލާމް ދީން. ދީނުން ބޭރުވުމަކީ މިނިވަން ކަން ކަމުގައި މުނާފިގު އިލްމުވެރިއެއް ބުނުމަކުން ރައްޔިތުން ނުސިހޭނެ. ރައްޔިތުން ދަނޭ އިސްލާމް ދިނަކީ ހުރިހާ ހައްގުތަކެއް ފުރިހަމަ އަށް ކަނޑައެޅިފައި އޮތް ދީންކަން. ދީނުގެ ކަންކަން ބަދަލު ކުރަން ކުރެވެމުންދާ ކަންކަން ބަލައެއް ނުގަނެވޭނެ.

    1
    1
  5. Anonymous

    މޮޔަ ނުގޮވާ ކަލޯ!