މިދިޔަ ހަފްތާގައި މާލެ ސިޓީން ކޮވިޑް-19 އަށް ފައްސިވީ 37 މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާއި ހަމައަށް ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 288 މީހެކެވެ. އޭގެ ތެރެއިން 37 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ 205 މީހެކެވެ.

އެޗްޕީއޭގެ މައުލޫމާތަށް ބަލާއިރު، އެ ހަފްތާ އެއްވެސް މީހަކު ކޮވިޑްގައި ނިޔާވެފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް މަދުވެފައިވާއިރު، އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ ލުއިދީފައެވެ.

ރާއްޖެއިން މިހާތަނަށް 179،171 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު