ސަރުކާރަށް އިތުބާރު ލިބޭނީ ހިޔާނާތްތައް ބަލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހިޔާނާތްތައް ބެލުމަށް ގޮވާލާ މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަށް އިތުބާރު ލިބޭނީ ވެންޓިލޭޓަރ މައްސަލައާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަދަ މައްސަލަތައް ބަލައިގެން ކަމަށާއި އެމްޑީޕީ އާއި އަދި އެމަނިކުފާނު ވެސް އެދެނީ ސަރުކާރުން ހިޔާނާތްތެރި ނުވުމަށް ކަމަށެވެ.

"އެމްޑީޕީ އާއި އަދި އަޅުގަނޑުވެސް އެދެނީ ވަރަށް އާދައިގެ ކަމެއް. އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުން. އެކަކާއި އަނެކަކު ތަފާތު ނުކުރުން. އަނިޔާވެރިނުވުން" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވެފައިވާއިރު ދާދި ފަހުން އެމަނިކުފާނު ވަނީ ފާޅުގައި ސަރުކާރާއި ދެކޮޅަށް ނުކުންނަވާފައެވެ. އަދި މިއީ ފެތެމުންދާ ސަރުކާރެއް ކަމަށާއި އެމްޑީޕީއަށް ރަނގަޅު ގޮތަކީ ސަރުކާރުން ނުކުތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވަނީ އެޕާޓީގެ ޗެއާޕާސަންކަން ކަނޑައެޅުމަށް ބާއްވާ އިންތިހާބުގެ ފޯރިއާ އެކުގައެވެ. ޗެއާޕާސަން ކަމަށް ދެ ރައީސުންގެ ފަރާތުން ދެ ކެނޑިޑޭޓުން ވާދަކުރައްވާއިރު ރައީސް ނަޝީދުގެ ފަރާތުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ. ރައީސް ސޯލިހްގެ ފަރާތުން ވާދަކުރައްވަނީ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަލީ

    ދައުލަތުގެ 444 ރުފިޔާއަށް ހިޔާނަތްވެ އެކަމަށް އިއުތިރާފު ވެ، ދައުލަތުގެ އެއްބާރު އޮޅުވާލާގެން ހޯދާ އެބާރުގެ މައްޗަށް ވެރިވެހުރެ ބާކީ ދެބާރުގެ މައްޗަށް އަތް ފޯރުވާ ނުފޫޒު ފޯރުވާ ގައުމު ހިސޯރުކޮށްގެން ހުރެމެ ދެއްކޭ ވާހަކަ އެނގޭތޯ؟ އެމްއެމްޕީއާރުސީ ފައިސާ މީހުން ފޮނުވާގެން ނަގާ އެއިން މަންފާއާ ފައިދާ ހޯދައިގެން ހުރި މީހަކަށް ދެން ކޮންވާހަކައެއް ދެއްކޭނީވެސް

    10
  2. ައަޙްމަދު

    އޭސީސީ މަނިކުފާނު ދެއްކުމަށް އެންގި ލާރިކޮޅު ދައްކަވަފިންތޯ؟

  3. Anonymous

    މުޞީބާތްތައް މީސްތަކުންނަށް ކުރިމަތިވަނީ އެކިގޮތްގޮތަށް، މިއީވެސް ދިވެހި އުއްމަތަށް ޖެހިގެންއުޅޭ އެފަދަ މުޞީބާތެއް.

  4. ނިކަމެތި އަޅާ ޖޯޑުބިޖޯޑު

    ބަލަ ނައްޓުވެސް ފާޅުކަން ބޮޑު ގޮތެއްގަ ބުނި ކޮންމެވެސް ފަންޏެއް ގަސްދުގަ އެޅުވިވާހަކަ..ތިމައްސަލަ އިންސާފުވެރިކޮށް ބަލަންޏާ ނައްޓުވެސް ބެދޭނެ..ތިއީ އިންސާފުވެރިކޮށް ބެލޭނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ މިހުރީ ބަލަން..އެވެސް އުމުރު ހުސްވަންދެން...

  5. ކޮރަލް

    އަންނި ވެރިކަމަށް އައީ އެފްޕީއައިޑީގެ މައްސަލަ ބަލާނެ ކަމަށް ވައުދުވެ އެވެ. 3 އަހަރުގެ އަންނި ގެވެރިކަމެއް ވެސް ނިމިއްޖެ އެވެ. އެމައްސަލަ އެއް ނުބެލުނެވެ. ފުރަތަމަ ކުރަން ބުނި ކަންތައް ކޮށް ބަލާށެވެ. ބަހާ އަމަލާ ދިމާ ނުވާ މީހެކެވެ.

  6. ޙައްގުބަސް

    ޢެމްއެމްޕީއާރުސީގެ މައްސަލަ ބަލަނީ ކިހިނެތް!! އެމައްސަލާގައި މުގޫކަކުގައިވާ އަދީބު ޚިޔާނާތްތެރިވި ފައިސާއިން އެންމެގިނަ ފައިސާ ލިބުނު އެއްބަޔަކީ ޚުދު އެމްޑީޕީގެ އިސް ބޭފުޅުން!! އޭރުގެ އެމްޑީޕީގެ މަޖްލިސްގެ ބައެއް މެމްބަރުންވެސް ހިމެނޭ!! ޚުދު ރައިސް އިބޫއަށްވެސް ކަޅު ދަބަހުގައި އެތައް މިލިޔަން ރުފިޔާ ލިބުނުކަމަށް ގިނަބަޔަކު ތުހުމަތުކުރޭ!! އެލިސްޓުން އޭނާގެ ނަމާއި އެމްޑީޕީގެ ބައެއް އިސްފަރާތްތަކުގެ ނަންތައް ފުލުހުންގެތެރެއިން ހަމީދާ ރިޔާޒް ކިޔާ މީހަކުވެގެން އުނިކޮށްފައިވާކަމަށް ގިނަބަޔަކު ބުނޭ!! ދެން އޮތީ މިސަރުކާރުން ކޮވިޑްތެރޭ ކުރި އެތައް ވައްކަމެއްގެތެރެއިން ފަޅާއެރި ވެންޓިލޭޓަރުގެ 35 މިލިޔަން ރުފިޔާގެ ވައްކަން!! އެކަންކުރިކަމަށް ތުހުމަތުކުރެވުނު މިނިސްޓަރުންގެތެރޭ މިހާރު ފައިނޭން މިނިސްޓަރ ހިމެނޭ އަދި ފައްޔާޒު ކިޔާ މިނިސްޓަރެއް ހުންނަކަމަށްވަނީ!! އަދި އިބޫ ކިޔާ މީހަކަށްވެސް އެނގިގެންނޯ މިފައިސާ ދޫކޮށްފަވަނީ!! ދެން ކިހިނެތް މިކަންކަން ބަލަނީ!! ނަޝީދާ މިސަރުކާރުން އުޅޭތަން ފެންނަނީ ހަމައެކަނި ކުރީގެ ރައިސް އަދި މިހާރުގެ އިދިކޮޅު ލީޑަރު ޔާމީން އޮބިއެޅުވޭތޯ އަސްލު ވައްކަންކުރި ފަރާތްތަކާ ޑީލް ހަދައިގެން!! ނެތް މިސަރުކާރު ރަގަނޅުވާކަށް!! ހުސްވަގުން ތިބީ!! މާބޮޑަށޭ ވައްކަންކުރަނީ!! އިންޑިޔާއިން ދިވެހި ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އެއިންވެސް ކުރަނީ ހަމަ ވައްކަން ޑީލްހަދަައިގެން!!

  7. މަބޭ

    ބަލާނެނަމަ މިހާރުއޮންނާނީބަލާފަ ބަލައިފިޔާ އޮރިޔާންވާނީވެސް ސަރުކާރު

  8. ޝުއެއިބް

    ޖމރ އަށް އެއަރޕޯޓް ނުއަގުގައި ވިއްކި މައްސަލަ ނުުބަލާ ؟

    ޑެންމާކްގައި ދެއްކިވާހަކަ އެއީ ނުދައްކާ ވާހަކައެއް ؟

    ރާއްޖެހިފަން އިންޑިއާއަށްގޮވީ ކޮންބައެއް ؟

  9. ނޫންތަ؟

    މައްސަލަ ބަލައިގެން އިތުބާރެއް ނުލިބޭނެ. އެވައްކަމުގައި ޝާމިލުވާ ހުރިހާ އެންމެން ޝަރީޢަތަށް ހާޟިރުކޮށް ކުށްވެރިވާ އެންމެންގެ މައްޗަށް ޝަރީޢަތުގައިވާ ޙުކުމް ތަންފީޒުކޮށްގެން ނޫންގޮތަކަށް އިތުބާރެއް ނުލިބޭނެއެވެ.

  10. ޙަނދުކޭތަ

    ކަލޭ ކައްވާލިވަރު ރައްޔިތުންނައް ހާމަކޮއްބަލަ ރައްޔޮތުންގެ އިތުބާރު ބަެނުމިއްޔާ މުޅިދައުލަތް ހުލިއަރުވަނީ މީނަ ދުއްޕާންބޮޑު މީހެއްމީ

  11. އަންތަރީސް

    100 ގެ ވާހަކައެއް އެކަމަކު ހިއެއްނުވޭ ބެލިދާނެހެނެއް

  12. ވާނުވާ

    ކަލޭތީ މިހާރު މި މާލެ މަގުތަކުގަ އުަޅޭ ބުޅާތަށްވެސް ބަލައިގަންނަ މީހެއްނޫން ދެން ކިހިނެއް މިހާރު ކަލޭ ދައްކާވާހަކަ އަހަރުމެން ބަލައި ގަންނާނީ
    ތިޔަހެން ސަފުން ވާނަޗޯ ވެގެން
    މުޅި ގުލްސަނަށް ސޮނިބާލަމުން
    ތިޔަހެން ހަދާ ގިނަ ދޮގުތަކުން
    ވެރިކަން ކުރަން ނޫޅޭ ކަލޭ

  13. ހަސަން ކުރުސީ

    އަދި ގާޒީހައްޔަރުކުރި މައްސަލަވެސް ބަލާ އެކަންކުރިމީހަކަށް އަދަބުވެސް ދޭންޖެހޭނެ.

  14. Anonymous

    ދެން މާބޮޑު މީހަކަށްވެގެން އިގިލި ދިއްކޮށްފަ ވަހަކަ ނުދައްކަވާ! ތިޔައީ މުޅިންވެސް ސިޔާސީ ވަފާތެރި ކެހިވެރިން !

  15. ރަން ރީނދޫ

    ކޮބާ އީވާގެ ފިރިކަލުންނަށް ދިން ޕްރޮޖެކްޓްތައް،އިންޑިއާ އިން ލޯނު ނަގައިގެން.
    ގޭދޮށު މަސްފެކްޓަރީ ކޮރަޕްޝަން ،ސިންގަލް ވިންޑޯ ކޮރަޕްޝަން ،މެޑިކަލް އިކްއިޕްމެންޓް ގަންނަން އެސްޓީއޯއަށް ދީފަ އޮތްވާ،އޭތި 25 މިލިޔަން ޑޮލަރު އަގަށް އިތުރު ވާގޮތަށް އެހެން ކުންފުންޏަކުން ގެނުވި ވައްކަން. މިހެން ގޮސް ހުސްނުވާނެ މި ލިސްޓު

  16. ޖާނޭ

    ހަމަ ސަމާލުކަން ހޯދަން. ވެރިކަން ނުލިބުމުން ޒާތް ޒާތުގެ ވާހަކަ ދައްކަނީ. ތިބޭބެ މިނިވަން ކުރަންވެސް ބޭނުން ކުރީ ހަމަ އެފައިސާއެވެ. ވީމާ، ބެލޭކަށް ނެތޭ. އަންނި.. ސޯލިޙް،

  17. އަޙްމަދު

    އެމްޑީޕީ ނަޝީދު ފެކްޝަނަށް ކިރިޔާވެސް 2023 އަށް ކުރިމަތީ ލެވޭނީ 2009 އިން 2011 ނިޔަލަށް ގެއްލިފައިވާ ފާއިސާ ހޯދާދީގެން! އޭރުގެ އޮޑީޓް ރިޕޯޓްގައި ގެއްލިފައި ނުވަތަ ނަގާފައިވާކަަމަށް ބުނާ ފައިސާ!

  18. ނާސިރު11

    ފަނި އެޅުވި ކަލޭގެ މައްސަލަވެސް ބަލަންވާނެ.

    2
    1