ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު "ގެއްލޭނެ" ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ދެއްވާފައިވާ ކަމަށް ވިދާޅުވެ އެމައްސަލަ ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހަޅައިފިއެވެ.

އިބްރާ މިފަދަ އިންޒާރެއް ރައީސް ނަޝީދަށް ދީފައިވަނީ ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި ދެމެދުގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި ވާހަކަތަކުގެ ތެރެއިން އިބްރާ ވަނީ ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފަހުގައި ރައީސް ނަޝީދު "ގެއްލޭނެ" ކަމަށް ވިދާޅުވެފައެވެ. އަދި ގައުމު ދޫކޮށް ރައީސް ނަޝީދު "ފެއްސޭނެ" ކަމަށް އިބްރާ ވިދާޅުވިއެވެ.

އެވާހަކަތައް ދެއްކުމަށް ފަހު އިބްރާ ވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކައިރީގައި ރައީސް ނަޝީދާއި ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަތައް ދަންނަވައިދޭން މުސްތަފާ އަރިހުން އެދިފައެވެ.

މިކަމާއި ގުޅިގެން ބޮންޑޭ ވިދާޅުވީ އިބްރާ އިންޒާރު ދީފައިވަނީ ނުބައި ނިޔަތެއްގައި ކަމަށެވެ.

ބޮންޑޭ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފަޅިން ނިކުންނަވާފައިވާ އިމްތިޔާޒް ފަހްމީ (އިންތި) އާއި ވާދަކުރައްވަނީ އިބްރާގެ ކޮއްކޮ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެވެ. އިންތިހާބުގެ ފޯރި ގަދަވަމުން ދާއިރު އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ބަދަލުކުރުން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މީޒްލީ

    އެއްކަލަ ބޭކާރު ވަގުތު އާއި ފައިސާ ހޭދަކުރަން އާ ދޮރެއް އެ ހުލިވާލީ! ދެން ތިޔަކަމަށޭ ކިޔާފަ ކޮމިޝަންތަކާއި ބޮޑެތި ބަޖެޓުގެ ފައިސާ ތަޅާ ބުރުއްސާނެ! މިއޮތީ ވާ ކަމެއް! ނިކަމެތި ރައްޔަތު މީހާ މިއުޅެނީ އަނގައާއި އަތާ ދިމާނުކުރެވިގެން!

    48
    1
  2. ނީކް

    ތާއީދު ގެއްލިފަ މިހާރުވެސް އޮތީ، އިބުރާ ބުނާހެން މީނާދެމް ފިލައިގެން އިންޑިއާ ނޫނީ ޔޫކޭއަށް ގޮސް އޮބޭތަން ފެންނާނީ.. އެ ގެއްލުނީތާ އެންމެންގެ ލޯމަތިން.. ކޮންމެހެން އެކަން މާ ބޮޑުކޮށްގެން ސިމްޕަތީ ގޭސް އަނބުރާނެކަމެއްނެތް..

    54
    1
  3. ޢާރޓް

    އިބޫ އަދި އަންނި އިންޑީޔާ ގެ ޑީލްގައި ދެބޯގެރި ދުއްވަނީ! ފެއިލަރުން 2 މީހުންނަކީވެސް. ޢެކުގައި

    40
    1
  4. ހުސްކުރާސޭލް

    އިބްރާގެނިޔަތް އަދި މޫސަގެވެސް ނިޔަތަކީ ނަޝީދު އެމްޑީޕީއިންބޭރުކުރުން.. ފަހަރެއްގައިވެސް ފުރާނަދުއްވާލުމެއްނޫން!!

    39
    2
  5. ނާސިރު11

    ޚަބަރުގެ ސުރުޚީވެސް ޚަބަރުވެސް ގޯސް. އިބްރާ ވިދާޅުވިކަމަށް އެހެން ނޫސްތަކުގައިވަނީ "ނަޝީދު ގެއްލޭނެ" ކަމަށް. ގެއްލުމާ ގެއްލުވާލުން އެއީ ދެކަމެއް.

    30
    2
  6. ޒާ

    ރައީސް ނަސީދު ރާއްޖޭގެ ސިޔާސީ ކަންކަމުގައި އުޅެން މިހާރު މިރާއްޖޭގެ ގިނަމީހުން ނޭދޭހެން ވަރަށް ހީވޭ.

    57
    1
    • ޙަސަން

      ހިޔެއް ނޫން ހަމަ ޔަޤީން

      17
  7. އަޖޭ

    މިފެން ނަނީ އަލިގަދަ ތަރިއެެެެއް އޮއްސެމުން ދާތަން

  8. ލުލު

    ފަޔަށް ހިނިއެރި ވަގުތު ނަސީދު ފޮޅާލެއްވިނަމަ ރަނގަޅުވީސް މިހާރު މިވަނީ މާ މަޗަށް ހިނި އަރާފަ ދެންދާނީ އެތާ ދައިގައްފާ ނިކަން މަޖާ ވާނެ

  9. Anonymous

    ޔާﷲ، ލާދީނީ މީހާގެ ނުބައިކަމާއި ނުލަފާކަމާއި އަނިޔާވެރިކަމާއި ސުންޕާކަމާއި މަގުފުރެދުމުން މިރާއްޖެ ސަލާމަތްކުރައްވައިފާންދޭވެ. އާމީން.

    22
    1
  10. ކުބެލިސަން

    ތިއިންތިހާބު ފައްޔާޒުއަށް ކާމިޔާބު ކުރެވިދާނެކަމަކަށް ނުފެނޭ

    7
    8
  11. Anonymous

    އަޅެ ކޮންމެވެސް މީހަކު ބުނެބަލަ. ޒައީމުއާއި މުސްތަޝާރުއާ ދެމީހުންގެ ޖެހި ފިތިގެން އެރި ކަހަލަ ހުޅުގަނޑެއް ނޫންތައް މިހާރު ރޯވާން މިއުޅެނީ.!؟

    4
    1
  12. ނަޒީ

    ނަޝީދު ގެއްލުވައިލުމުގެ އެންމެ ބޮޑު ރޯލެއްކުޅެނީ މައުމޫނުކަމަށް ނަޝީދު ޤަބޫކުރައްވަންތޯއެވެ؟

  13. އ އައުޓު

    މިގަމާރުފެށީދޯ، ބަލަ މަޖިލީހަލީ އެމްޑީޕީ ހަރުގެެއެއްނޫނޭ، ނޫނީ މައްސަލަބަލަން ކޯޓެއް ޕޮލިސްޓޭށަނެއްނޫން، ރައްޔިތުންގެ ފައިސާ ބަނޑު އަޅައިގެން ބޭކާރު ކޮސްތަޅަން ކަނޑުކޮހުން،

  14. ބޯހަލާކު

    ކެނެރީގޭ ނަޝީދާ ދިމާޔަށް މީހަކު ބަލާލިޔަސް އެވަނީ ނުބައި ނިޔަތެއްގަ ބެލިކަމަށް އެމައްސަލަ 241 ކޮމެޓީއާ ތަޙުޤީޤީ ހުރިހާ އިދާރާއަކުން ބަލަންޖެހޭ މީދެން ކިހާބޮޑުވެއްޖެ އާފާތެއްތަ؟ މިނޫނީ މީހަކު ނެތީތަ؟ ޤައުމެއްގެ ވެރިޔަކަށްވުރެ ބޮޑު ޚަރަދުކޮށް ސެކިއުރިޓީ ދީގެން މިޤައުމުގަ ގެންގުޅެްނީ މީ ޤައުމުގެ ވަލިއްޔުލް އަމުރައްވުރެ މުހިންމު މީހަކަށްވަނީތަ؟ޤައުމަށް ދިމާވެފަވާ މުސީބާތެއް

  15. އިންޑިޔާ އައުޓު

    އިންޑިޔާއަށް ޤައުމު ވިއްކާލާފަ ޤައުމު އަޅުވެތިކޮށްލާފަ އެވާހަކަތައް އޮށްބާލަން އަންނިޔާ އިބޫ ދެބޯގެރިދުއްވަނީ އެމްޑީޕީން ކުރާ ކަމަކީ ޔަހޫދީންގެ މަޝްވަރާއާއެއްގޮތަށް މީހުންގެ ވިސްނުމުގެ މިސްރާބު ބަދަލުކުރަން ދެބޯގެރި ދުއްވަނީ

  16. ރައްޔިތު

    ބޭކާރު ގޮތުގައި ރައްޔިތުންގެ މަޖިލީހާއި މެންބަރުންގެ ވަގުތު
    ހޭދަކުރުން އާއްމު ވެއްޖެއެވެ ދައުލަތުން ބޮޑު ޚަރަދެއް
    ކޮށްގެން ހިންގާ މުއައް ސަ ސާ އެއްގެ ކަންކަން ރައްޔިތުންނަށް މަންފާއެއް ނެތް ގޮތުގައި ބޭނުން ކުރެވިގެން
    ނުވާނެއެވެ މަޖިލީހުން ކުރަންޖެހިފައިވާ މުހިއްމު ކަންކަން
    މޭޒްމަތީގައި ބެހެއްޓުމަށްފަހު އަމިއްލަ މަ ސްލަހަތާއި ގޮށްމުށު
    ގޮތްތައް މަޖިލި ސް ތެރެއަށް ވެއްދުމުގެ ފުރު ސަތު ދެވިގެން
    ނުވާނެއެވެ.

  17. MDP

    އިބުރާ މާދަމާ ބޮމެއް ގޮއްވާލާނަމޭ ބުނި ކަމުގައި ވިޔަސް އެނުވާނެ ޓެރަރިޒަމްގެ އަމަލަކަށް، އެކަމް ނިކަމެތިމީހާ ހިނގާފައިދާގޮތަކުން ވެސް އެބަވޭ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް. އަދިވެސް މިއުޅޭ ގަމާރުންނަކަށް ނުވިސްނޭތަ ޑިމޮކްރަސީ ދީނަކީ އިންސާނުންނަށް އެއްގޮތަކަށްވެސް ކަމުދާ ދީނެއް ނޫންކަން. ބާރުގަދަމީހާ ކޮންމެ މީހަކަށް އިންޒާރު ދިނަސް ނުވޭ މައްސަލަޔަކަށް، ބާރުގަދަމީހާ ފަތުރުވެރިޔަކު ރޭޕް ކުރީމަވެސް ނުވޭ މައްސަލަޔަކަށް، ބާރުގަދަމީހާ 6 އަހަރުގެ އަންހެން ކުއްޖަަކާ ބެހުނީމަަވެސް ނުވޭ މައްސަލަޔަކަށް، އެކަމް ނިކަމެތި މީހާ އޮންނަންްޖެހޭނީ މައްސަލަ ނިމެންދެން ޖަލުގަ، އެއިވަރިހަމަ 12 އަހަރު ފަހުން މައްސަލަ ނިމޭ އިރުގަ މައްސަލަަ ސާބިތުނުވިކަމުގަ ވިޔަސް. މިދެން ކިހާ ބޮޑު މުސީބާތެއްތަ އަޅެ މި ޑިމޮކްރަސީ ކީ؟ އަޅެ އެންމެ ފަހަރަކު ވެއްޖެ އެންނު ވިސްނާލަން އިސްލާމް ދީނާ ޑިމޮކްރަސީގެ ތަފާތުކަން، އިސްލާމް ދީނުގަ ﷲ ގެ ޝަރީޢަތުގަ ހުކުމްތައް އޮތީ މިޑިމޮކްރަސީގަ ވާގޮތަކަށް ނޫން. އިސްލާމް ދީނުގަ ﷲ ބާވައިލެއްވި ގުރްއާން އޮތީ މުޅި އިންސާނިއްޔަތަށް، އެކަމް ޑިމޮކްރަސީގެ ގާނުނުއަސާސީ އޮތީ ހަމައެކަނި ނިކަމެތި މީހާގެ މަށްޗައް.

    ނުކެރޭނެ މިކަހަލަ ކޮމެންޓް ޖަހާލާކަށް.

  18. Anonymous

    ކިމް ގެއްލޭނެ ކަމަށް ބުނުން ބުއްދިވެރި