އިއްޔެ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި %50 މަސައްކަތް ނިމިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ނިމުނު ދައުރުގައި ވެސް ގިނަ ބިލުތަކަކާއެކު ގިނަ މައްސަލަތަކަށް ބަހުސް ކުރިއެވެ.

އެގޮތުން 28 ބިލެއް ނިމިގެން ދިޔަ ދައުރުގައި ހުށަހެޅި އިރު އޭގެ ތެރެއިން އަށް ބިލެއް ނިންމި އެެވެ.

އޭގެ އިތުރުން މެެމްބަރުން 10 ގަރާރެއް ހުށަހެޅި އިރު އޭގެ ތެރެއިން ދެ ގަރާރެއް ނިންމި އެވެ.

މެމްބަރުން ހުށަހެޅި މައްސަލަ ތަަކަށް ބަލާލާ އިރު 12 ކުއްލި މައްސަލައެއް ހުށަހަޅައި އެ ހުރިހާ މައްސަލައެއް ވެސް ނިންމި އެވެ. އަދި އާންމު އުސޫލުން 10 މައްސަލައެއް ހުށަހެޅި އިރު އޭގެ ތެރެއިން ހަތަރު މައްސަލަ ނިންމާފައި ވެއެވެ.

ނިމިގެން ދިޔަ ދައުރުގައި 35 ޖަލްސާ ބޭއްވި އިރު 170 ކޮމިޓީ ބައްދަލުވުން ބާއްވައިފައި ވެއެވެ. އޭގެ ތެރޭގައި ޖުމްލަ 131 މަސައްކަތް ހިމެނޭ އިރު 65 މަސައްކަތް ވަނީ ނިންމައިފަ އެވެ. އެހެން ކަމުން %49.6 މަސައްކަތް ނިންމާފައި ވެއެވެ.

ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އިއްޔެ ނިމިގެން ދިޔައީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރެވެ.

ކިޔުންތެރިންގެ ހިޔާލު