އިންޑިއާ އާއި ރާއްޖޭގެ މަޖިލިސް މެމްބަރުން ހިމެނޭ ފްރެންޑްޝިޕް ގްރޫޕެއް ހަދަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ގާނުނު ހަދާ މަޖިލިސް "ލޮކް ސަބާ"ގެ ރައީސް އޯމް ބިރުލާއާ ބައްދަލު ކުރައްވައިފައެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކަަށް ފަހު ދެ ގައުމުގެ ޕާލަމަންޓް މެމްބަރުން ހިމެނޭ ފްރެންޑްޝިޕް ގްރޫޕެއް ހަދަން އޯމް ވަނީ ހުށަހަޅުއްވައިފައެވެ.

އެ މަޝްވަރާތަކުގައި އޯމް ބިރުލާ ވަނީ ދެ ގައުމުގެ ދެމެދުގައި ޕާލަމަންޓްރީ ޑިޕްލޮމަސީގެ ގޮތުން އެއްބާރުލުން ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ހާރިޖީ ގުޅުން ތަކާ ބެހޭ ކޮމިޓީގެ ރައީސް އާއި މާލިއްޔަތު ކޮމިޓީގެ ރައީސް ވެސް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގަތުމަށް ބިރުލާ ދައުވަތު ދެއްވިއެވެ.

ރާއްޖޭގެ މަޖިލީހުގެ މުވައްޒަފުންނަށް ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީން ދިނުމާ ގުޅޭ ގޮތުން ބިރުލާ ވާހަކަ ދެއްކެވިއެވެ.

މަޖިލިސް މެމްބަރުން ހިމެނޭ ފްރެންޑްޝިޕް ގްރޫޕެއް އިންޑިއާއާ އެކު ހެދި އިރު މީގެ ކުރިން ޗައިނާގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންނާއެކުވެސް އެފަދަ ގްރޫޕެއް ހެދިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްނި

    ރައީސް އީދުބަންދުގަ މާފުއްޓައް ދިއުމަކީ އިދިކޮޅުމީހުނައް ލިބޭ ވަރައްބޯޑު ދެރައެއް ސަބަބަކީ ޕާޓީ މީހުން ނޫނީ އެއްވެސްކަމެއްގާ ބައިވެރިނުކުރާނެ މުޅީރަށުގާ ޕާޓީ ދިދައާއި ފޮތިދަމާފަ ވީމާ މިކަން ވަގުޓުން ވަގުތުން ވަގުތައް ހުއްޓާ ލުމައް ގޮވާލަން ޖާބިރޫ.....މިރައީސަކީ ވަކިބައެއްގެ ރައީސެއް މިކަންހުއްޓާ ލާ

  2. ގެރިޗޫ

    ތިހިނެއްނޫން ހަދަންވީ އިންޑިޔާމީހުނ މަޖިލީހުގާ އިސްލާމީ ގައުމެއްގެ ގާނޫނު ހަދަން ބައިތިއްބަންވީ ކަލޭ ހުންނާނީ ބޮޑުވަޒީރަކަށް ހެދިގެން ގެރި ހިފައިގެން

  3. ވަތަނީ

    ތިކަމުގައި ފޮރުވިފައިވަނީ ނުރައްކާތެރި މަގުސަދެކެވެ އިންޑިއާ ބޭނުންވާ ގޮތްގޮތަށް ރާއްޖޭގެ
    ގާނޫންތައް ބައްޓަންކޮށް މަޖިލީހުގެ ތެރެއިން އާނބަސް ހޯދުން ފަސޭހަކުރުމެވެ އެއްވެސް
    ފައިދާއަކަށްވުރެ ބޮޑަށް ތިކަން ބިނާވާނީ އިންޑިއާގެ ރޭވުންތަކުގެ މައްޗަށެވެ އަދި
    މިދަނޑިވަޅަކީ އިންތިޚާބުތަކެއް ދާދިގާތުގައި އޮތް ދުވަސްވަރެއްކަމުން އަދި އެމްޑީޕީ ތެރޭގައި
    ވެރިކަމުގެ ތޮޅުން ގަދަވެފައި ވުމުން ތިޔަކަމުގެ ފައިދާ ދެން ގިނައިން ނަގާނީ ނަސީދެވެ
    އެހެންނަމަވެސް ރައްޔިތުންނަށް އޮތް އުފާވެރި ޚަބަރެއް ނޫނެވެ.

  4. މޯހިރު ބެެލެން

    ތިޔައި ކަނޑައަޅައިގެން އިންޑިއާއަށް ރާއްޖެއަށް ނުފޫޒު ފޯރުވަމަށް ހުޅުވޭ މަގެއް.