ރާއްޖޭގެ ގައުމީ އެއާލައިން 'މޯލްޑިވިއަން' އަކީ ރައްޔިތުންގެ ކުރިމަތީގައި މިހާރު އިތުބާރު ގެެއްލިފައިވާ އެއާލައިނެކެވެ. މިހެން ކަންތައް މެދުވެރިވުމަށް އެ އެއާލައިނުން ވަނީ ވަރަށް ގިނަ ކަންތައްތަކެއް ގޯސްކޮށް ކޮށްފައެވެ. ގަޑިއަށް ފަރުވާތެރި ނުވުމާއި, ޓިކެޓުތަކުގެ އަގުބޮޑުވުމާއި, ކާގޯގެ ހިދުމަތުގެ ދޯހަޅިކަން މީގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް, މިހާރު އެ ކުންފުނިން ގޯސްކޮށް ކުރަމުން އަންނަ ކަންތައް ތަކުގެ ލިސްޓަށް އިތުރު ބޮޅެއް މިވަނީ އިތުރުކޮށްފައެވެ. އެއީ ރައްޔިތުން އަތުން ފައިސާ ފެލާލަން ތައާރަފް ކުރި މުޅިން އައު އުކުޅެވެ.

މިއަދު އޮތް މޯލްޑިވިއަންގެ ފްލައިޓަކުން ރާއްޖޭގެ ރަށަކަށް ދަތުރު ކުރި ފްލައިޓުގެ އެތައް ޕަސެންޖަރުންނެއް ވަނީ އެފަރާތްތަކާއި ކުރިމަތިވި ހާދިސާ އަޅުގަނޑުމެންނާއި ހިއްސާކޮށްފައެވެ. މީގެ ކުރިން 5 ކިލޯ އަށް ވުރެން ބަރު ނޫން ދަބަހެއް އިތުރު ފައިސާ އެއް ނުދައްކައި ހޭންޑު ލަގެޖުގެ ގޮތުގައި ފްލައިޓަށް އެރުވެއެވެ. އެކަމަކު މިހާރު އެކަން ބަދަލުވީތާއެވެ. މިއަދު ފުރަން ދިޔަ ބައެއް މީހުން އަތުން ވަނީ ހޭންޑު ލަގެޖަށް ފައިސާ ނަގާފައެވެ.

"މިއޮތް ހާ ދުވަހު މި ދަތުރު ކުރަނީ މި އެއާލައިނުން. އިތުރު ގޮތެއް ނެތްތާ. އެކަމަކު މީގެ ކުރިން ހަމަ މި ހޭންޑު ލަގެޖު ހިފައިގެން އަބަދުވެސް ދަނީ. ކިރިޔާ ލެޕްޓޮޕެއް ލެވޭނީ މިއަށް. އެކަމު މިއަދު މި ފޮށި ނޭރުވުން ހޭންޑު ލަގެޖެއް ގޮތަކަށް. އިތުރަށް ފައިސާ ދައްކާފަ ލަގެޖަށް ދޫކޮށްލަން ޖެހުނީ." "ވަގުތު' އާއި ވާހަކަ ދައްކަމުން މިއަދު ފްލައިޓުން ދަތުރުކުރި މީހަކު ކިޔައިދިނެވެ.

ނަން ހާމަ ނުކުރުމަށް އެދި އެމީހާ އިތުރަށް ކިޔައިދިން ގޮތުގައި ޗެކިން ކައުންޓަރުގައި ހުރި އަންހެން މުވައްޒަފު ބުނެފައި ވަނީ މިއަދު ފްލައިޓު ފުލްވެފައި އޮތުމުން ހޭންޑު ލަގެޖެއް ނޭރުވޭނެ ކަމަށެވެ. ފޮށީގައި ލެޕްޓޮޕް އޮތް ވާހަކަ ބުނުމުން ލެޕްޓޮޕް އެކަނި އަތަށް ނެގުމަށް ފަހު ފޮއްޓަށް ފައިސާ ދައްކާފައި ލަގެޖަށް ދޫކޮށްލަން އެންގި ކަމަށް އެފަރާތުން ބުނެފައިވެއެވެ.

ފުރަން ގޮސް ތިބި ބިދޭސީންތަކެއް| ފޮޓޯ: މޯލްޑިވިއަން

ހަމަ މި ފްލައިޓުން ދަތުރު ކުރި މީހަކު އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް ކުރި މެސެޖެއްގައި ބުނެފައި ވަނީ ޗެކިން ކައުންޓަރަށް އެކަނި ދިޔަ ހުރިހާ އަންހެނުން އަތުން އިތުރަށް ފައިސާ ނެގި ކަމަށާއި އެކަމަކު ތަންކޮޅެއް ހަށިހެޔޮ ފިރިހެނެއް ދިއުމުން އިތުރު ފައިސާ އެއް ނުނަގައި ހޭންޑު ލަގެޖުވެސް އަރުވަން ފުރުސަތު ދިން ކަމަށެވެ.

"ހޭންޑު ލަގެޖަށް ފައިސާ ނަގަން ވަރަށް މަސައްކަތް ކުރި. އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ފެށުމުން ކައުންޓަރުގަ ހުރި ކުއްޖާ ބުނި ނުފުރޭ ގޮތް ހަދާލަފާނަމޭ. އެތައް އަހަރެއް ވެއްޖެ ޑޮމެސްޓިކް ދަތުރުތައް ކުރާތާ. ދުވަހަކު ވެސް މިވަރުގެ ކަމަކާ ދިމަލެއް ނުވޭ" މައުލޫމާތު ދިން އިތުރު ފަރާތަކުން ކިޔައިދިނެވެ.

މޯލްޑިވިއަން އިން މީގެ މަސްތަކެއް ކުރިން ޑިމާންޑާއި އެއްވަރަށް ފްލައިޓުތައް ނުބޭއްވި, އެހެން އެއާލައިނުތަކުގެ ފްލައިޓުތައް ޗާޓަރު ކޮށްގެން ވެސް ބައެއް ފްލައިޓުތައް ބާއްވާފައިވެއެވެ. މިކަމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މިއީ އެ ކުންފުނީގެ ގެއްލުން ފޫ ބައްދަން ކުރި ކަމެއްކަން ނުވަތަ އެގަޑީ ޑިއުޓީގައި ތިބި މުވައްޒަފުން ޖީބަށް ފައިސާ އިތުރު ކުރަން ކުރި ކަމެއްކަން ސާފެއް ނުވެއެވެ.

މިކަމުގެ ބަހެއް ހޯދަން 'މޯލްޑިވިއަން' އަށް ގުޅާލުމުން ބުނެފައި ވަނީ އެ ކުންފުނިން ހޭންޑު ލަގެޖަށް އިތުރު ފައިސާ އެއް ނުނަގާނެ ކަމަށާއި އެ ކުންފުނިން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް, 'ވަގުތު' އަށް ހެއްކާއި އެކު އެތައް ޕަސެންޖަރުންނެއް ވަނީ މިއަދު ހޭންޑް ލަގެޖަށް ފައިސާ ނަގާފައިވާކަން ސާބިތު ކޮށްދީފައެވެ.

މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓެއް --

ރާއްޖޭގެ ގިނަ މަންޒިލްތަކަށް ދަތުރުކުރަން ޕަސެންޖަރުން 'މޯލްޑިވިއަން' އިހްތިޔާރު ކުރަނީ އެ މަންޒިލްތަކަށް އެހެން އެއާލައިންތަކުން ދަތުރުކުރަން ސަރުކާރުން ފުރުސަތު ނުދޭތީއެވެ. އެގޮތަށް އެކަން ކޮށްފިނަމަ އެއްވެސް ބަޔަކު އެ އެއާލައިން ހިޔާރު ކުރާނެ ކަމަކަށް ނުފެނެއެވެ.

އެތައް އަހަރެން ވެގެން ދިޔަ އިރު ޑޮމެސްޓިކާއި އިންޓަނޭޝަނަލް ދަތުރުތަކަށް އެއާލައިނުގެ ފްލީޓު ނުވަތަ ބޯޓުތަކުގެ އަދަދު އިތުރު ކުރެވިފައެއް ނުވެއެވެ. ހަތަރު އުދަރެސް ފެނުން ޖެހެން ފެށުމުން ބޭރުގެ ކުންފުންޏަކާއި މާޖު ކުރަން އުޅޭކަމުގެ އަޑުތައް އިވުނު އިރު މިކަމުގެ ސަބަބުން 'މޯލްޑިވިއަން' އޭ ކިޔާ އެއާލައިނު ވެސް ކުރިއަށް އޮތްތާ ފެންނާނެކަމާއި މެދު ސުވާލު އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

78 ކޮމެންޓް

  1. Anonymous

    ސުރުޚީ ވަރަށް ބޭ އަދަބީ ތިއަށްވުރެ ތާހިރު ކޮނއވެސް ލިޔެވުނީސް

    46
    78
    • މީޒްލީ

      ރައްޔަތުން ފެލަން ފެށީމަ ސުރުހީ ރަނގަޅެއް ނުކުރެވޭނެ ކަލޯގަޔާ! ތާހިރު ކުރެވޭނީވެސް ތާހިރުވާ ވަރަށް ހަޑިކޮން ހުރީމަ، ނުތާހިރު ކަމުންގެ ކޮބަޑިއާއި ދަބިލި ޖަހާ ހަރުވެފަ ހުރީމަކާއެއް ތާހިރެއް ނުވާނެ! ވ ސަލާމް

      62
      5
      • ކޮއްކޮ

        ބޭބޭ. "ދަބިލި" އެއް ނޫން ކިޔަނީ. "ދަމިލަ" ކިޔަނީ.

    • ތާހިރު

      ތާހިރު ކަމެއް ކުރި ނަމަތާ، ތާހިރުކޮށް ލިޔެވޭނީ. ކުރި ކަންތަކާ އަޅާ ބަލާ އިރު ސުރުހީ އަދިވެސް މާ ނަލަ

      60
      1
    • ބުރުގާ

      އޭ ބުއްޅަބޭ، ކަލޭ ތީ މޯލްޑިވިއަންއިން ލަގާލިބުނު މީހެއްނޫން. އެހެންވީމާ ކަލޭ މިތާ ދަލުބޭރުނުޖެހި މަޑުންހުރޭ...

      28
      1
      • ކަހަބު

        ތިބާބުނާހެކި ދުވަހަކުވެސް ނުފެންނަނީ
        މީހަކު ބުނި ، ރަމަޞާން މަސް ނިމުނުކަން އެގެނީ އިބިލީސްތައް ދޫކޮށްލީ، ފިތުނަވެރި ހަބަރުތަކާ ކަންކަން ފާޅުވާނެ
        މިކޮމެންޓް ޖަހާކަށް ނުކެރޭނެ

        4
        17
    • ސަމާލު

      ސުރުހީ އޮތް ވަރު ކުޑައީ، ގެއިން ކިރާއިރު 18 ކިލޯ އަރާއިރު އެމީހުންގެ ބެލްޓަށް ލީމަ 24 ކިލޯ އަރާ އެއިންވެސް ލާރި ކޮޅެއް ކާލެވޭތޯ ބަލާފަ އެ ހުންނަނީ.. މިކަމަށް ސަމާލުވާތި

      38
      1
      • ހެހެ

        އެހެންމަ އާނ ބެލްޓެއް ގަންނަން ވެލާނާ އެއާޕޯރޓްް އަށް އަންގާ.

        1
        1
  2. ސަމީ

    މީ މިހާރު ބާޒާރު މަތީ ނޫހަކަށް ވީތަ. މުއަށްޒަފުންގެ ސަބަބުން ކުންފުނިތަށް ބަދުނާމުވާފަދައިން ބައެއް ނޫސްވެރިންގެ ފަރާތުން ނޫސް ވެސް ބަދުނާމު ވެއެވެ.

    37
    30
  3. ނުރަބޯ

    އެއީ މޯލްޑިވިއަން ގެ މައްސަލައެއްނޫން. ރައްޔިތުން ފެލަމުންދާ ރީނދޫ ސަރުކާރުގެ މައްސަލަ އެކެވެ.

    64
    21
  4. ބުއްޅަބޭ

    އެބުނީނުން ހޭންޑްލަގެޖުން ލާރިނުނަގާނެއޭ، ރިކޯޑްތަކުން ނުދައްކާނެ ހޭންޑް ލަގެޖެއް! އެކަމަކު މުއައްޒަފުންނަށް އަންގާފަ އޮތީ “ލަގެޖައް” އިތުރަށްދައްކާ ލާރީގެ 50% އިންސެންޓިވްގެ ގޮތުގައި އެމުވައްޒަފަކަށް ލިބޭނެއޭ. އެހެންވެ މުއައްޒަފުން އެބަލަނީ އެލާރިކޮޅުލިބޭތޯ!

    50
    4
  5. ހޮޅި

    ޗެކިން ކައުންޓަރުގަ ތިއްބަވަނީ އެމް.އޭ.ސީ.އެލް ގެ މުއައްޒަފުން ނޫންތޯ؟؟

    27
    13
  6. Anonymous

    ތިތާ މުވައްޖަފުން ކަޓަށް ނަގަނީތަ އަނެއްކާ. މެނޭޖްމަންޓުން އެބުނަނީ 5 ކިލޯއަށް ވުރު ބަރު ނުވާނަމަ ނުނަގާނެ ވާހަކަ

    34
  7. އާދު

    ވަރައް ދޯހަޅި ތާކުންތާކު ނުޖެހޭ ބައެއް ގުރައުންޑު ގަވެސް ތިބޭނީ ފާޑެއްގެ ރަތް ޓީސާޓްތަކެއްލައިގެން ކަމެއްގޯސްވީ އެބެޗީ

    38
    1
  8. ހައްދުންމަތި

    މިހާރު ތިތަން ހިންގަން ހަވާލުވެ ތިހިރަ މިހާދަކީ

    ރާއްޖޭގެ އެންމެ ބޮޑު އެންމެ މުއްސަނދި ކުންފުނި ބަގުރޫޓުކުރި ކަލޭގެ..

    ދެންވާނެ ގޮތް ވިސްނާ ...

    އެމްޑީޕީއިން އޭނާ ތިތަނަށް ލާއިރަށް އެގިއްޖެ ތިތަނުގެ ދުވަސްދިޔައީކަން

    ވަރަށް ނާގާބިލު ބޮޑާމީހެއް.. ވިޔަފާރީގެ އަލިފުބާވެސް ނޭގެ

    37
    4
  9. އިންޑިޔާ އައުޓު

    ތިއައީ ސަރުކާރުން ރައްޔިތުންނަށް ހެޔޮކޮށް ހިތާ ވަރު ކުރާނެ އެއްވެސް ކަމެއް ނެތް ކަނޑުގައިލެއްވިއަސް ނަންގަވަންދެން އޮއްންޖެހޭނެ ރައްޔިތުންގެ ކުންފުނި ނަމެއް ފަގީރަށްގެރިދިންގޮތައް އެހެން ބަޔަކަށް ފުރުސަތު ނުދެނީ ރައްޔިތުންނަށް ފައިދާއެއް ވެދާނެތީ އިންޑިޔާ އައުޓު

    24
    2
  10. އަހުމިއްޓޭ

    ދިވެހި ރަގަޅަށް ނޭނގުނަސް ޝާނީމެން ބަލާތި ޚަބަރުލިޔެވޭތޯ. 🙂

    22
    3
    • ބޭބެ

      ކޮއިފުޅާ. މި ނޫހުގައި ނޫޅޭ ދިވެހިބަހުން ރަނގަޅަށް އެއްޗެއް ލިޔަން އެނގޭ އެކަކުވެސް.

  11. Anonymous

    ތިވާނީ "ވަގުތު ނޫހާ ވ.ރައްޓެހި" ވ.އަބުއި މީހަކު ފުރަންގޮސް ޖަގަޑާ ހަދާލީކަމަށް.

    18
    7
  12. ވަގުތު މަންމަ

    ވަގުތުގަ ހަބަރު ލިޔާކުދިންނަ މާބޮޱަށް އެގެނީ !
    މޯލްޱިވިއަންއިން ނުވަތަ އެއާލައިންތަކުން ހަދާފައިވާ މިންގަޱަށް ޗެކިން ލަގެޖާއި ހޭންޱް ލަގެޖް ގެންގޮސްގެން މޯލްޱިވިއަ ނުވަތަ އެހެން އެއާލައި ނަކުންވެސް ލާރިއެއް ނުނަގާނެ. ވަގުތުގެ މުވައްޒަފުންނަހީވަނީ ދަތުރުވެރިން ގެންދާ ހުރިހާ މުދަލަކީ ފުލައިޓއް އރާނެ މުދާކަމް މީކީ ޚަނޱު ބޯއްޓެނޫން އެހެން. ހޭންޱް ލަގެޖްވެސް ގެންދާ އުސޫލަކާ ހަމައެއް އޮވޭ، 5ކިލޯ ބަރުދަނުގަ ހުންނަން ޖެހެނީ ދެނބަލާނީ ބޮޱުމިނަށް ކަޅިވަތަ ނުލެވޭ ސައަޒުގެ ލަގެޖް ނުވަތަ ބަރުދަން އިތުރުވާ ހޭންޱް ލަގެޖް ޗެކިން ކުރަޖެހުމަކީ
    މޯލްޱިވިއަން ޒިންމާ ނަގަ ޖެހޭކަމެއްނޫން މަށަކީވެސް ތިކިޔާ ބޯއްޓުތަކުގަ ވަރަށް ދަތުރު ކުރާމީހެއް. މީހުންގެ ސަމާލުކަ ހޯދަން ވަގުތުގެ މުވައްޒަފުން ތިކުރާހއްވަރަށް ސާބަސް.

    26
    17
    • ވަގުތު އައްޕަ

      ކަލޭ ޑ ލިޔަން ދަސްކޮށްގެން ކޮމެންޓް ކުރަން އަންނަންވީނު، ތިވަރުންވެސް ނޫސްތަކަށް ބެވޭތޯ ބަލާތި،، ޑޱ އެއީ މުޅީން ދެ އަކުރެއް،،

      11
      1
  13. ޢަހޫ

    ޢާދަނު ދައްކާވާހަކަ ގަބޫލުކުރަން ދަތި މިހާރު. ޢަބަދުވެސް ބުންޏޯ ބުންޏޯ ގަ އުޅުއްވަނީ.

    3
    8
  14. ކަހުރަބ

    ލާދީނީ ވަގު ބާޣީ ޣައްދާރު ސަރުކާރު
    އިންޑިއާ އައުޓް

    23
    7
  15. އިއްބެ

    ވާހަކަ ދައްކާއިރު އަޑު ބަދަލު ވެގެން ކެބިން ކްރޫ ކައިރީ އެހީމަ ބުނީ ޕެކިން ތަކުން ލީކުވެ ޕްރެޝަރ ނުހިފަނީޔޭ! މީ ބޮޑުވަރު

    19
  16. އަލިބެއްޔާ

    ފްލައިޑް ޑިލޭވުމާއި އަންގާވެސްނުލާ ފްލައިޓް ބަދަލުކޮށްލުން.. ފަރުވާކުޑަކަމުގެ އިންތިހާ.. ފެލަނީ.. ސަރުކާރުން އެންމެން އެކައްޗެއް ކިޔާފަ..

    24
    1
  17. ހާމިދު ޝާހިދު

    "ރައްުޔިތުން ފެލަން" މިހެން ލިޔެވިގެން ނުވާނެ. ބާޒާރުމަތީ ބަސްތައް ނޫސްވެރިކަމުގައި ބޭނުން ކޮށްގެން ނުވާނެ. މިކަހަލަ ކަންކަންބަލާ ނަސޭހަތްލާދޭނޭ ކޮމިޝަނެއްވެސް މިރާއްޖޭގައި ނުހުރޭ ދެއްތޯ!

    21
    21
  18. ވަގުތު

    ކަބަރު ލިޔުން ބޭފުޅާ، އަދި އެއްފަހަރު މި ޚަބަރު ކިޔާލުން މުހިއްމު. ނޫސްވެރިކަމުގެ ރީތި އަދަބެއް ޢިބާރާތްކުރުމުގަ އެއް ނެތް. މިއަށްވުރެ ރީތި ޢިބާރާތްތަކުންވެސް މިޚަބަރު ގެނެސްދެވިދާނެ ކަމަށް ފެނޭ. ޝާނީ މިކަމާ ވިސްނާލުން އެދެން.

    18
    10
  19. މަހެދީ

    ތިޔައީ ފެލާޑިއަން. ތިޔަ މީހުން ކުރާ ކަމަކީ ބޮޑުންނަށް ބޮޑު މުސާރަ ދީފަ ދަށުން އަޅު މަސައްކަތް ކުރުވައިގެން ރައްޔިތުން ފެލުން

    20
  20. ޢަބްދުއްލަޠީފު

    މޯލްޑިވިއަންގެ މާލެ ޗެކިން ކައުންޓަރުން މަށައްވެސް ބިރު ދައްކާ ނުފުރޭނެކަމައް ބުނެ ފައިސާ ފޭރިގަތް. ދުވަހަކު ކޮޅުންވެސް ތިޔަ ބޮއްކުރާގަނޑުން ދަތުރެއް ނުކުރާނަން.

    17
    1
  21. 898

    މިއިން ދުވަހަކު ލިބުނުތަ ފެއަރ ޓިކެޓެއް

    18
    1
  22. ޖޯޖް

    ޙަބަރު ކިޔާލީމައިނގޭ ޕީޕީއެމް ވަގުން ފަތުރާ ދޮގު ހަބރުކަން

    5
    24
    • ޛުލަމާ

      ކަލޭ ފުރަތަމަ ރަނގަޅަށް ލިޔަން ދަސްކުރަންވީނު. "ޙަބަރު" ކިޔާ އެއްޗެއް ނޯވޭ. ކިޔަނީ "ޚަބަރު". ހާގެ މަތީގައި ތިކި އޮންނާނީ.

  23. އަޙްމަދް

    ތީވެސް ސިޔާސީ އުކުޅެއް!
    ތި އެއާލައިންވެސް ދެން އެއްމެ ރަނގަޅަށް އޮޕަރޭރުޓުކުރެވޭނީ އިންޑިއާ އާއި ހަވާލުކުރީމައެވެ.

    16
    3
  24. ބަރަވެލި

    ދެން ބާރައް އަތްޖަހާ ކޮނޑުހުޅުން ނެއްޓޭވަރައް

    18
  25. ޝާފީ

    ޢަޅުގަނޑު އިންޑިޔާއަށް ގޮސް އައުމަށް ޓިކެޓަށް 8400ރ ޗާޖުކުރި

    13
  26. އަޅުގަނޑުގެ ހިޔާލު

    އިއްޔެ އަހަރެން ދަތުރު ކުރިން މޯލްޑިވިއަން އިން، އެކަމަކު ނުނަގާ އެއްވެސް އެއްޗެއް އިތުރަކަށް، 5ކޖ އަށްވުރެން ބަރު ބެކްޕެކެށް ހިފައިގެން ދިޔައީ ހޭންޑް ލަގެޖް ގޮތުގައި.

    7
    7
  27. ޙައްގުބަސް

    މިއީ ވަރަށް ނޭއްގާނީ ސަރުކާރެއް!! މިސަރުކަރުން ހަމަ ރައްޔިތުން ފެލަނީ!! ރައްޔިތުންގެ އަތުން ހެސްކިޔާފަ ޓެކްސް އެބަނަގާ!! މުސާރަ ބޮޑެއްކުރަނީކީއެއްނޫން!! ތަކެތީގެ އަގު އިންތިހާއަށް އުފުލި ރައްޔިތުން އަތާއަނގަޔާ ދިމާނުވާ ހިސާބަތް ގައުމުގެ ހާލަތު ވެއްޓިއްޖެ!! ތިމަންމެން ޕާކްކުރާނެ ތަންތަން ދައްކާފަ ނޫނީ ރައްޔިތުން ޖޫރިމަނާ ނުކުރާނަމޭ ބުނެ އައި ސަރުކާރުން މަހަކު އެތައްމިލިޔަން ރުފިޔާ އެބަނަގާ ރައްޔިތުން ޖޫރިމަނާކޮށްގެން!! މޯލްޑިވިއަން ފްލައިޓުން މީގެ ކުރިން 25 ކިލޯ ޗެކެންގް ލަގެޖްގެ ގޮތުގައި ގެންދެވޭ ނަމަވެސް މިހާރު ޗެކިންގް ލަގެޖްގޮތުގައި ގެންދެވެނީ 20 ކިލޯ!! އިތުވާ ކޮންމެ ކިލޯއަކަށް 12/50 ރުފިޔާ އެބަނަގާ!! ޓިކެޓްގެ އަގު އިންތިހާއަށް ބޮޑު!! މިހާރު މިފެށީ ހެންޑް ލަގެޖްގެ ގޮތުގައި ގެންދާ އަތްދަބަސް ހާވާ އޭގެއިންވެސް ފައިސާ ނަގަން!! މިއީ ކޮންކަހަލަ ވެރިކަމެއްކުރާ ބައެއްތަ؟ ރައްޔިތުން ވާވައްދައިގެން ދޮގުހަދައިގެން އީސީ ޝަރީފްގެ އެހީގައި އައިސްފައިވާ ގައުމަށާ ރައްޔިތުންނަށްވެސް ޣައްދާރުވަމުންދާ މިނަހަލާލު ސަރުކާރު ބޭރުކުރަންޖެހޭ!! ދެން އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓެއް ނުދޭނަން ދުވަހަކުވެސް!! އިންޑިޔާއައުޓް#

    24
  28. އިއްބެ

    މޯލްޑިވިއަނުން ދާދި ފަހުން (2 އެޕްރިލް2022) ވަނީ އިންޑިޔާ އަށް ފުރަން ކުޑަކުދިން ތަކެއް ގޮވައިގެން ދިޔަ ދެ އަންހެނުންނަށްވެސް ތިކަހަލަ ހާލެއް ޖައްސާފައި ، ފުރަންދިޔަ މީހުންގެ ތެރެއިން 6 އަހަރުގެ ކުޑަ ކުއްޖަކަށް ނެގެޓީވް ޕީ.ސީ.އާރު ނަތީޖަ ނެތި ނުފުރޭނެ ކަމަށް އެންގީ ޗެކިން ކައުންޓަރުން . ނަމަވެސް 13 މާރޗު ގެ ފަހުން ޕީ.ސީ.އާރު ނެތި އެތަކެއް ބަޔަކާއި ، ކުޑަދިންނެއް އިންޑިޔާށް ދަތުރު ކޮއްފައިވޭ. އަދި ޓިކެޓް ނެގިއިރު ޕީސީ.އާރު ހަދަންޖެހޭތޯ ސުވާލު ކުރުމުން ފޮނުވި މެސެޖުގައި 6 އަހާރާއި 12 ދެމެދު (ވެކްސިން ނުޖެހޭ އުމުރު) ކުޑަކުދިންނާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް ނެތް. ޗެކިން ކައުންޓަރުން ތަކުރާރުކޮށް ވަރަށް ރޫޑުކޮށް ،ހަރުކަށިކޮށް އެންގީ ނުފުރޭނެ ކަަމަށް .އެދުވަ 2 އަންހެނުން ރޯދައަށް ތިބެ 3 އަހަރުގެ ދެ ކުޑަދިންނާއި ، 6 އަހަރުގެ ކުޑަކުއްޖެއް ގޮވައިގެން އެއަރޕޯރޓުން އަނބުރައި ފޮނުވާލީ. އޭގެ ސަބަބުން އިތުރަށް ފައިސާ ދައްކައިގެން ޓިކެޓް އެހެންދުވަހަކަށް ބަަދަލުކޮށް ، ޕީސީއާރު ހަދައިގެން ފުރަން ޖެހުނީ. މޯލއޑުވިއަނުން މިހާރު އަންހެންވެރިން ވީމައި އަޅާ ނުލާނެ ކަމަށް ބޭނުން ގޮތެއް ހެދީ.. މޯލްޑިއަންގެ ބަޔެއް ސްޓާފުން އަމިއްލަ ހައިސިއްޔަތުން އެއްބަސްވޭ އެދުވަހު ކަންތައް ހިނގައިފައިވަނީ ގޯސްކޮށް ކަމަށް. އެހެންކަމުން މި ކަމުގެ ގާނޫނީ ޒިންމާ ނަގަން ޖެހޭނެ. ް

    14
  29. މަންނާނު

    ތިއީ އުވާލަންވެފަ އޮތްކުންފުންޏެއް ރައްޔިތުން އަތުން ފެލަނީ ވަކިވަރަކަށް ނޫން މަ މިއުޅެނީ ރިފަންޑް ލާރިކޮޅު ނުލިބިގެން 5 މަސްތެރޭ ލިބޭނެ ކިޔާފަ ދިން ޑެޑްލައިން ހަމަވެގެން ގުޅާލީމަ ބުނީ ފައިނޭންސުން އަދި ހަމަ ނުޖެހެޔޯ. ޟަބުނީ މަށެއްނޫނޭ ޑެޑްލައިން ދިނީ ކަލޭމެނޭ ..

    16
  30. ޢަސްލު

    ޢަލްހާނުގެ ޕޮންޒީ ސްކީމަށްވުރެ މާނުރައްކާތެރި ބައެއްމީ މިމީހުންގެ ސަބަބުން އެތަށް ރައްޔިތުންނަށް ގެއްލުން ވަމުން އެބަދޭ. މިކުންްފުނި އުވާލަންޖެހޭ ނޭޝަނަލް ފްލެގް ކެރިއަރޭ ކިޔައިގެން ނިކަމެތި ރައްޔިތުން ފެލަނި.

    16
  31. ސަމްސިއްޔާ

    “ނުވަތަ އެގަޑީ ޑިއުޓީގައި ތިބި މުވައްޒަފުން ޖީބަށް ފައިސާ އިތުރު ކުރަން ކުރި ކަމެއްކަން ސާފެއް ނުވެއެވެ.” އެެއީ ކަންމަތީ ފިހާރައެއްނޫންދޯ. ތަންކޮޅެއް ޒިންމާދާރުކޮށް ޚަބަރުތައް ގެނެސް ދީބަލަ

    12
    5
  32. ބިސްބޮޑި

    މާ ރަނގަޅުވާނެ ގަޑިޔައް ޗެކިންއަށް ދިވެހިން ނާންނަ ވާހަކަ ލިޔަން. ހޭންޑް ލަޖެޱް ގަ 15 ކިލޯ ގެނެއްސަ މިބުނަނީ މީގެ 1 އަހަރު ކުރިން ގެނައީ މިއޭ.. ފަޅޮލޭ ކިޔާބަލަ.

    10
    6
  33. Kuday

    ފެއިލްވެފަ އޮތް މެނޭޖްމަންޓެއް ...އޮންލައިން ޓިކެޓެއްނަޣާއިރު ނަމުގަ އަކުރެއް ނުބައިކޮށް ޖެހުމުން އެބަބުނޭ އެޓިކެޓަށް ފުލައި ނުކުރެވޭނޭ ޢޭރު ޓިކެޓަށް ނިކަމެތި މީހާ އޮންނަނީ ލާރި ދައްކާފަ ދެން މިބުނަނީ އަލުން ލާރި ދައްކާފަ ޓިކެޓްނަގާށޯ ޖެހޭނި.. ދެން ކުރިން ނެގި ޓިކެޓްގެ ރިފަންޑް ކިބޭނެޔޯ ކަނޑަންވާ ފައިސާ ކަނޑާފަ ފަސް ހަމަހުގެ މުހުލަތެއް ދީފަ ބުނި ދުވަހައް ފައިސާ ޖަމާ ނުކޮށްދިން...މީހަކު ބުނި އެލިބުން އެއީ ނާދިރުކަމެކޭ ކީއްވެހޭ ޢަހާލީމަ ބުނީ އާ ފްލައިޓް ގަންނަނިއްޔޯ..

    16
  34. މަރީނާ

    މޯލްޑިވިއަންގެ ވެރިން އެހެން ވީމާ ތިބުނަނީ ރައްޔިތުންނޭ ދޮގު ހަދަނީ.

    12
  35. އައިމަން

    ޓިކެޓުވެސް ވަރަށް އަގުހެޔޮވިކަމަށް ވެރިން ވިދާޅުވެފައިވޭ ނަމަވެސް ޓިކެޓް ނަގަންގޮސް ފައިސާދައްކަން ޖެހެނީ ހެޔޮވީވަރުގެ ޑަބަލް އަގުބޮޑުކޮށް ފައިސާ ދައްކާފަ ކީއްވެތޯ އަހާލީމާ އަންގަނީ އަގުހެޔޮ ޓިކެޓް ނަގަންޖެހެނީ 1 މަސް ކުރިޔަށްކަމަށް އެކަމަކު 1 މަސް ކުރިން ނަގަންދާއިރު މުޅި އަހަރަށް ފުލް. މިކަމާ ހުސް ވާހަކަ ދައްކަދައްކާ ހަމަ ތިބެންވީތޯ

    12
  36. ނަޝީދު

    ސޯލިހު ސަރުކާރުން އަނގައިން އަގުހެޔޮކުރި ޓިކެޓްގެ ވާހަކަ ދައްކާނެ ބަޔަކުވެސް މިޤައުމަކު ނެތް. އެކަންވެސް 03 މަސްތެރޭ ހުއްޓާލައިފި. ބޮޑު އަގުގައި ދަތުރު ކުރާތާ 02 އަހަރު ފާއިތުވެއްޖެ. ފެއިލްވެފައި އޮތް ސަރުކާރެއް.

    12
  37. އަލީ

    މިވަރުވާއިރުވެސް ރައްޔިތުން ހީހީފަ އަތްޖަހަން ތިބެންވީހޭ؟ މިހާރު މިގައުމުގެ ރަޢޔިތުންނަށް މިވަނީ ކިހިނެއްވެފާބާވައޭ ހިތައްއަރާ. ގައުމާއި ރައްޔިތުން ހަލާކުވެދަނީ ހޭއަރާކަށް ނުވޭބާ ؟

    14
  38. މީހާ

    ހަބަރު ލިޔެފައިވާ ބަހުރުވަ ހާދަ ރީއްޗޭ ދޯ

    10
    4
  39. ވ.ހުސައިން

    ހަބަރު ލިޔެފަ ވަނީ ކަން ކުރަމުން އަންނަގޮތަށް. ނޫސް ކިޔާމީހުންނަށް އެގޭގޮތަށް ލިޔުމަކީ ވަރަށް ފުރިހަމަ ކަމެއް. މި ޚަބަރު ވަރަށް ބަރާބަރު.

    16
    9
  40. އަޙުމަދު.

    މާމޮޅު ވާހަކައެއް ކަމަށް ތިޔަ ގެނަސްދިނީ އެއްފަރާތުގެ އަޑު. ދެފަރާތުގެ އަޑުވެސް އާހާފަ ތި ޚަބަރު ގެނަސް ދިންނަމަ ރަނގަޅުވީސް. ޢަހަރެމެންގެ ލޮލަށް ފެނިފަ އެބަހުރި ހޭނޑްލަގެޖެކޭ ކިޔައިގެން އަތުން ހިފައިގެން ބޮއްޓަށްއަރާ އެލަގެޖު ބަރުކަމުން އޭގެ ވެރިމީހާއަށްވެސް ކެބިންގެ ގޮޅިަކަށްވެސް ނުލެވިގެން އެންމެފަހުން ފައިބުޑުގަ ބަހައްޓަން.ޖެހުނީ. ޢެއަރލައިން ތަކުގެ ޤަވާއިދަކީވެސް ބަދަލުވާ އެއްޗަކަށް ވާތި ކަބަރު ލިއުމުގެ ކުރިން އެކަންވެސް ބައްލަވާފަ ރައްޔިތުން ފެލަނީއޭ ކިޔައިގެން ކަބަރު ލިއުނު ނަމަ ރަނގަޅުވީސް.

    3
    7
  41. ހައްގު

    މޯލްޑިވިއެނުން ކޮވިޑުތެރޭވެސް ރައްޔިތުންގެ ޖީބުން ވައްކަންކުރީ، ފުލައިޓް ކެންސެލް ކޮށްލާފަވެސް، ޓިކެޓް ނަގާފަވާ ފަރާތްތަކަށް ލާރިކޮޅުވެސްދިނީ ތިންބައި ކުޅަ ދެބައި ރުފިޔާ ބަނޑައްއަޅާފަ ބާކީ އެތިކޮޅު، މުޅިންވެސް ވައްކަން ކުރަނީ ހުރިހާ ބޮޑެތި ވަގުން އެއްބައިވެގެން،

    9
    2
  42. ގޯސް

    މޯލްޑިވިއެން އަކީ އަދި ވަރަށް ދަައްދަރަޖައިން ކަސްޓަމަރުންނާ މުއާމަލާތްކުރާ ކުންފުންނެއް، ރޯމާދުވާލު ވައްކަންކުރުން އެމީހުންގެކަމަކި،

  43. ކިޑޯއެކްސް

    ތިތަނުގެ ބޮޑެތި މީހުން ވަރައް އަންހެނުން ހިތިވާނެ، ހާއްސަކޮއް ...........

  44. އަސްލު

    މިފަދަ ކުންފުނިތަކުގެ މި ކަހަލަ ވާހަކަތައް ނޫހަކުން ދުށް ފުރަތަމަ ފަހަރު މީ، ރައްޔިތުން ފެލިޔަސް، އެހެން ކަމެއް ކުރިޔަސް، ނޫހުގައި އެއްޗެއް ލިޔެލާކަށް ނުކެރެ. ސަބަބަކީ ނޫސްތަކަށް މިތަންތަނުން އިސްތިހާރަށާއި އަދި އެނޫންވެސް ގޮތްގޮތުން އެތައް ފައިސާއެއް ދޭތީ. ވަގުތު ނޫހުން މި ލިޔުން ގެނެސް ދިނީމަ ހިތަށްއަރާ ބޭންކް އޮފް މޯލްޑިވްސް އާއި، އުރީދޫއާއި، ދިރާގާއި، ސްޓެލްކޯއާއި ފެނަކައިން ރައްޔިތުން ފެލާ ފެލުމުގެ ވާހަކަވެސް ނިކަން ކެރެންޏާ ގެނެސްލަ ދީބަލާށޭ. އޭރުން އަޅުގަނޑަށް ބުނެވިދާނެ، މި ލިޔުމަކީ ހަމަ އިޚްލާސްތެރިިކަމާއެކު ޖެހި ލިޔުމެއް ކަމަށް. އެހެން ނޫނީ މިވާނީ ވަގުތުން ޖެހި ސްޓަންޓަކަށް ކަމަށް އަޅުގަނޑަށް ވިސްނެނީ

    6
    1
  45. ޙަޒާ

    އަހަރުމެންނަށް ހެޔޮ.
    އައްޑޫއަށް މިހާރު މަންތާ ދަތުރުކުރޭ. ޢަބަދުވެސް ފުލްފްލައޓް.
    އަދި ބޯޓް އިތުރުކުރުމަށް މަންތާއަށް ގޮވާލަން

  46. އައްޓަމަސް

    ހޭންޑުލަގެޖުގެ ގޮތުގައި ގެންދެވޭނީ ވަކިވަރެއް 100 ކިލޯ ނުގެންދެވޭނެ، މަތިން ދަތުރުކުރާނީ މުއްސަނދިން، ލަގެޖުއަށް ފައިސާ ދެއްކޭ ފެންވަރުގެ މީހުން، އެއަރލައިންތަކުން ހަދާ ގަވައިދަސް ބޯނުލަބަންޏާ ދަތުރު ނުކުރީމައިވީ

    3
    5
    • އ އައުޓް

      އައްޓަމަސް ކީއްވެތޯ މީހުންގައިގަ އެލިގެން އޮންނަނީ، ކަލޭގެ ފެންވަރާމެދު ވިސްނާލުން ރަނގަޅު، ކޮމެންޓުނުކޮށް

  47. ކުޅިރިހާކުރު

    ބަރާބަރު ސުރުޚިއެއް..ބަރާބަރު ކަބަރެއް،،ޝާނީއަށް ސާބަސް..ހަމަލިޔަންވީ ޚަބަރުފަތުރަންވީ

    6
    2
  48. ބޮކި

    ކަލޭމެން ދަވާލީ ދައުލަތުގެ ހަޒާނާ.........................................

    3
    1
  49. އައްޔަ

    ޖެނީފާ އަށް ބޮޑު މުސާރަ ދީފަ އަދިވެސް ބަހައްޓާ

  50. މަޖުބޫރީހާލަތް.

    ވަރަ އްފުރިހަމަ ލިޔުމެ އް ރުހުނަސް ނުރުހުނަސް ހަގީގަތަކީ އެއ އީ ސަރުކާރުން އެބަޖެހޭ އެތެރޭގެ އުދުހުން ބޭރުބަޔަކަ އް ކުއްޔަ އްދީގެން ކުރަން މޯލްޑިވިއަން ޙަމަސުމެ އް

    4
    1
  51. އަހުމަދު

    ސުރުޚީ ބޭއަދަބީއެއް ނޫން. ބޭއަދަބީވެ އަދަބެއް ނެތި ގޮތެއްފޮތެއް ނެތިގެން އުޅެނީ މޯލްޑިވިއަން އިން. މޯލްޑިވިއަން އަދަބީ ވީމަ ސުރުޚީ އަމިއްލައަށް އަދަބީވެދާނެ. ގޯސް ހަދާމީހަ ކުއްވެރި ނުކޮށް އެވާހަކަ ދެއްކީ މީހާ ކުއްވެރި ނުކުރޭ //

  52. މުހައްމަދު

    ތަނެއްދޮރެއް ނުބަލާ ނޫހުގެ އެއްޗެއްތި ލިޔަނީ ބަލަ ތިއޮތް ހެޑިންއެއް

  53. އަހުމަދު ނީޒް

    މޯލްޑިވިއަންގެ މެނޭޖްމަންޓް ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލަން. ހުރިހާ ކަމެއް ބޮއްސުންލާފި. ދެން ތިތަން ސަލާމްތް ކުރެވޭނީ ޤާބިލް ބަޔަކު ލައިގެން.

  54. ބުހުތާން

    އައިލެންޑް އޭވިއޭޝަންގެ މެނޭޖްމަންޓަކީ ފެއިލްވެފައި ތިބި ބައެއް... ތިތަނުން ދަނީ ހަޤީޤަތުގައިވެސް ރައްޔިތުން ފެލަމުން...އެ މީހުން ހީކުރަނީ މަތިންދާ ބޯޓްގައި ދަތުރުކުރަނީ މިލިއަނަރުންކަމަށް... އާ މަތިންދާ ބޯޓް ގެނައުމަކީ ރައްޔަިތުން ފެލަން އޮތް ސަބަބެއް ނޫން ...ހަމަ ވަގުތުން ވަގުތަށް ތި ތާގޭ މެނޭޖްމަންޓް ބަދަލުކުރަންޖެހޭ ...

    6
    1
  55. މޯލްޑިވިއަން

    މިހާރު މޯލްޑިވިއަން ކޮމްޕެނީ މިވަނީ މާލީގޮތުން ވަރަށް ދައްވެފަ އެހެން ކަމުން މިކަހަލަ އުކުޅު ތައް ނަގަން ޖެހޭނެ. މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމު. ނޫސްވެރިން ނޫސް ތަކުގެ ފަލަ ސުރުޚީ ތަކުގައި މިކަހަލަ ބޭއަދަބީ ގޮތަކަށް ޖެހުމަކީ ހަޑި މުޑުދާރު ކަމެއް. އުޅުމެއްނެތް ލަދެއް ނެތްކަން ވަރަށް ރަނގަޅަށް ހާމަވޭ.

    2
    3
  56. ބުހުތާން

    ތިއީ ނޭޝަނަލް ފްލެގް ކެރިއަރ އޯލަ....ދިގު ދަތުތަށް ޖޫސް ތައްޓެއް ދީ ނިންމާލާ ބައެއް ތިނޫނީ އަހަރެން ނުދެކެން ... ދެން ލަދެއްވެސް ގަންނަން އެނގެނީއެއްނޫން ....ނިހާދުމެން އަރާފަ ފޮނިކަނޑާފަ މިކިޔަނީ ތިން ހަތަރު މަތިންދާ ބޯޓް ގެންނަ ވާހަކަ....

  57. ޢަދުރޭ

    ރާއްޖޭގައި ރަނގަޅު ކުންފުންޏެއް ނުވަތަ އެއާލައިން އެއް އޮތަކަ ނުދޭނެ . ތިކަމަކީ އިންޑިއާއިން ބުނެގެން އެމްޑީޕީ ސަރުކާރުން ކުރާ ކަމެއް އިންޑިއާ ނުލާ އެއްކަމެއްވެސް އެމްޑީޕީއަށް ނުކުރެވޭނެ . މޯލްޑިވިއަން އަކީ އެމްޑީޕީ ކިރުފެލަން ގެންގުޅޭ ގެރިއެއް

  58. ެއަސްލު

    ރޔާމީން ރައްޔިތުންގެ ލާރިގަނޑު ފެލާލީ އެމްއެމްޕީއާރުސީއަށް ހުރިހާ ރިސޯޓެއްގެ ކުއްޔާއި ޓެކްސް ފައިސާ ޖަމާކުރުވާގެން... މާތާހިރުވާނެ އެވާހަކަ ލިޔުނިއްޔާ.. އިނގޭވިއްޔާ ނުކެރޭނެކަން ލިޔާކަށް... މިކޮމެންޓްވެސް ޖަހާކަށް ނުކެރޭނެ..

    3
    3
  59. ށަލި

    ޙުތުރު ވެގެން ގޮސް ހުތުރުވިޔަސް ބަހުގެ އަދަބާ ސުލޫކު.ހިފެހެޓެންވާނެ ބާޒާރުމަތީ ބަހުރަވަ ތިލަވެގެން ނުވާނެ.

  60. ީާާައިންޑިއާ އައުޓު

    އިންޑިއާ އައުޓު.

    3
    2
  61. ބިސްބޮޑި

    ކޮންމެ އެއާލައިނެއްގަ ވެސް ހުންނާނެ އުސޫލު ތަކެއް. އެއްވެސް އެއާލައިނަކުން ލާރިއެއް ނުނަގާނެ ގަވާދާ އެއްގޮތައް ގެންދާނަމަ . ގަމާރީ ހިސާބައް ވުރެ..

    2
    2
  62. ޢާދަނު

    މިހާރު ތި އެއާލައިނު ހިންގަން ތިތިބީ އެްްވެސް ތަޖުތިބާއެއް ނެތް ހަމަ އެކަނި ބޮޑުމުސާރަ ކާލައިގެން ތިބޭ ބައިގައެއް...

  63. ދޮންއަލީ

    ކަލޭމެނަށް ރަނގަޅު ހަމައެއްގޮތެއްވެސް ނޯންނާނެ ބަލަ ހޭންޑް ލަގެޖް އެއްގައި ހުންނާނީ ފަސްކިލޯ އަދި ވަކި ސައިޒެއްގައި އެވާންވާނީ ހަތްކިލޯއަށްވުރެ ބަރުވެގެންނުވާނެ ތަންދޮރު ބަލާފަ ވާހަކަދެއްކުން ރަނގަޅުވާނެ އެމީހުން ރަނގަޅުކަމުން ކޮށްދޭ އެއްކަމެއްވެސް ކަލޭމެންނުލިޔާނެ މަވެސް އުޅުނީން 18 އަހަރު ހަމަ ގައުމީ އެއަރލައިންގާ ކޮށްދޭ އެއްވެސްކަމެއް ރަނގަޅުނުވާބައެއް މިދިވެހިންނަކީ ދެރަކަމެއް!

    1
    1
  64. ސުންދުސީ

    މޯލްޑިވިއަންއަކީ ފެލާލައިން.

  65. ދެލޯ

    މެގަސްޕީޑްލައިން ކަހަލަ ސްޕީޑް ފެރީ ތައާރަފްކުރަންވީ. ކަނޑުމަގުންވެސް ރާއްޖޭގެ ކޮންމެހިސާބަކަށްވެސް 5-6 ގަޑިން ދެވޭވަރުގެ ސްޕިޑް ފެރީ ގެންނަންފެނޭ. އެވެސް ދުއްވިޔަ ނުދޭނެ ރާއްޖޭގަމިއުޅޭ 6 އެއްކަ ވީޔަފާރިވެރިން. އެމީހުންގެ ޖީބައް ލާރިވަންނަލެއް މަދުވެދާނެތީ.

  66. އަހުމަދުު

    މިހާރު އެމްޑީޕީ ކުދިން އަށް މައްސަލައަކަށް ވާނީ ސުރުހީ ހަޑި ވުމުން. ރައްޔިތުން ފެލޭލުން ނުވާނެ ކަމަކަށް. އިންސާފު ބަދަލުވަނީ މަޑުމަޑުން ހިޕޮކްރައިޓްސް ގެ ކާނާޔަކަށް.

  67. ބަކުރު

    ނުތާހިރު ސަރުކާރަކުން ކުރެވޭނީ ނުތާހިރު ހަޑިމުޑުދާރު ކަންތަށްތަށް ހޭންޑުބޭގުން ފައިސާނެގީވެސް ނުތާހިރުކޮށް މުއަށްޒަފުންެސް ތިބީ ނުތާހިރާ.