ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައްކަން ކުރި ބަޔަކު ހޯދަން ފުލުހުން ފޮޓޯ އާންމު ކޮށްފިއެވެ.

ފުލުހުން ބުނީ ހޯދަމުން އަންނަ ދެމީހުންނަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އެއެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޮރެއް ހަލާކުކޮށްލައި، އެތަނުގެ ދޫނި ލެބުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެއަރޕޯޓް ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ ދެމީހުން ކަމަށެވެ.

ފުލުހުން އެމީހުންގެ ވީޑިއޯއާއި ފޮޓޯ އާންމު ކޮށްފައިވަނީ މިހާތަނަށް ކުރި މަސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ އާންމުންގެ އެހީތެރިކަން ހޯދުމަށެވެ.

ފުލުހުން އާންމު ކޮށްފައިވާ ވީޑިއޯއިން ދެމީހަކު ފެނިގެންދާއިރު، އެތަނުން ހުދު ކުލައިގެ ގަމީސް ލައިގެން ހުރި މީހާ ހުރީ މާސްކެއް އަޅައިގެންނެވެ. އަދި މާސްކު ނާޅާ ހުރި ފިރިހެން މީހާ އެތަނުގެ އޮފީހުގެ ދޮރު ހުޅުވާ މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ.

އެވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެއަރޕޯޓް ޕޮލިސްގެ ނަންބަރު 9968024 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަޅުބުޅާ

    އެމީހުން އަތުޖެހުނަސް އަނިޔާ ނުކުރާތި، ފުލުހުންނާ ހަވާލުކުރީމަ ފުރީ ސްޓޭ ވިތް ފުޑް ދީފަ ދޫކޮއްލާނެ، އަނެއްކާ ވެސް އަނެއް ވައްކަމެއް ކޮއްގެން ހައްޔަރު ކުރިވާހަކަ އަޑުއިވޭއިރަށް ކޮންމެސް ރައިޓްސްތަކެއް ކިޔާ ޖަމުއިއްޔާތަކަކުން ތެޅިފޮޅެންފަށާނެ އެމީހުންގެ ހައްގޭކިޔާފަ. ނަމަނަމަ އަނިޔާއެއް ނުކުރާތި..

  2. ފެއިލް

    ސެކިއުރިޓީ ލެވެލް ފެއިލް. އަދި ތިނޫން ލޫޕް ހޯލްތައް ފެންނާނެ. އިންޓެލްގައި މަސައްކަތްކުރާ ފިޔޯރީ ނާޒިމް އަށް އިނގޭނީ ފޮނި ދައްކަން.

  3. ސީސީ

    ކޮލިޓީ ދަށް ކެމެރާ ހަރުކުރުމުން ބޭނުންޖެހޭވަގުތު އެއިގެ އަސްލު ބޭނުލެއްނުހިފޭ!

  4. ޗޭނޭ

    ޖެޓު ފިއުލް އަގުބަޑުވީމަވެސް ދެންތިބެންވީތަ؟ ވާނުވާ ބަލާލާފަ ހަބަރު ލިޔެބަލަ.