މަސައްކަތްތެރީން ފިއްތައި އޮބެހެއްޓުމުގެ ބޯދާ ސަގާފަތް އަދިވެސް ނުނިމޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ނިންމި ހިނގާލުމަށް މަޖީދީ މަގު ނޫން ސަރަހައްދެއްގައި އެއްވުން ބާއްވަން ފުލުހުން މިހާރު ވަނީ ހުއްދަ ދީފައެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅޭގޮތުން ވައްޑެ ވިދާޅުވީ، މިނިވަން މަސައްކަތްތެރިޔަކު އުފެއްދުމަކީ އެމްޑީޕީން ކުރަން ބުނި އެންމެބޮޑު އެއް މަސައްކަތްކަމަށެވެ.

ވަޒީފާގެ ގާނޫނެއް ވުޖޫދުކުރެވިފައި ވިޔަސް، އަދިވެސް އޭގައިވާ ކިތަންމެ ކަމެއްގެ އަމަލީސިފަ ނުފެންކަމަށާއި، މަސައްކަތްތެރީން ނުވަތަ މުވައްޒަފުން ފިއްތައި އޮބަހެއްޓުމުގެ ބޯދާ ސަގާފަތް އަދިވެސް ނުނިމޭކަމަށް އޭނާ ވިދާޅުވިއެވެ.

މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ނެގެހެއްޓުމުގެ ޒިންމާ އަދާކުރަން ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކުގެ ދައުރަކީ މަސައްކަތްތެރީން ދިފާއުކުރުން ކަމަށް ވިދާޅުވިއެވެ.

"މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ނެގެހެއްޓުމުގެ ޒިންމާ އަދާކުރަން ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކުގެ ދައުރަކީ މަސައްކަތްތެރީން ދިފާއުކުރުން. އެމީހުންގެ ހައްގުގައި ކުރެވޭ ކަންކަމަށް ހުރަސް އަޅައި ބިރު ދެއްކުމެއް ނޫން" ވައްޑެ ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ދުވަސް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރުމުގެ ބޭނުމަކީ، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމާއި އެބައިމީހުންގެ މަސައްކަތް ވަޒަންކުރުމާއި އަދި އެބައިމީހުންގެ މަސައްކަތުގެ މާޙައުލުގެ ފަހިކަމަށް ބާރުއެޅުން ފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    އެމްޑީޕީ އިން ތިޔަ ވައްޑެމެން ވެރިކަމަށް އަންނަން ގޮވި ގޮވެލި ފަތި މިއަދު ވެރިކަމާ އާރާބާ ލިބުނީމަވެސް ތިޔަ ވައްޑެމެން ތިގޮވަނީ ތިވާހަތައް، ވައްޑެމެން ލަދެއް ނުގަނޭ ދޯ؟ އަދިވެސް ރީންދޫ ޓައީ އާފަ ގުދޯ ގުދޯ ތިގޮވަނީ؟