މިއިން ޒަމާނަކު ރާއްޖެ ތެރޭގެ ރަށްރަށަށް ނުދާ މީހުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ގޮސް ޕާޓީގެ މެންބަރުން ގައިގައި އޮޅުލާ ހަދަމުންދާ ކަމަށް ވިދާޅުވެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ނުސީދާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ކެމްޕެއިން ކުރުމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕޭން ޓީމުން ރ.ދުވާފަރަށް ކުރެއްވި ކެމްޕެއިން ދަތުރުގައި އެރަށުގެ އެމްޑީޕީ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ، މީގެ ކުރިން ރަށްރަށަށް ދާން ބުނުމުން އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ "ޗީޑީ އޭ" ކަމަށެވެ.

މި ޖަލްސާގައި މޫކޭ، އީވާ އަށް ފާޑު ވިދާޅުވީ އޭނާގެ ނަން ނުގެންނަވައެވެ.

މޫކޭ ވިދާޅުވީ، މިއިން ދުވަހަކު، ނުވަތަ ޒަމާނަކުވެސް ރަށް ރަށަށް ނުދާ އަންހެނުންވެސް، އެމްޑީޕީ މެންބަރުންގެ ގައިގައި ބައްދައި، އޮޅުލައި، ދޮންދީ ހަދާކަމަށާއި، އެ ބޭފުޅުންނަކީ، މީގެ ކުރިން އެ ރަށް ރަށަށް އައުމަށް އެދުމުންވެސް ޗީޑިއޭ ކިޔައި ބޭފުޅުވެލައިގެން ތިއްބަވާ މީހުން ކަމަށެވެ.

މީގެ އިތުރުން، އެކިއެކި މީހުން ކައިރިއަށް ގޮސް އެކި ވާހަކަދައްކައިގެން ފޯމް ފުރައިގެން ގެންގޮސް އެ ފޯމްތައް އެމްޑީޕީގެ ކަމާއި ބެހޭ ފަރާތާއި ހަވާލުކުރުމުން އެ ފޯމްތައް ވަންނަ ތަނެއް ނޭނގޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ހިންގުމަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ.

މޫކޭ ވިދާޅުވީ، މެންބަޝިޕް ސާފުކުރާނަމޭ އީވާ ތާއީދު ކުރައްވާ ކެންޑިޑޭޓު، އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުން ވިދާޅުވާއިރު، މިހާތަނަށްވެސް މެންބަޝިޕް އޮޅާލައިގެން ހުންނެވީ ފިރިމީހާ ކަމަށާއި، އެހެންމީހަކަށް އެކަމާ ބެހޭ މައުލޫމާތެއް ވެސް ނޭނގޭކަމަށެވެ.

އަދި އެބޭފުޅާގެ ލެޕްޓޮޕްގައި ޕާޓީގެ ދަފްތަރު އިންނަކަމަށް ބުނާ ކަމަށާއި ރަށްރަށުގެ އެންޑީޕީގެ ދަފްތަރުގައި ތިބިމީހުންގެ މައުލޫމާތު ވެސް އެނގިވަޑައިގަންނަވަނީ އެ ފަރާތަށް ކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ، އެއަށްވުރެ މާ ރަނގަޅަށް އެ ޕާޓީ އިންތިޒާމް ވާން ޖެހޭ ކަމަށެވެ.

ފޮނިވެލާފައި ތިމަންނަމެންގެ ޕާޓީގައި 96،000 މެންބަރުން ތިބޭ ކަމަށް ބުނިކަމުގައި ވިޔަސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެމްޑީޕީ މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ވެފައި ތިބީ ޖުމުލަ 56،000 މީހުން ކަން ފާހަގަކޮށް އޭނާ ވަނީ ޕާޓީގެ ހިންގުން ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ފޮނިވެލާފައި ނުކުމެ ބުނަނީ ތިމަންނަމެން 96،000 މެންބަރުންނޭ. އިލެކްޝަންސް ދަފްތަރު ބަލާއިރު 40،000 މީހުން ގެއްލިފައި. ވީތަނެއް ނޭނގޭ. ލިބޭ އެއްޗެއް ލިބެނީ އެންމެ ފަންސާހަކަށްހާސް މީހުންނަށް އަނެއް ސާޅީސް ހަތަރުހާހެއްހާ މީހުންގެ ބޮލަކަށް މިއިން ލާރިއެއްވެސް ލިބެނީ އެއްނޫން." މޫކޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެރަށު މީހާ

    ރަގަޅު ވާހަކައެއް. އިންތިހާބު ކާމިޔާބު ކުރި އިހަކަށްދުވަހު ތިކަހަލަ މީހަކު ފުވައްމުލަކަށް ގޮސްފަ ހޮގައްޖެ

    23
  2. މާމީ

    ހުރިހާ ތިޖޫރީތައް ވެސް ކާލީ؟

    26
  3. ނަގިލި

    މީހަކު އަނބިމީހާ ޖަހައިގަނެގެން ދިޔަ މީހަކު ތިހެން ބުނީމަ ދެން ބުނާނެ އެއްޗެއްނެތް

    21
    • ޚަލޯބެ

      މިބުނީ ކީކެބާ؟

  4. ހުސޭނުބޭ

    ކޮބައި ތިޖޫރީއަށް ދޮންދޭވަރަށް ފައިސާކޮޅެއް ޖަމަޢަވެއްޖެތަ؟

    21
  5. ށާމިން

    މޫކޭ އާއި ފެނ ނަކަ ސައިދު މި ދެވަގުގެ ހުރިހާ ކަމެއްވެސް ކުރަ ނީ ކި ން ނޭ ނގޭ ބަޔަކު އެބަތިބިތަ ވަރައް ހެއްވާ ދޯ

    20
  6. 2023ޔާން

    ކަލޭމެންގެ މީިހުން ކަލޭ އަށް ދޮނދޭނީ..ތި ޕާޓީގެމީހުން ވާނީ މަދު.. އަހަރުމެން ކަލޭމެންނަކައް ދޮނެއް ނުދޭނަން ދުވަހަކުވެސް..ފައިސާ އަކައް ނުގުޑޭނެ..
    2023 ޕީޕީ.އެމް.ޕީ.އެން.ސީ.#ރައީސް ޔާމިން އިންޝާﷲ..އާމީން.....

  7. ޙަަަހަ

    އެމްޑީޕީ ރަނގަޅު ކުރައްޏާ
    ނަޝީދު
    އީވާ
    އިންތި
    ހަސަންލުތުފީ
    ޒަކީ
    މެން ފަދަ އަމިއްލަ އެދުން ބޮޑު ގޮތެއް ފޮތެއް ނެތް މީހުންގެ ކިބައިން އެމްޑީޕީ ނަގަންޖެހޭ

    25
    1
  8. ރަން ރީނދޫ

    މިށަށް ހެވެނީ،މި ވެރިންގެ ހާލު މިމީހުންގެ އަމިއްލަ ދުލުން ފާޅު ކުރާތީ.

  9. ވިވެކް

    މޫކޭ ނިކަން ރުޅި އައިސްފަ ތިޔާ ޕާޓީ ދޫކޮއްލަބަލަ