ކޮންމެ މުސްލިމަކު ކުރުން ފަރުޟު ވެގެންވާ ހައްޖު، ހިލޭ ކުރެވެން ވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޙައްޖާއި އުމްރާ އަށް ދިއުމަކީ ކޮންމެ މުސްލިމެއްގެ ވަރަށް ބޮޑު އުންމީދަކަށް ވާނެއެވެ. ކޮންމެ މީހަކީ އެކަމަށް މާލީ ގޮތުން ގާބިލްމީހަކަށް ނުވެދާނެކަން ފާހަގަ ކުރައްވާ ޝަހީމް ފެސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މުސްލިމަކަށް ފަރުޟު ހައްޖާއި އުމްރާ އެއް ކުރަން ހިލޭ ދަތުރުކުރެވޭނެ މާލީ އިންތިޒާމްތައް އިސްލާމީ ދައުލަތުގެ ފަރާތުން ހަމަޖެއްސިދާނެ ކަމަށެވެ.

"ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު، ރާއްޖޭގައި މިކަންކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ ވަރަށް ބޮޑު ކަމެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ ހަމަ ވަރަށް ފަސޭހަކަމެކެވެ. ކޮންމެ ދިވެހިރައްޔިތަކަށް ހިލޭ ހައްޖަށް ދެވޭނެ މަގު ފަހިކުރަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ދިވެހިރައްޔިތަކަށް ހިލޭ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމުގެ ވާހަކަ ދައްކާއިރު ޒަކާތުގެ ފަންޑަށް ނަޒަރު ހިންގާ ނުލައި ކުރިއަށް ނުދެވޭނެއެވެ. އެހެނީ މިކަމުގެ ރައުސް މާލަކީ އެއީކަމުގައިވާތީއެވެ." އޭނާ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

މިގޮތުން ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ޒަކާތް ބަހަންޖެހޭ 8 (އަށެއް) ދާއިރާއެއްގެ ވާހަކަ ކީރިތި ޤުރުއާނުގައި މާތްﷲ ބަޔާންކުރައްވާފައިވެއެވެ. އެއީ ފަގީރުކަމާއި މިސްކީނުކަމާއި، ޒަކާތްނަގައި ބަހާ އާމިލުންނާއި، މުއައްލަފަތުލްގޫލޫބާއި އަޅުވެތިކަން ނައްތާލުމާއި، ދަރަނިވެރިކަން ނައްތާލުމާއި، ފީސަބީލިﷲ އާއި، ދަތުރުމަތީގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމާއި މި (އަށް) ދާއިރާއެެވެ.

މިހެންކަމުން، ޒަކާތު ފަންޑުގެ މިދެންނެވި ބައިތަކުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ރައްޔިތުންގެ ހައްޖުގެ މަސްލަހަތަށްޓަކައި އިންވެސްޓްކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. މިސާލަކަށް ދަރުމަވެރިގޮތެއްގައި ވިޔަފާރި ފައިދާއެއް ނެތި، ހިލޭ އަހަރަކު 100 މީހުން ހައްޖަށް ފޮނުވަން ހަރަދުވާނީ ގާތް ގަނޑަކަށް ހަތަރު މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


މިއީ ވަރަށް ފަސޭހައިން ކުރެވިދާނެކަމެއް ކަމަށާއި މިއުޒިކް ޝޯއެއް ނޫނީ އެވޯޑް އަރުވާ ޖަލްސާ އެއް ނުވަތަ އެއް ރޭ ހަވާ އަރުވާލަން ވެސް 10- 40 މިލިއަން ހަރަދު ކޮށްލެވޭއިރު، ރައްޔިތުންގެ ތެެރެއިން އަހަރަކު 100 ނުވަތަ 200 މީހުން ނުވަތަ އެއަށް ވުރެ ގިނައިން ފަރުޟު ހައްޖުކުރަން ފޮނުވަން ހަ މިލިއަން، ނުވަތަ 12 މިލިއަން ދައުލަތުގެ މުއައްސަސާއަކުން ހަރަދު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"2008 ގައި ޒަކާތުގެ ކަންކަން ހިންގަން އަޅުގަނޑުމެން ޙަވާލުވި އިރު، ޒަކާތަށް ލިބެނީ އަހަރަކު 14 މިލިއަނ. އަޅުގަނޑުމެން މަސައްކަތްކުރީ ޒަކާތު ފަނޑު އިތުރު ކުރެވޭތޯ. އަޅުގަނޑު 2015 ގައި ވަޒީރުކަމުން އިސްތިއުފާ ދޭންޖެހުނު އިރު، މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، 70- މިލިއަނާ ގާތް ކުރާ އަދަދަކަށް އަހަރަކު ލިބޭވަރު އަރާނެއެވެ. މިހާރު އަދި އެއަށްތުރެން ގިނައެވެ."

މީގެ އިތުރުން ވަޒީރުކަމުން އިސްތިއުފާ ދޭން ޖެހުނު އިރު ޒަކާތު ގާނޫނު، ހައްޖު ކޯޕަރޭޝަން ގާނޫޫނު، އައުގާފު ގާނޫނު އޮންނާނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭނުންކު (އައިޑީބީ) އެހީތެރިކަމާއެކު ޑްރާފްޓްކޮށް ނިންމައި ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައިކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ މިނިވަން އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް އުފައްދައި ގާނޫނެއްގެ ދަށުން ޒަކާތް ނެގޭ ނަމަ، އަހަރަކު އެތައް ސަތޭކަ މިލިއަންރުފިޔާ ޒަކާތަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަކީ ހައްޖު ގްރޫޕެއް ގޮތަށް އުފެއްދި ތަނެއް ނޫން ކަމަށާއި އެއީ މާލީ މުއައްސަސާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވަރުގަދަ ބޭންކަކަށް ބަދަލުކޮށްލެވިދާނެ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އައްދު

    ޝަހީމުމެން މިއަދު ތިކިޔަނީ ކީކޭ ؟ ތިކަން ކުރަން ފުރުސަތު ލިބި ނުކޮށް ޚައިރާތަށް ލިބުނު އެހީތައް ވަކިމީހެއްގެ ނަމުގަ ބަހައި، އެޚައިރާތު ކުރި ފަރާތާއި އެކު އަމިއްލަ ވިޔަފާރި ކޮށް ފައިދާ ނަގައިގެން ބޭކާރު ވާހަކަ ނުދައްކާ މިހާރު ތިހިންގާ އުމްރާ ގުރޫޕުން އުމްރާ އަށްދާ މީހުންގެ ކަންކަން ތަންކޮޅެއް ރަނގަޅަށް މެނޭޖް ކުރެވޭތޯ ބެލިއްޔާ މާރަނގަޅު.

    34
    16
  2. ޢަލީ

    ބަލަ ޚައްޖުވާން ޖެހެނީ އެކަމަށް ކުޅަދާނަ ވެގެންވާ މީހާއެއްނޫންތަ؟ މިކަން މިހާރު ބަދަލުވީތަ؟

    34
    5
  3. އަހުމަދު

    ވަރަށް ރަނގަޅު ކަމެއް މާޝާﷲ

    25
    10
  4. މިނިސްޓަރ

    މިނިސްޓަރު ކަމުގައި ހުންނެވީރު ކީއްވެތޯ ތިކަންތަކަށް ބާރު އަޅާ ކުރުވަން ނޫޅުއްވީ؟

    34
    7
  5. Anonymous

    އޭރުން ދައުލަތުގެ ވަރަށް ގިނަ ފައިސާ ހައްޖު ގުރޫޕުތަކަށް ލިބިގެންދާނެ. ތި ގޮތް ވެސް ގޯހެއް ނޫން. ސިޔާސީ ޕާޓީތަކަށް ވެސް ދައުލަތުން ވަރަށް ގިނަ ފައިސާ ދޭ. ކަރުދާހުގައި ނޫނީ ނުވާ ކުންފުނިތަކަށް ވެސް ވަރަށް ގިނަ ފައިސާ ދޭ. ބޭރުގެ ލާދީނީ ކޮންސަލްޓަންޓުންނަށް ވެސް ވަރަށް ގިނަ ފައިސާ ދޭ. ހައްޖާއި އުމުރާއަށް ވެސް ގިނައިން ބޯކޮށް ދޭންވީ. ދައުލަތުގެ މުދަލުގައި ބަރަކާތް އިތުރުވާނީ އޭރުން.

    27
    5
  6. ހިމް

    ދީނުގައި ދައުލަތުގެ މައްޗަށް އަންގަވާފައި ނުވާ ޒިންމާއެއް ސިޔާސީ މަންފާއަށްޓަކައި ދައުލަތުގެ ބޮލުގައި އަޅުވާ، ޒަކާތުގެ ފައިސާއިން ނަހަމަ ގޮތުގައި ފަގީރު މީހާއާއި މުއްސަނދި މީހާ ހަމަހަމަގޮތުގައި ހައްޖަށާއި އުމްރާއަށް ފޮނުވުމަށް މީނާ މަސައްކަތް މިކުރަނީ ކިހާ ވަރަކަށް ދީން އެނގޭތީބާ؟ ނަމަނަމަ ޒަކާތު ފައިސާ މީނާއާ ހަވާލުކުރަން ހެޔޮނުވާނެ. އެއީ މިނިސްޓަރު މީހާ ބޭނުންހާ ގޮތަކަށް ހޭދަކުރަން ހުންނަ ފައިސާއެއް ނޫން، އޭގެ ބެހެނިވެރިން ވަނީ ސީދާ ގުރުއާނުގެ ނައްސުން ބަޔާން ވެގެން.

    20
    7
  7. އަލްޖިބްރާ

    އާރާއި ބާރު އޮތް އިރު ކަންކަން ނުކޮށް މިހާރު މީހުންގެ ރުހުން ހޯދަން ތިކަހަލަ ވާހަކަ ދެއްކުމަކީ ތިޔަގޮތަށް އުޅޭ އެންމެންވެސް ކުރާ ކަމެއް !

    25
    12
  8. ޢެމް އެސް

    ހައްޖަށް ދެވޭ ވަރުގެ މާލިއްޔަތެއް ނެތް މީހުނަށް ޒަކާތުފަންޑުން ހައްޖަށް ފޮނުވޭގޮތް ހެދުމަކީ ވަރަށްވެސް ރަގަޅު ކަމެއް

    2
    2
  9. ސަންޑާނު

    މީނާމެންގެ ވެރިކަމުގާ ސައްތައިންސައްތަނޫނީބާ؟ މިހާރުބާ ސައްތައިންސްއްތަވެގެން މިއުޅެނީ.

  10. 13ވގ

    ޢެހެންވެގެންތޯ ވަޒީރު ކަމުގަ ހުރިއިރު އެކަންނުކުރީ އެކަންނުކޮއް ބޮނަކުއާބޯއުޅުނީ

  11. ޢަހްމަދު

    2023ގެ މެނިފެސްޓޯގައި ހިމަނާތި

  12. ސސމ

    އިސްލާމް ދީނުގައި ހައްޖު ފަރުޟު ވަނީ އެކަން އެމީހަކަށް ކުޅަދާނަވީމަ. އެއީ މާލީގޮތުންނާއި އަދި ޖިސްމާނީ އަދި ނަފްސާނީ ގޮތުން. އަދި ދައުލަތަށް ކޮންމެ މީހަކު ހައްޖުގެ އަޅުކަމުގައި ފޮނުވަން ލާޒިމް ކުރާ މައްސޫލިއްޔަތެއް ދީނުގައި ކަނޑައަޅުއްވާފައި ނުވާއިރު އެކަން ހިމެނުމަށް މަސައްކަތް ކުރަނީ ކޮން ހަމައެއްގެ ނުވަތަ ދީނުގެ ކޮން އުސޫލެއްގެ ދަށުންތޯ. އަދި މިފަދަކަމެއް އެއްވެސް އިސްލާމީ ޚިލާފަތެއްގައި ކޮށްފައިވޭތޯއެވެ. ދައުލަތަކަށް ނުޖެހޭ ކޮންމެ ވިހާ ކުއްޖަކަށް އަގީގާ ކަތިލާދޭކަށެއްވެސް. އެއީ ދައުލަތުގެ މައްޗަށް އެއްވެސް މުސްލިމަކަށް އުފުލުވަން ގޮވާލެވޭނެ ހައްގެއް ވެސް ނޫނެވެ.

  13. ހަސަން

    ސައޫދީން ހައްޖު އުމްރާ ކަންތައް އެކުރަނީ ވަރައްބޮޑަށް ވިޔަފާރި އުސޫލުން ކޮވިޑްގެ ކުރިން މިކުޑަ ރާއްޖެއިން ވެސް އަހަރަކަށް 16 މިލިޔަން ޑޮލަރު ސަޢޫދީ އަށް ލިބޭ ހަމަ ގައުމުތައް ފެލާލަނީ މިއަށްވުރެ ކުޑަހަރަދަކުން މިކަން ވާންވާނެ.ސައޫދީން ވަރަށް ހަރަދުކުރޭ ޝަހީމް ކަހަލަމީހުންނަށް ފައިސާ ދީގެން އިޝްތިހާރުކުރަން.

  14. ޙައްވަ

    މަނިކުފާނުމެން ސަރުކާރުގައި ތިއްބެވިއިރު ހައްޖުކޯޕަރޭސަންހައްދަވައިގެން ކީއްވެތޯ ހައްޖަށް ހިލޭނުގެންދެވީ

  15. ނައިސްގޭމް1

    ސައުދީ އިގްތިސާދު ފުޅާކުރަން ސަޅި ގޮތެއް ދޯ. ގައުމުތަކުގައި ހުންނަ ޒަކާތު ފައިސާކޮޅުވެސް ސައުދީއަށް ކަހާލާނެ މޮޅު ޗިޕެއް ތިޔައޮތީ، ޖިއްދާގައި ހުންނެވިއިރު ޝަހީމުގެ ބޮލަށް ޖަހާލާފައި. އަނެއްކާ ޕޮލިޓިކަލާވެސް ބާރުގަދަ ހަތިޔާރެއް ތިޔައީ. ނައިސް ގޭމް.

  16. ގޯހެއްނޫން1

    އެބުނާހެއް، އެހާ ލާރިހުރި އިރު، ކީއްތަވާނީ ސުވަރުގެ ދެވޭނެ އިތުރު މަގެއް ދައްކާދިނިއްޔާ.

  17. އަލީ

    ޝަހީމަކީ ބޯހަމަޖެހޭ މިހެއް ނޫން. ދީނުގައި ކަޑައަޅާފައިވަނި ކުޅަދާނަކަން ލިބިގެންވާ މުސްލިމުން ޙައްޖުކުރުން. ސަރުކާރަކަށް ލާޒިމުކުރުވާ ކަމެއް ނުން އެއީ. ސުވަރުގެ ދެވެނީވެސް އެމީހަކު ކުރި އަޅުކަމެއްގެ މައްޗަށް ދެވޭ އިޖާބައެއްގެ މައްޗަށް. އަދި މީ ސީދާ ޝަހިމު ކުރާ ވިޔަފާރިއެއް އިންޝުއަރެންސް ކުރެވޭ ގޮތަށް ދައްކާފަ ހުރި ވާހަކައެއް. ޒަކާތް ނެގުން މަޖުބޫރު ކުރާ ވާހަކަ ދެއްކުމަށް ފަހު ޖެހިގެން އެދެއްކެވީ އެއިން ބައިއަޅާ ވާހަކަ. ނުޖެހޭނެ ޒަކާތަށް ލިބޭ ލާރިން މީހުން ހައްޖަށް ފޮނުވާކަށް. ފައިސާގެ ގޮތުން ތަނަވަސްކަން ލިބިފައިވާ މީހުން ހައްޖަށް ދާން ޖެހޭނީ.

  18. އަޙުމަދު.

    ޝަހީމު އިސްލާމިކު މިނިސްޓްރީގެ ވެރިއަކަށް ހުރިއިރު ތިވާހަކަ ނުދެއްކާ ހުންނެވީ ކީއްވެތޯއެވެ. މީހުންގެ ސަޕޯރޓް ހޯދަން ތިނޫން އެހެން ވާހަކައެއް ދައްކަބަލަޅަ. ކުލަޑާނަކަން ލިބިގެން ނުވާމީހުނަށް ވެސްހައްޖު ވާޖިބުވާންފެށިތޯއެވެ. ނޫނީ މިހާރު ތިއުޅުއްވާ ހައްޖުގުރޫޕަށް ގިނަމީހުންކޮޅެއް ލިބެންއޮތީ ތިގޮތަށް ފަތުވާ ނެރެގެންތޯއެވެ. ދައުލަތުގެ ފައިސާއިން ބޮޑެތި ވައްކަން ކޮށްގެން ތިބިމީހުނަށް އަހަރަކު 25 މޙުން ހައްޖައް ފޮނުވުމަކީ ދީނީގޮތުން އެމީހުންގެ ވާޖިބެއްކަމަށް ފަތުވާއެއް ނެރެބަލަ.

  19. ާއެޑަމް

    ޑރ.ސަހީމައްވަރައްވެދުން ޑރ.ގެއާޓިކަލްވަރައް
    ސައުޤުވެރިިއެވެ.ވުމާއެކު އަޅުގަޑުސާފުކޮއްލަން
    ބޭނުން ނުކުތާއެއްއެބައޮތެވެ.އެއީޙައްޖުުވާޖިބުވުމުު
    ގެސަރުތުތަކުގައި ކުޅަދާނަކަންލިބިފައިވާމީހެއް
    ކަަމުގައިވުން އެހެންމިދެންނެވީިތިގޮތައްޙައްޖައް
    ދިިޔައިމަ އޭނާގެކިބައިިގަފައިސާގެތަނަވަސްކަން
    ޙުރިކަމައްބެލެވޭނެތޯ؟ދެވަނަކަމަކީއެފައިސާއަކީ
    މުޅިރައްޔިތުންގެފައިސާނޫންތޯ؟އޭނަޔަކީ
    އެތަނަވަސްކަންްހުރިމީހަކަސްދެންވިސްނުންހުންނާ
    ނީ ތިފައިސާހޯދައިގެންދާށެވެ.ތިޔައީފުލެޓުދިނުން
    ކަހަލަކަމެއްނޫންތޯ؟ހުރިހާގޮތަކައްބެއްލެވުމައްފަހު
    ފުލެޓްދޭނީ އެތައްމިތާތިންހަތަރުގޯތިއޮތްމީހަޔައް
    މަގުމަތީނިދާމީހާހަމަނިދާނީމަގުމަތީ!އަޅުގަޑުގެ
    މިކޮމެންޓައްޖަަވާބެއްދެއްވާނެކަމައްއުއްމީދުކުރަން!