ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަންކަމަށް ބުނެ މިފަހުން ހިނގާ މާރާމާރީތަކާއި ބައިބަލާއާއި ގުޅުވާތީ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޢީދު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި މާރާމާރިއާއި ތޫނު އެއްޗެހިން ހަމަލާދިނުމާއި ބައިބަލާ މުބާރާތާއި ގުޅުމެއް ވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޝިޔާމް ވިދާޅުވީ، އެއީ ސަރުކާރުން ކަންކަން އޮޅުވާލުމަށް ދައްކާ ވާހަކައެއްކަމަށެވެ.

ބައިބަލާގެ ޥޭތުވެދިޔަ 9 އަހަރުގެ ތާރީޚަށް ބަލައި ތަފާތުކުރުން ހުއްޓާލުމަށް ވެސް އޭނާ ގޮވާލެއްވިއެވެ. އަދި ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމަށާއި އެއީ ބައިބަލާއާއި ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޢީދު ބަންދާ ދިމާކޮށް ބާއްވަން މަސައްކަތްކުރި ބައިބަލާ މުބާރާތް ފަސްކުރީ މާލެ ސަރަހައްދުގައި މާރާމާރިއާއި ތޫނު އެއްޗެހިން ހަމަލާ ދިނުން އިތުރުވުމުގެ ސަބަބުން ފުލުހުންގެ އެދުމުގެ މަތިންނެވެ.

ބައިބަލާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތް ބާއްވަން އިއުލާންކޮށް ތައްޔާރީތައް ފަށާފައިވަނިކޮށް، މާލެ ސަރަހައްދުގައި ހިނގި މާރާމާރީތަކާއި ގުޅިގެން ފުލުހުން އެދިގެން މުބާރާތް ފަސް ކުރަން ޖެހުނީ ކަމަށެވެ.

ނަމަވެސް ވަރުގަދަ ފިޔަވަޅުތަކާއި ފުލުހުންގެ އެހީތެރިކަމާއެކު މިރޭ ބައިބަލާ މުބާރާތް ފެށުމަށް ވަނީ ނިންމާފައެވެ. ބައިބަލާ އަކީ ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުޅޭ ކުޅިވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލަމް

    ޝިޔާމް ނުރުހުނަސް ބާބަލާ ކުޅެނީ މާލޭގެ ހުރިއްޔާ ހުރި ގޭންގުތައް މިހާރު ވެސް މިދަނީ ގޭންގުފައިޓް ދެން ތި ބައިބަލާ ކޯޓައްދިޔާމަ ކިހާވަރެތް އަރުވާލާނެ

    • ގޭންގު

      ޕާޓޭންގެ ގޭންގުތައް ބާރުވެރިކުރުވި ބައެއްވީމަ އަސަރު ކުރާނެ ގޭންގުތަކަށް ދެރަވާ ގޮތަށް އެއްކަމެއް ކުރިޔަސް.. ވަރަށް ހަޑި.. ނަޖިސް ވާހަކަ ނުދައްކާ އެއީ ހަމަ ޕާޓޭންގެ ކުޅިވަރެއް އެ ނުވެސް ބަލަން.. އޭންގުތައް އުފެދުމުގެ އަސްލަކީވެސް ތިޔަ މުބާރާތް

    • ޒައިޖް

      ޔެސް.. ޝިޔާމުމެން ފަދަ ބޭފުޅުން ތިކަހަލަ ވާހަކަ ދެއްކީމަ ހިތާމަކުރަން. ތިޔައީ މިއުޅޭ ކެނެރީގޭ ރީނދޫ ބުއްޅަބެ އުޅުއްވާ ކަހަލަ ގޮތެއް. ސިޔާސީ އެޑްވާންޓޭޖުނަގަންވެސް ދައްކަން ނުވާ ކަހަލަ ވާހަކައާ ބޯކޮށްޕަން ނުވާ ތަންތަން ހުންނާނެ.. ތީތި ކަޑައޭ ބުރޯ.. ރައްޔިތުންގެ އިތުބާރު ގެއްލި ޕާޓޭންނާ އެވެރިންގެ އާއިލާ އާ ރައްޓެހިން ރުއްސަން ކުޅޭ ކުޅިއެއްތީ.. ގޭންގުތައް އުފެދި ފުޅާވުމުގެ އަސްލަކީ ބައިބަލާ. ތިކަހަލަ ބޭކާރު ކަންތަކާ ނޫޅޭ ތަންކޮޅެއް ރަނގަޅަށް އިންޑިއާ އައުޓް ކެމްޕޭން ހިންގާލަބަލަ

  2. Anonymous

    ކޮން ބައިބަލާއެއްތަ؟

  3. ބޮޑުވަރު

    ކައްޒާބު

  4. މއކ

    ގޭންގްތައް ރުހުން ލިބޭނެކަމައްދޯ ތިހެންތިބުނީ. ބައިބަލާ އެއީ މިރާއްޖޭގަ ހަމަ ގޭންގްތައް ކުޅޭ ކުޅިވަރެއް. ސަރުކާރު ކުންފުނިތައް އޮފީސްތައް ބައިވެރިއެއް ނުވޭ

    12