އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕެއިން ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރައްވައި ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

ކެމްޕެއިންގައި އިންތި އެންމެ ފަހު މަންޒިލަކަށް ވަޑައިގެންފައި ވަނީ ހދ. މަކުނުދޫއަށެވެ.

"މަކުނުދޫ އާ ހަމައަށް މި އައި ދަތުރާ ހަމައިން މި ރާއްޖޭގެ ހުރިހާ ރަށަކަށް ޗެއާޕާސަން ކަމުގެ އިންތިހާބުގެ ހުރިހާ ރަށަކަށް އަރައި މި ނިމުނީ. ހުރިހާ ރަށެއްގެ ރައްޔިތުންނާ އިރާދަކުރެއްވިއްޔާ ބައްދަލު ކުރެއްވުނީ، އެމްޑީޕީގެ މެމްބަރުންނާ ހަމައަށް ދެވުނީ،" މަކުނުދޫގައި ހުންނަވައި އިންތި ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މޮޅު ވާނީ މާތް ރަސްކަލާނގެ ރަހްމަތްފުޅުން ރަނގަޅު ނަތީޖާއަކާއެކު"

ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރެއްވުމަށް ފަހު "ވަގުތު" އާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގެ ކެމްޕޭނުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 188 ރަށަށް ޒިޔާރަތް ކުރެވިފައިވާ ކަމަށެވެ.

އިންތި މަކުނުދޫގައި.

"މި ލިބުނު މުއްދަތުގެ ކުރުކަމުން, ކޮންމެ ރަށެއްގައި އެންމެ އެކަށީގެންވާ ވަރުގެ ގިނަ ވަގުތު ނުދެވުނަސް, ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ވީވަރަކުން އެމްޑީޕީގެ ގިނަ މެމްބަރުންނާ ބައްދަލުވޭތޯ އަޅުގަނޑުމެން ވާނީ ދޮރުން ދޮރަށް ހިނގާފައި." އިންތި ވިދާޅުވިއެވެ.

މި ކެމްޕޭންގައި މި ހޭދަވި މުއްދަތުގައި ޚާއްސަކޮށް ނިމިދިޔަ ރަމަޟާން މަހުތެރޭގައިވެސް ވަރުބަލިކަމެއް، ޝައުގުވެރިކަން ފަނޑުވުމެއް ނެތި ރާއްޖޭގެ ހުރިހާ ރަށެއްގެ އެމްޑީޕީ މެމްބަރުން ހޭދަކުރެއްވި ގިނަ ވަގުތާއި, ކޮށްދެއްވި ބުރަ މަސައްކަތާއި އުފަލުން ފޮޅިގެން ތިބެ ކިޔުއްވި މަރުހަބާ އާއި ދެއްވި މެހްމާންދާރީއަށް އޭނާ ވަނީ އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އިންތި ވިދާޅުވި ގޮތުގައި ރާއްޖެއަށް މިކުރި ދަތުރުތަކުން މާބޮޑަށް ފާހަގަވީކަމަކީ އެމްޑީޕީ މެމްބަރުން މިޕާޓީއަށްޓަކައި ވީ ގުރުބާނީގެ ބޮޑުކަމާއި މިޕާޓީއަށްޓަކައި ކުރާ އުއްމީދުގެ ބޮޑުކަމެވެ.

އަދި ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ނަންނަން ކިޔާ އެކި ރަށްރަށުގެ އެންމެގިނަ ރައްޔިތުން ހިމެނޭ އެމްޑީޕީ އެއްބައިވަންތަކޮށް ހިފެހެއްޓިފައި އެ ތިބެނީ, އެންމެނަށް ނިކަން ބޮޑަށް އެއްބެސްވެވޭ, އަދި ހިތްކިޔާ މިޕާޓީގެ ހަރުދަނާ އަސާސްތަކެއް އޮތީމަ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އިންތި މަކުނުދޫގައި.

"މިޕާޓީގެ އަސާސްތަކާއި, މިޕާޓީ މިހާ ދުވަހު އެއްބައިވެފައި ހިފެހެއްޓި ހިފެހެއްޓުންތަކާ މަގްސަދުތަކާ ދުރަށް މިޕާޓީ ގެންދިޔުމަކީ ހަގީގަތުގައި މިޕާޓީ ބައިބައިވެ ބަލިކަށިވެ ނިކަމެތި ވެގެން ހިނގައިދާނެ ކަމެއް ކަމުގައި މިޕާޓީގެ މެމްބަރުން ދެކޭ. ޚާއްސަކޮށް މިޕާޓީގެ ދޮށީ މެމްބަރުން އެކަން ވަރަށް ބޮޑަށް ފާހަގަކުރޭ. އަދި މި އިންތިޚާބުގައި އެ އަސާސްތަކާ މަގްސަދުތައް ހިފެހެއްޓުމަށާއި އޭގެ މަތީގައި މިޕާޓީ އެއްބައިކޮށް ހިފެހެއްޓުމުގެ ވިސްނުމާއި އަޒުމާއި އިތުބާރުއޮތީ އަޅުގަނޑުމެންގެ ކިބައިގާ އެކަނި ކަން ގަބޫލުކުރޭ." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެއާޕާސަންގެ އިންތިހާބު ﷲގެ ރަހުމަތާއެކު ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި މިޕާޓީގެ އަސާސްތަކާ އުސޫލުތަކާ ހަމަތަކުގެ މަތީގައި މިޕާޓީ ކާމިޔާބުކަންމަތީ ބާރަށް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ކުރިޔަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢިކުރާމު.

    މިފަހަރު އިންތިޔައް ރަނގަޅައް ވެލިކާންދޭނެ ބޯގަންވިލާ މީހުނާ ހިންނަވަރު އިބުރާހި މު އަންނިކަހަލަ މޮޔައެއް ފަހަތުގަ އެ މްޑީޕީ ފަހަތުގަ ހަ މަޖެހޭ މީހަކު ނުހުންނާނެ ރައްޔިތުން ސަލާ މަތްވޭ މިކަ މުން އަވަހައް އެ މްޑީޕީގެ މުޑުދާރުކަން ކޮ މަންޑޫ އިންތި ހާބުން ފެނިފަ ހުންާނީ ހދ އަތޮޅުގަ އިންވެސްޓަރަކު ހޯދާ ފަތުރުވެރިކަން ތަރައްގީ ނުކޮއްދެވުނު ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ

    3
    1
  2. ތިލަފަތް

    އިންޝާ ﷲ އިންތި ބޮޑުތަނުން ބަލިވާނެ. އިންތިމެނަށް ފުރުސަތު އެތައް ޒަމާނެއް ވަންދެން ލިބިއްޖެ. ދެން ރަނގަޅީ ހިންގާލާނެ ބައެއް

  3. ދަރަނި ދަންތުރަ

    ތިޔައީ ނަސީދުގެ ޕަޕެޓެއް އަދި އިސްލާމްދީނުގެ އަދުއްވެއް ބޮޑުތަނުން ކަލޭ ބަލިވާނެ ހެޔޮ ހުރިހާ ގައުމަކަށް ޒިޔާރަތްކޮށް މީހުންނާ ބެއްދިޔަސް

    6
    1
  4. 4ކަށިމަތި

    އިންތިގެ ދާއިރާގެ މީހުން އެތިބީ 20 އަހަރު ގޮޑި ދިނީމާވެސް ބޯހިޔާވަހިކަމެނެތިފަ މުޅި އެމްޑީޕީ ހަވާލުކުރިޔަސް ވާނޭކަމެނޯނާނެ

  5. ޖަމީލު ތިނަދޫ

    ކޮންމެ ބަޔަކު ކޮންމެއެއްޗެކޭ ކިޔަސްގދ. ތިނަދޫއިން ނަޝީދު މި އިންތިހާބު ކާމިޔާބު ކޮއްފިއެވެ. ޑޯޓުޑޯއަށް ދިޔައިމާ މިލިބޭ ޖަވާބަކީ ވޯޓުލާން ގޮއްސިއްޔާ ވޯޓުދޭނީ ނަޝީދުއަށޭ. ބީރު މަންމަނު ރޭކަނުވާ ދެ އެންޕީން ތާއީދު ކުރާ މީހަކަށް ވެސް ވޯޓެއް ނުދޭނަމޯއެވެ. ބައެއް ގެތަކަށް ވަނީމަ ލިބޭ ޖަވާބުތަކުން ލަދުން ގޮސް ދެފައި ކައިރިނުކުރެވޭ

    7
    2