"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ގަރާރަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭ އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ނެރެފައިވާ ގަރާރަކީ ގާނޫނީ ބާރު އޮތް އެއްޗެއް ނޫން ކަމަށާއި އެ ގަރާރަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.

"އިންޑިއާއަށް އަޅުވެތިވެފައި އޮތްލެއް ބޮޑުކަމުން، އަދި އިންޑިއާ ރުއްސަން މިކުރާ މަަސައްކަތުގެ ތެރެއިން މި ނެރެފައި އޮތް ގަރާރަކީ ގާނޫނީ ބާރު އޮތް އެއްޗެއް ނޫން. އެއަކަށް ނުޖެހޭނެ އަމަލު ކުރާކަށް." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެ ގޮތަށް ގަރާރު ނެރުއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިނުގަންނަވާ ކަމަށާއި ރައީސްގެ ގަރާރުތަކަށް ގާނޫނީ ބާރު ލިބެނީ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ. އެހެންކަމުން އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް ގަރާރު މަޖިލީހުން ފާސްކޮށްފިނަމަ އެއަށް ބޯލަބަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާ ބެނާތައް ފުލުހުން ނަގަމުން އަންނާތީ ޔާމީން ވަނީ ރައީސް ސޯލިހުގެ ގަރާރަށް ބޯލަބައި ބެނާތައް ނަގައި އިންޑިއާ އައުޓް ހުއްޓުވަން ނުކުންނަ ފުލުހުންނާއި ސިފައިންގެ މައްޗަށް ތަހުގީގު ހިންގާ ޝަރީއަތް ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަތަރަސް

    ރައީސް ތިޔަވިދާޅު ވަރައްތެދުފުޅެއް އިންޑިޔާގެ މޯދީ ބުނިކޮންމެއެއްޗެއްތެދު ބަލަރައީސްނަޝީދައް ވެސްނޭގޭހިސަބައްދިއާމާ ދެންކޮއްރައްޔެތެއްއޮންނާނި ކުރާޖެއްސުން ވެރިކަމައް އިބޫ ގެނައީނަޝީދު މިހާރުވެރިކަމުގެތަހިވެތިކަމުގާ ކޮއްފަނުކުރާނެކަމެ ސަތޭކަބިލިޔަނުންގައުމުދަރުވާލާފި މުންޑުކޯލޭސަނުގެ މީހުންހިންހަމަޖެއްސުމައް ދެހާސްތޭވީސް ވެރިކަމައްއަނައްފޫގަލާފައިއެހެރީއިންޑިޔާ އިންޑިޔާ ބޮޑު ދޮންތުއްތުބޭ؟

  2. މަންތިރި

    ކޮބައިބާ އެއްކަލަ އެމްޑީޕީ ރަނޑާލިންތައް؟ އެމީހުންނަކީ ޤާނޫނެއް ގަވާއިދެއް ގަބޫލުކުރާ ބައެއް ނޫން! އެހެން ވީމަ ދޯ ޤާނޫނުއަސާސީއާ ޚިލާފަށް ޤަރާރު ނެރުނީވެސް؟!

  3. ނަންނުގަތި

    މިކަލޭގެ ބުނާގޮތަށް ކަންތައް ކުރަންވީ. އެންމެން ވައްކަން ކުރަން ފޫގަޅާ.

  4. އަބްދޫ

    ވައްކަން ކުރިކަން ސަރިއަތަށް ސާބިތުވެފަ އޮތީ ވަގުނަށީދާއި ވަގުނަސީދުގެ ބައްޕަ.